ދުނިޔެ ނޭވާ ހޮޅިއަށް އެޅިފައިވާކަމުގެ އިންޒާރާ އެކު ކޮޕް27 ފަށައިފި

ކޮޕް27 ސަމިޓު ކުރިއަށް ދަނީ މިސްރުގައި. -- ފޮޓޯ: ބެންކޮކް ޕޯސްޓް

ކޮޕް27 ސަމިޓު ކުރިއަށް ދަނީ މިސްރުގައި. -- ފޮޓޯ: ބެންކޮކް ޕޯސްޓް

ދުނިޔެ ނޭވާ ހޮޅިއަށް އެޅިފައިވާކަމުގެ އިންޒާރާ އެކު މޫސުމީ ބަދަލާ ގުޅޭ ބޮޑު ސަމިޓް ކޮޕް27 މިސްރުގައި ފަށައިފި އެވެ.

ސަމިޓު ފެށުމާ ދިމާކޮށް އދ. އިން އާދީއްތަ ދުވަހު ވަނީ ދުނިޔެ ހޫނުވުމާ ގުޅޭ ރިޕޯޓެއް ނެރިފަ އެވެ. އޭގައިވާ ގޮތުން ފާއިތުވި އަށް އަހަރަކީ މިހާތަނަށް އެންމެ ހޫނުގަދަވި އަހަރުތަކަށް ވުން އެކަށީގެންވެ އެވެ.

ރެޑް ސީގެ ޝަރްމް އަލް ޝެއިހް ރިސޯޓުގައި ކުރިއަށްދާ ސަމިޓުގައި އެކި ގައުމުތަކުގެ 120 ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށް ފަހު، ކުރިއަަށް އޮތް ދެ ހަފުތާގައި ކުރިއަށް ދާނީ މޫސުމީ ބަދަލާ ގުޅޭ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މަޝްވަރާ އެވެ.

ސަމިޓު ފެށުމުގެ ގޮތުން މި އަހަރު ރިޔާސަތު ބަލަހައްޓާ މިސްރުގެ ފޮރިން މިނިސްޓަރު ސާމިހް ޝުކްރީ ވެރިންނަށް ގޮވާލެއްވީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަކަތަ އާއި ކާބޯތަކެތީގެ ކާރިސާއާ އެކު މޫސުމީ ބަދަލާ ދެކޮޅަށް ކުރާ މަސައްކަތް މަޑުނުޖެއްސުމަށެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ވީޑިއޯ މެސެޖުގައި ވިދާޅުވީ އާދީއްތަ ދުވަހު ނެރުނު "ސްޓޭޓް އޮފް ދަ ގްލޯބަލް ކްލައިމެޓް ރިޕޯޓް 2022" އަކީ މޫސުމީ ކާރިސާ ކިޔައިދޭ ވާހަކައެއް ކަމަށެވެ.

އެ ރިޕޯޓުގައި ސައިންސްވެރިން ބުނީ މިހާރު ދުނިޔޭގެ ފިނިހޫނުމިން، 1.15 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެފައިވާ ކަމަށާއި ފާއިތުވި އަށް އަހަރަކީ އެންމެ ހޫނުގަދަ އަހަރުތަކަށް ވުން އެކަށީގެންވާ ކަމަށެވެ.

ގުޓެރޭޒް ވިދާޅުވީ އެ ރިޕޯޓުގެ ހޯދުންތަކުގެ އަލީގައި މޫސުމީ ބަދަލާ ގުޅޭ އަަވަސް، ހަރުދަނާ ފިޔަވަަޅު އަޅަން ފަށަން ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ ކޮޕް27 ކަމަށެވެ.

ކޮޕް27 ގެ ރަސްމީ ބައްދަލުވުންތަައް ފަށާނީ ހޯމަ ދުވަހު އެވެ. އެންމެ ފުރަތަމަ އޮންނާނީ ވޯލްޑް ލީޑާޒް ސަމިޓެވެ. އެއީ ގައުމުތަކުގެ ހާލަތު ބަޔާން ކުރަން ލިބޭ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox