ކޮޕް27: ފަގީރު ގައުމުތަކަށް ފައިސާ ދިނުމުގެ މައްސަލަ ފުރަތަމަ ފަހަރަށް އެޖެންޑާގައި ހިމަނައިފި

ކޮޕް27 ސަމިޓު ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުން. -- ފޮޓޯ: އދ.

ކޮޕް27 ސަމިޓު ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުން. -- ފޮޓޯ: އދ.

މޫސުމީ ބަދަލުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅިގެން މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް ފައިސާ ދިނުމުގެ މައްސަލަ ކޮޕް27 ސަމިޓުގެ އެޖެންޑާގައި ހިމަނައިފި އެވެ.

އެގޮތަށް ނިންމީ ސަމިޓު ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ބޭއްވި މަޝްވަރާތަކުގަ އެވެ. މިއީ މޫސުމީ ބަދަލާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ބާއްވާ ސަމިޓުގެ އެޖެންޑާގައި އެކަން ހިމެނި ފުރަތަމަ ފަހަރެވެ.

މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފަގީރު އަދި ތަރައްގީވަމުންދާ ގައުމުތަކަށެވެ. އެހެން ނަމަވެސް މޫސުމީ ބަދަލަށް މަގުފަހިވި ކަންކަން އެންމެ ގިނައިން ކޮށްފައި ވަނީ މުއްސަނދި ގައުމުތަކެވެ.

Advertisement

އެހެންކަމުން، މޫސުމީ ބަދަލުގެ އަސަަރުތަކުން އަރައިގަތުމަށް ނާޒުކު ގައުމުތަކަށް މުއްސަނދި ގައުމުތަކުން ފައިސާ ދޭން ޖެހޭނެ ކަމަށް ބައެއް ގައުމުތަކުން ދެކެ އެވެ.

titledesc

އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަން ރަސްމީ މަޝްވަރާގައި ހިމަނަން މުއްސަނދި ގައުމުތަކުން އެއްބަހެއް ނުވެ އެވެ. އެންމެ ފަހުން އޮތް ކޮޕް26 ގައި ވެސް ކުރިއެރުމެއް ނުލިބެ އެވެ.

ކޮޕް26 ސަމިޓުގެ އެންމެ ހޫނު އެއް ބަހުސަކަށްވީ މުއްސަނދި ގައުމުތަކުން ފޯރުކޮށްދޭން ޖެހޭ ފައިސާގެ ވާހަކަ އެވެ.

ކުރިން އެއްބަސްވީ 2020 ވަނަ އަހަރުގެ ކުރިން އަހަރަކު ފޯރުކޮށްދޭ އަދަދު 100 ބިލިއަން ޑޮލަރަށް މަތިކުރާނެ ކަމަށެވެ. ނަމަވެސް އެ ވައުދު ފުއްދާފައެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮޕް27 ގެ އެޖެންޑާގައި ހިމެނި "ލޮސް އެންޑް ޑެމޭޖް" މަޝްވަރާއިން ފައިސާ ލިބޭނެކަމުގެ ޔަގީންކަމެއް ނުލިބޭނެ އެވެ. އެހެން ނަމަވެސް 2024 ގެ ކުރިން ގޮތެއް ނިންމޭތޯ ބަލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox