ސަރުކާރުގެ އިސްލާހުން، ހެއްކާ ބެހޭ ގާނޫނުގެ މަގުސަދު ގެއްލޭ: އިމްތިޔާޒް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ގާނުނުގެ މަގުސަދު ގެއްލޭ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ގާނުނުގެ މަގުސަދު ގެއްލޭ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް، އޮންނަ އޮތުމާ މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރާތީ، ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން، އެ ގާނޫނުގެ މަގުސަދު ގެއްލޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަސްދަރު ހާމަކުރުމުގެ އަމުރެއް ހޯދޭނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއްގެ ކުށުގެ ދައުވާ މީހަކަށް އުފުލާ ހާލަތުގަ އެވެ. އެ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެކަން ހައިކޯޓަށް ހުށަހަޅުއްވައި، އެކޯޓުން ނެރޭ އަމުރަކުންނެވެ.

މެމްބަރު އިމްތިޔާޒް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނު ހަދަން ސަރުކާރުން ފުރަތަމަ ބިލު ހުށަހެޅީ ނޫހެއްގައި ރިޕޯޓްކުރާ ޓެރަޒިޒަމްގެ މައްސަލައެއް ވަގުތުން ބެލުމަށް ޓަކައި ދައުލަތުން އެކަމުގެ ތެރެއަށް ވަގުތުން ވަނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ކަމަށެެވެ.

"[ ހެއްކާ ބެހޭ ގާނޫނު ހަދަން ހުށަހެޅި ބިލަކީ] ޓެރަރިޒަމްގެ މައްސަލައެއް ވެއްޖެއްޔާ ވަގުތުން ތަހުގީގެއް ހިންގެން ޖެހޭނެ ކަމަށް ބަލާފައި މަސްދަރު ހާމަކުރުމަށް ބޭނުންވެގެން ހުށަހެޅި ބިލެއް. މިވަގުތުގައި އަނެއްކާ ދެވަނަ ފަހަރަށް އެއަށް މި ހުށަހެޅި އިސްލާހުގައިވާ ގޮތުން ، ހަމަ އެކަނި މިކަން ކުރެވެން މިއޮތީ ކުށެއްގެ ދައުވާއަކާ ގުޅިގެން ހިނގާ ޝަރީއަތެއްގައި،" އިމްތިޔާޒް ވިދާޅުވި އެވެ.

އެއީ ސަރުކާރުން އޭރު ބިލު ހުށަހެޅި މަގުސަދު މުޅިން ގެއްލޭ ފަދަ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ހުށަހަޅާފައިވާ ބިލު އޮތް ގޮތުން، ޓެރަރިޒަމާ ގުޅުން ހުރި ކަމެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ތަހުގީގުކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެެއްކަލަ ހަގީގީ މަގުސަދު ގެއްލިއްޖެ ކަަމަށް އަޅުގަނޑު މި ދަންނަވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

ހެއްކާ ބެހޭ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގައި ބަހުސް ފެށި ދުވަހު ވެސް އޭނާ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެއީ "ސަރުކާރުގެ ސްޓޭންޑް ބަދަލުވުން" ކަމަށް އޭނާ އެ ދުވަހު ސިފަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox