ޓްވިޓާގައި ވެރިފިކޭޝަން ސްޓޭޓަސް ބޭނުން ނަމަ ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފި

އެލޮން މަސްކް ބޭނުން ވަނީ ޓްވިޓާގެ އާމްދަނީ އިތުރު ކުރަން. -- ފޮޓޯ: ނުރްފޮޓޯ

އެލޮން މަސްކް ބޭނުން ވަނީ ޓްވިޓާގެ އާމްދަނީ އިތުރު ކުރަން. -- ފޮޓޯ: ނުރްފޮޓޯ

ޓްވިޓާގެ އެކައުންޓް ވެރިފައިކޮށް، ނަމުގެ ކައިރީގައި ނޫ ފާހަގަ ބޭނުން ނަމަ ކުރިއަށް އޮތް ތަނުގައި ފައިސާ ދައްކަން ޖެހޭނެ ކަމަށް ކުންފުނިން ބުނެފި އެވެ.

އެޕަލް ޑިވައިސްތަކުގެ އަޕްޑޭޓެއްގައި ޓްވިޓާއިން ބުނީ އެ ފީޗާ ހުޅުވާލަނީ މަހަކު 7.99 ޑޮލަރަށް ޓްވިޓާ ބްލޫ ހިދުމަތުގައި ބައިވެރިވާ ފަރާތްތަކަށް ކަމަށެވެ. އެކަން އެންމެ ފުރަތަމަ ފަށާނީ ވަކި ގައުމުތަކެއްގަ އެވެ.

އެއީ އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑެވެ. އެ ބަދަލު މި ގައުމުތަކުގައި ޓެސްޓު ކުރުމަށް ފަހު ހުރިހާ ގައުމަކަށް ވެސް ތައާރަފު ކުރާނެ ކަމަށް ކުންފުނިން ބުނެ އެވެ.

Advertisement

ބިލިއަނަރު އެލޮން މަސްކް ޓްވިޓާ ގަނެ، ގެންނަ އެ ބަދަލާ މެދު ހިޔާލު ތަފާތުވުން ބޮޑެވެ. އެއީ ފޭކު އެކައުންޓުތައް ކުރި ހޯދަން ލިބޭ ފުރުސަތެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

މީގެ ކުރިން ޓްވިޓާގައި ވެރިފިކޭޝަން ސްޓޭޓަސް ލިބެނީ ހައި ޕްރޮފައިލް މީހުންނާއި، ނުފޫޒު ގަދަ މީހުންނާއި ކުންފުނިތަކަށެވެ. އެއީ އެ މީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް އިންނަ ނިޝާނެކެވެ.

ނޫ ކުލައިގެ ރަނގަޅު ފާހަގަ ނިޝާނެއް ނަމުގެ ކައިރީގައިވާ ނަމަ އެއީ އަސްލު އެކައުންޓެއް ކަމަށް ޓްވިޓާ ބޭނުން ކުރާ ފަރާތްތަކަށް ކަށަވަރު ކުރެވެ އެވެ.

އެހެން ނަަމަވެސް، ފައިސާ ދީގެން ވެރިފިކޭޝަން ސްޓޭޓަސް ލިބޭ ނަމަ، އައިޑެންޓިޓީ ފްރޯޑް އިތުރުވެ، މަގްބޫލް މީހުންގެ ނަމުގައި ފޭކު އެކައުންޓުތައް ހިންގާނެ ކަމަށް ބަައެއް ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox