ތަދުވިޔަސް އެކަމަށް ބެލުމެއް ނެތި ޒާހިޔާ ދެއްކީ ކެޕްޓަނެއްގެ ރޫހު

Nov 6, 2022, 7:29 AM
ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަންގެ ތަށި ސިފައިންގެ ޓީމަށް ހޯދައިދޭން މޮޅު ކުޅުމެއް ދެއްކި ޒާހިޔާ.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަންގެ ތަށި ސިފައިންގެ ޓީމަށް ހޯދައިދޭން މޮޅު ކުޅުމެއް ދެއްކި ޒާހިޔާ.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގެ ތަށި އަށް އަހަރަށް ފަހު ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން މި ފަހަރު ހޯދިއިރު، އެ ކާމިޔާބީ ހާއްސަވާނެ އެއް ކުޅުންތެރިއަކީ ބޮޑު އަނިޔާއަކުން ސަލާމަތްވެގެން މިދިޔަ އަހަރު އެނބުރި އައި ޓީމުގެ ކެޕްޓަން، އައިމިނަތު ޒާހިޔާ (ޒެޑޭ) އަށެވެ.

އެންމެ ފަހުން ތިން ފަހަރު ޗެމްޕިއަންކަން ހޯދި އެމްޕީއެލް އަތުން ފައިނަލުގައި ސިފައިން 10-2 އިން މޮޅުވި މެޗަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގައި ވެސް ޒާހިޔާގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނުނު މެޗެވެ. ޒާހިޔާ އަކީ ސިފައިންގެ ޓީމުން މީގެ ކުރިން 2013 އާއި 2014 ވަނަ އަހަރު ތަށި ހޯދިއިރު، ޓީމުގައި ތަފާތު ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު، މި ފަހަރުގެ ކާމިޔާބީގައި ޒާހިޔާގެ ރޯލު ކުރިން ފަހަރުތަކަށް ވުރެން ތަފާތު ވިޔަސް، އޭނާ ދެއްކި ހިތްވަރު ފާހަގަކުރަން ޖެހެ އެވެ.

ސީރިއަސް އަނިޔާ އަކުން ރަނގަޅުވެ، ޒާހިޔާ ކުޅުމަށް އެނބުރި އައިތާ މިވީ ކުރު މުއްދަތުގައި އޭނާ އާންމު ގޮތެއްގައި ނުކުޅޭހާ ގިނަ ވަގުތު ދަނޑުމަތީގައި ހުރެ ކުޅުނީ މި ފަހަރުގެ ފައިނަލުގަ އެވެ. އެ މެޗުގައި ލަނޑުު ޖެހުމުގެ އިތުރުން ގޯލު ސަލާމަތްކުރަން ކީޕަރު ސާއިގާ ހުސެއިންގެ އެންމެ ބޮޑު އެހީތެރިއަކަށް ހުރެ، ޒާހިޔާ ވަނީ ހިތްވަރު ގަދަ ކުޅުމެއް ދައްކައިފަ އެވެ.

"ހަތަރު އަހަރުގެ ބްރޭކަކަށް ފަހު، މި ސްޓާޓްކުރީ، ވަރަށް ބިރުން ހުންނަނީ އަސްލު، އެކަމު، މި ފައިނަލް މެޗުގައި އަޅުގަނޑުގެ ޓާގެޓަކަށް ވީ މި ތަށި، އަޅުގަނޑުގެ ބިރު ކަނޑާލާފައި ދަނޑަށް ނުކުތީ، ހަމަ މި ތަށި ވިން ކުރަން،" ފައިނަލް މެޗަށް ފަހު، ދިން އިންޓަވިއުގައި ޒާހިޔާ ބުންޏެވެ.

ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޒާހިޔާ އަށް އަނިޔާވީ 2018 ވަނަ އަހަރު ގައުމީ އަންހެން ޓީމުން ބަހްރޭނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ޒާހިޔާގެ އަތްބިންދައިގެން ގޮސް، އޭނާ އިތުރު ފަރުވާ އަށް އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޒާހިޔާގެ އަތްބިންދައިގެން ދިޔައިރު، ދެ ކަށިގަނޑު އެއްކޮށް ދިއުމުން އޭރު ވެސް އޭނާ އަށް އޮތް ބިރަކީ "އެނބުރި ދަނޑަށް އާދެވޭނެތޯ" އުފެދޭ ސުވާލަށް ޔަގީން ޖަވާބެއް ސިކުނޑީގައި ވެސް ނެތުމެވެ.

ބަހްރޭނުގައި ފުރަތަމަ އޮޕަރޭޝަނެއް ކުރިއިރު، އަތުގައި ދަގަނޑު ޕްލޭޓެއް އަޅައި، އެތެެރެއިން ބޯލްޓް ލައްވައިގެން، ދުވަސްތައް ގުނީ އަނިޔާއިން ރިކަވަރީވުމަށް ޝެޑިއުލެއް ހަދައިގެންނެވެ.

އެކަމަކު، މާލެ އައިސް ރިކަވަރީ މުއްދަތުގައި އިތުރު ކަންތައްތަކާ ކުރިމަތިލާން ޖެހުނެވެ. އައިޖީއެމްއެޗުން އިތުރު އޮޕަރޭޝަނެއް ކުރުމުން ވެސް އަތުގައި ހުރި ރިހުމަށް ލުޔެއް ނުލިބި ދިއުމުން، ދެން ޖެހުނީ އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. އެހެންވެ، ޓްރީޓޮޕަށް ދައްކައިގެން ބެލިއިރު، އަތުގެ ކަށިގަނޑު އޮތީ ފީވެފަ އެވެ. އެހެންވެ، އަތުގެ އެ ކަށިގަނޑު ބުރިކޮށްލައިގެން ވެސް ކުޅުން ކުރިއަށްގެންދަން ބޭނުންވާތީ އެ ގޮތަށް ކުރިއަށް ދިޔައީ އެވެ. މިހާރު އޭނާ ކުޅެމުން އެ ދަނީ އަތުގައި ބޭންޑެއް އަޅައިގެން ވެސް ހުރި ހިތްވަރެއް ނެރެގެންނެވެ.

އެމްޕީއެލް ކޮޅަށް ސިފައިންގެ ތިން ވަނަ ގޯލު ޖެހި ޒާހިޔާ އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުނދަގޫ ހަތަރު އަހަރަކަށް ފަހު ޒާހިޔާ އެނބުރި ދަނޑަށް އައިސް ގައުމީ ޖޯޒީގައި ވެސް ވަނީ ފެނިފަ އެވެ. އެއީ ދާދި ފަހުން ނިމިގެންދިޔަ އަންހެން ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ދިޔަ ޓީމުގައި ހިމެނިގެންނެވެ.

ސާފަށް ފަހު ޒާހިޔާ ސިފައިންގެ ޓީމު ލީޑުކޮށްފައި މިވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ނަމޫނާ ކެޕްޓަނެއްގެ ގޮތުގައި ހުރެ އެވެ.

"މިއީ އަޅުގަނޑުމެންގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. މަދު ދުވަސްކޮޅެއްގައި ކޯޗާ އެކު މަސައްކަތް ކުރެވުނީ، ޕްރެކްޓިސްގައި ރަނގަޅަށް ބައިވެރިވެ، ހުރިހާ ކުޅުންތެރިން އެކައްޗެއް ކިޔައިގެން، ފުރަތަމަ ދުވަހުން ފެށިގެން ކުރި މަސައްކަތުގެ ނަތީޖާ މިއީ،" ކްލަބް މޯލްޑިވްސް ކަޕްގެ 18/30 ފުޓްސަލް ފިއެސްޓާގެ ތަށި ހޯދަން ސިފައިންގެ ޓީމު ކުރި މަސައްކަތަށް އިޝާރާތްކޮށް ޒާހިޔާ ބުންޏެވެ.

މިދިޔަ އަހަރު ސިފައިންގެ ކްލަބުން ރަނގަޅަށް ކުރިއަށް ދަނިކޮށް ސެމީގައި ބަލިވީ ކްލަބް ވެމްކޯ އަތުންނެވެ. ސިފައިން ވަނީ މި ފަހަރު ސެމީގައި ވެމްކޯ ބަލިކޮށް މިދިޔަ އަހަރުގެ ބަދަލުހިފައިފަ އެވެ. ސެމީގެ ކާމިޔާބީއާ އެކު ފައިނަލަށް ނުކުތީ ވަރަށް ބޮޑު އިތުބާރަކާ އެކު އެވެ.

"ސެމީން މޮޅުވީމަ އަޅުގަނޑުމެން ކޮންފިޑެންސް އޮތް، އަދި ގްރޫޕް ސްޓޭޖުގައި އެމްޕީއެލް އަތުން ބަލިވެފައި (5-1 އިން ބަލިވެފައި) އޮތް ކަމުގައި ވިޔަސް، ކޮންފިޑެންސް އޮތް މަސައްކަތް ކޮށްފިއްޔާ ވާނެކަން (ޗެމްޕިއަންކަން ހޯދޭނެކަން)،" ޒާހިޔާ ބުންޏެވެ.

ސިފައިންގެ ޓީމުގެ ކާމިޔާބީގައި ހިއްސާ ބޮޑު އެއް ކުޅުންތެރިއަކީ ކުރިން ޕޮލިސް ކްލަބުން މި މުބާރާތުގައި ފެނުނު ފާތިމަތު ތީބާ އެވެ. ޕޮލިސް މި ފަހަރު ބައިވެރިނުވާތީ ތީބާ ސިފައިންގެ ޓީމަށް ގެނައީ އޭނާއާ މެދު ވަރަށް ބޮޑު "ޔަގީންކަމެއް" އޮތުމުން ކަމަށް ޒާހިޔާ ވަނީ ބުނެފަ އެވެ.

ސިފައިންގެ ޓީމުން މުބާރާތުގެ ތަށި ތިން ވަނަ ފަހަރަށް އުފުލާލިއިރު، އެ ޓީމަށް ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ކަމަށްވާ ސަބީނާ ހަތުން އާއި މަތުސުޝިމާ ސުމައްޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ދެ ކުޅުންތެރިންނަށް ސަޕޯޓް ދިނުމަށާއި ސިފައިންގެ ޓީމަށް ހިތްވަރުދޭން މެޗުތަކަށް އައި ބަންގްލަދޭޝްގެ މީހުން، ސިފައިންގެ މި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ޒާހިޔާ އެއްބަސްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox