ފެނަކަ ފައިނަލުގައި: އޮންލީ އަށް ހާއްސަ ކާމިޔާބެއް

Nov 5, 2022, 8:18 AM
ފެނަކަ ޓީމުގައި މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮންލީ: އޭނާ ދެކޭ ގޮތުގައި ފައިނަލަށް ދެވުމަކީ ވެސް ފެނަކަ އަށް ރަނގަޅު ކާމިޔާބެއް.

ފެނަކަ ޓީމުގައި މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮންލީ: އޭނާ ދެކޭ ގޮތުގައި ފައިނަލަށް ދެވުމަކީ ވެސް ފެނަކަ އަށް ރަނގަޅު ކާމިޔާބެއް.

މީގެ ކުރިން ޓީމު ފެނަކަ، ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލަށް ކުރި ކޮންމެ ދަތުރެއްގައި ބަދުނަސީބު ގޮތަކަށް ކަޓައިގެން ދާން ޖެހުމުން އެންމެ ބޮޑަށް މާޔޫސްވި އެއް ކުޅުންތެރިއަކީ އެ ޓީމުގެ މުހިންމު ތަރި ހުސެއިން ޝަރީފް (އޮންލީ) އެވެ.

މި ފަހަރު ފެނަކަ އިން މުބާރާތުގެ ސެމީ ފައިނަލްގެ ހަރުފަތް ކަނޑަތުކޮށް، ފައިނަލަށް ގޮސް ޓީމުގެ ތާރީހުގައި ހާއްސަ ކުރިއެރުމެއް ހޯދިއިރު، ޓީމުގެ ކެޕްޓަނަކަށް ހުރި އޮންލީ އަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް އަސްލު، މި މަސައްކަތް ކުރާތާ ގާތްގަނޑަކަށް މިހާރު ހަ އަހަރު، ހަތް އަހަރު މިވީ، އަދި ކިރިޔާ މިވީ، އަމިއްލަ އަށް ބަލާއިރު ދެން ކާމިޔާބު އަސްލު، ހަތަރު ވަނަ ސެމީ ފެނަކައިގަ، އަދި ފައިނަލަށް މި ދެވުނީ ފެނަކައިގަ،" 2018 ވަނަ އަހަރު ތިލަފުށި ކޯޕަރޭޝަނަށް ކުޅެމުން ކްލަބް މޯލްޑިވްސް ކަޕްގެ ތަށި އުފުލާލި، އޮންލީ، މި ފަހަރުގެ ސެމީ ފައިނަލުން މޮޅުވި މެޗަށް ފަހު ބުންޏެވެ.

"ތިލަފުށީގައި އެއް އަހަރު ތަށި ލިބިއްޖެ، ތިން ސެމީ ކުޅެފިން، ދެ ވަނަ ފައިނަލް މިވީ މިހާތަނަށް،"

ފެނަކައިން މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުނު ހަ މެޗުން މޮޅުވިއިރު، އެ ޓީމަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވީ ސެމީ ފައިނަލުގައި ކްލަބް ވެމްކޯ އަތުން 5-3 އިން މޮޅުވި މެޗުގަ އެވެ. ވެމްކޯ އިން ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބަލިކޮށްފަ އެވެ.

އޮންލީ ބުނީ ވެމްކޯގެ ތަފާތަކީ އެ ޓީމު ކުޅޭ "ޑިސިޕްލިން" ގޭމް ކަމަށެވެ. އެކަމަކު، އެ ފަދަ ޓީމަކާ ކުޅެން ފެނަކައިގެ ރޭވުން ދިޔައީ ރަނގަޅަށް ކަމަށް އޮންލީ ވަނީ ބުނެފަ އެވެ.

"ވެމްކޯގައި ތަންކޮޅެއް ޑިސިޕްލިން ގޭމެއް ކުޅޭތީ، އެ މީހުންނާ އެކު އުނދަގޫ. އާރްއާރްސީ ކުޅޭއިރު މާ އަވަސްވެފައި އެޓޭކް އަންނަލެން ގިނަ. ވެމްކޯގައި ތަންކޮޅެއް ގޭމް ބެލެންސްކޮށް ކުޅޭތީ. ފެނަކަ އަށް ތަންކޮޅެއް ފަސޭހަ،" ލ. ގަަމު ފުޓްސަލް ޓީމަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮންލީ ބުންޏެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތް އޮންލީ އަށް ދެން ހާއްސަވާ ސަބަބަކީ މި ފަހަރުގެ މުބާރާތުގައި އޭނާ ހީނުކުރާ ކަމެއް ހާސިލްވަމުން ދިއުމެވެ. މުބާރާތުގެ ފައިނަލަށް އައިއިރު، ލަނޑު ލިސްޓުގެ ކުރީގައި އޮތީ އޮންލީ އެވެ.

އޮންލީ ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު މެޗުތަކުން 12 ގޯލު ޖަހައިފަ އެވެ. އޭނާއާ ދެން އެންމެ ވާދަކުރާ ކުޅުންތެރިއަކީ އެ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) އެވެ. އަޔާ ޖެހީ 10 ގޯލެވެ.

"އަސްލު ހިޔެއް ނުކުރަން އެއްވެސް ވަރަކަށް (ލަނޑު ލިސްޓުގެ ކުރީގައި އޮންނާނެ ކަމަކަށް. ދެން، ފަހަތަށް ކުޅޭއިރުގައި އެހާ އުންމީދެއް ނުވެސް ކުރާނެތާދޯ. ސިވިލް ކޯޓު މެޗުގައި ހަ ގޯލު ޖެހުނީމަ ވެސް އުންމީދެއް ނުކުރަން އެއްވެސް ވަރަކަށް،" މުބާރާތުގައި މިހާތަނަށް ދެ މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފައިވާ އޮންލީ ބުންޏެވެ.

"މުއްކި އާއި އަޔާ އާއި އޮންލީ، ތިން މީހުން އެކުގައި ޓީމުގައި ތިބީމަ އަސްލު ވަރަށް ފަސޭހަވެގެން އޮންލީ އަށް ދިޔައީ، އެޓޭކް ކުރަން ބެލިޔަސް، ޑިފެންސް ކުރަން ބެލިޔަސް ފަސޭހަކޮށް އޮތީ. ދެން، މި ފަހަރު އައްޒާމް ވެސް އެބަހުރި،"

ފެނަކަ އިން މި ފަހަރުގެ ފައިނަލުގައި ކުޅޭއިރު، އެ ޓީމާ ދެކޮޅަށް ނުކުންނަ އެމްޕީއެލް ވަނީ މި މުބާރާތުގެ ތަށި ތިން ފަހަރު ހޯދައިފަ އެވެ. އެކަމަކު، މިއީ ފަސް އަހަރު ތެރޭ އެމްޕީއެލް އިން ކުޅޭ ފުރަތަމަ ފައިނަލް އެވެ. އެމްޕީއެލް އާއި ފެނަކަ ކުޅޭ ފައިނަލް މެޗު ފަށާނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox