މީހެއްގެ މަރާ އެކު ކްލައިމެޓް އެކްޓިވިސްޓުންނަށް ފާޑުކިޔުން

މަގު ބަންދުކޮށްގެން ހުރި އެކްޓިވިސްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. -- ފޮޓޯ: ރޮއިޓާޒް

މަގު ބަންދުކޮށްގެން ހުރި އެކްޓިވިސްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. -- ފޮޓޯ: ރޮއިޓާޒް

ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި އެކްސިޑެންޓުވި މީހަކު މަރުވެ، މޫސުމީ ބަދަލާ ގުޅޭ އެކްޓިވިސްޓުން އެހެން މީހުންގެ ފުރާނައަށް ނުރައްކާ ކުރަމުންދާ ކަމަށް ގްރީން ޕާޓީއިން ތުހުމަތުކޮށްފި އެވެ.

ހޯމަ ދުވަހު ބައިސްކަލްގައި ދިޔަ އަންހެނަކު އެކްސިޑެންޓުވެ، ކޮންކްރީޓް މިކްސާ ލޮރީއެއްގެ ދަށުވި އެވެ. ފަޔާ ސާވިސްއިން ބުނީ ހާއްސަ ރެސްކިއު އުޅަނދު ލަސްވީ "ލާސްޓް ޖެނެރޭޝަން" ގްރޫޕުން މަގު ބަންދު ކުރުމުން ކަމަށެވެ.

އުމުރުން 44 އަހަރުގެ އަަންހެން މީހާގެ މަރުގެ ހަބަރު ފެތުރުނީ ހުކުރު ދުވަހު އެވެ.

ވައިސް ޗާންސެލަރު އަދި ގްރީން ޕާޓީގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ރޮބަޓް ހަބެކް ވިދާޅުވީ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ "ކްލައިމެޓް ހަރަކާތަށް ދޭ ގެއްލުމެއް" ކަމަށެވެ.

"ލާސްޓް ޖެނެރޭޝަން" ގްރޫޕުން ބުނީ އެ ގްރޫޕްގެ މެމްބަރުންތަކުން އެކްސިޑެންޓު ހިނގި ހިސާބުގައި މުޒާހަރާ ކުރި ކަމަށެވެ. އެ ގްރޫޕުން ބުނީ "މުޅި މީޑިއާ" އެ މީހުންނާ ދެކޮޅަށް ތެދުވެފައިވާ ކަމަށާއި އަންހެން މީހާގެ މަރާ މެދު ހިތާމަ ކުރާ ކަމަށެވެ.

ޖަރުމަނުގައި ކްލައިމެޓް އެކްޓިވިސްޓުން މުޒާހަރާ ކުރަން ގެންގުޅޭ އުކުޅުތަކާ މެދު ގައުމީ ފެންވަރުގައި ދަނީ ބަހުސް ކުރަަމުންނެވެ. ސިޓީގެ މަގުތައް ބަންދު ކުރުމަކީ އެކްޓިވިސްޓުން އާއްމުކޮށް ކުރާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox