ލަވަކިޔުންތެރިޔާ އާރޮން ކާޓާ 34 އަހަރުގައި މަރުވެއްޖެ

އާރޮން ކާޓާގެ ބޭބެއަކީ ބެކްސްޓްރީޓް ބޯއީޒް ބޭންޑުގެ ނިކް ކާޓާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އާރޮން ކާޓާގެ ބޭބެއަކީ ބެކްސްޓްރީޓް ބޯއީޒް ބޭންޑުގެ ނިކް ކާޓާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ލަވަކިޔުންތެރިޔާ އަދި ރެޕް އާޓިސްޓް އާރޮން ކާޓާ އުމުރުން 34 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާއަކީ ބެކްސްޓްރީޓް ބޯއީޒް ބޭންޑުގެ މެމްބަރު ނިކް ކާޓާގެ ކޮއްކޮ އެވެ.

ޓީއެމްޒީ ވެބްސައިޓުން ބުނީ އާރޮން ކާޓާ މަރުވެފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހުގެ ހެނދުނު އޭނާ ކެލިފޯނިއާގައި ދިރިއުޅޭ ގޭގެ ފާހާނާގެ ތެރޭގައި ކަމަށެވެ.

"އެކަން ދިމާވި ގޮތް ބަލައި ހޯދުމުގެ މަސައްކަތް މި ދަނީ ކުރަމުން،" އޭނާގެ އޭޖެންޓުން ޕީއޭ މީޑިއާއަށް ބުންޏެވެ.

ޓީއެމްޒީ ވެބްސައިޓުން ބުނީ ގެނބިގެން މީހަކު މަރުވިކަމުގެ ރިޕޯޓު ލިބުމުން ލޮސް އެންޖެލެސް ކައުންޓީ ފުލުހުން އާރޮން ކާޓާ ދިރިއުޅޭ ގެޔަށް ހޮނިހިރު ދުވަހުގެ ހެނދުނު ދިޔަ ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ފާހާނާގެ ބިލިގާ ތެރޭގަ އެވެ.

އާރޮން ކާޓާގެ މިޔުޒިކް ކެރިއާ ފެށީ ބެކްސްޓްރީޓް ބޯއީޒް ބޭންޑުގެ ޓުއާތަކާއި ކޮންސެޓުތަކުގެ ތެރެއިންނެވެ.

އާރޮން ކާޓާގެ އެންމެ ފުރަތަމަ ހަތަރު އަލްބަމަށް ބޮޑު މަގްބޫލުކަމެއް ލިބި، އެތައް މިލިއަން ކޮޕީ ވިކުނެވެ. ފުރަތަމަ އަލްބަމް ނެރުނީ އުމުރުން އެންމެ ނުވަ އަހަރުގަ އެވެ.

ދެ ވަނަ އަލްބަމް "އާރޮންސް ޕާޓީ (ކަމް ގެޓް އިޓް) ނެރުނީ 2000 ވަނަ އަހަރު އެވެ. އެއީ އޭނާގެ އެންމެ ކާމިޔާބު އަލްބަމެވެ. އާރޮން ކާޓާ ބޮޑުވަމުން އައި އިރު، ޕޮޕް ލަވަތަކާ ދުރުވެ ރެޕް އާޓިސްޓަކަށް ބަދަލުވި އެވެ.

އޭނާއަށް މަސްތުވާތަކެތީގެ ވަބާ ކުރިމަތިވެ، ތަކުރާރުކޮށް ފަރުވާ ހޯދަން މަރުކަޒުތަކަށް ދިޔަ އެވެ. އޭގެ އިތުރުން ދަރަނި ބޮޑުވުމުގެ މައްސަލަ އާއި މަސްތުވާތަކެތި ގެންގުޅުމާއި ފަރުވާ ކުޑަކޮށް ކާރު ދުއްވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އާރޮން ކާޓާއަށް ދަރިއަކު ލިބުނީ 2021 ގަ އެވެ. ހޮލީވުޑް ރިޕޯޓާއިން ބުނާ ގޮތުގައި ދަރިފުޅުގެ ކަސްޓޮޑީ ހޯދުމަށް އޭނާ މި އަހަރުގެ ކުރީކޮޅު އަނެއްކާވެސް ރިހެބިލިޓޭޝަން ސެންޓަރަކަށް ދިޔަ އެވެ.

އާރޮން ކާޓާގެ މަރާ އެކު، އޭނާގެ ދަރިފުޅު ޕްރިންސްގެ މަންމަ މެލަނީ މާޓިން ނެރުނު ބަޔާނެއްގައި ބުނީ އެ ހިތާމަވެރި ހަބަަރު އަދިވެސް ގަބޫލުނުކުރެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox