ޔޫރޮޕާ ލީގު: އާސެނަލް ގަދަ 16 އަށް، ޔުނައިޓެޑް ނޮކައުޓްގެ ކޮލިފައިން ޕްލޭއޮފަށް

Nov 4, 2022, 8:32 AM
ޔުނައިޓެޑްގެ އަލެހަންދްރޯ ގަނާޗޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުނައިޓެޑްގެ އަލެހަންދްރޯ ގަނާޗޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ނޮވެމްބަރު 4) - ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން ރޭ މޮޅުވި އާސެނަލް މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދިއިރު، މެންޗެސްޓާ ޔުނައިޓެޑް ކޮލިފައިން ޕްލޭއޮފްގައި ވާދަކުރަން ޖެހިއްޖެ އެވެ.

އާސެނަލް، ރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ކުުޅުނު މެޗުން ސްވިޒަލެންޑްގެ ޒިއުރިކް އަތުން 1-0 އިން މޮޅުވެފަ އެވެ. ރެއާލް ސޮސިއެޑާޑް ދަނޑުގައި ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ. އާސެނަލްގެ ހަމައެކަނި ގޯލު ޖެހީ އޭރިއާބޭރުން، ކިއެރަން ޓިއެރަނީ ޖެހި ގޯލުންނެވެ. ޔުނައިޓެޑްގެ ގޯލު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން އަލެހަންދްރޯ ގާނާޗޯ އެވެ.

ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު، އާސެނަލް އެއް ވަނަ އަށް ދިޔައީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ 13 ޕޮއިންޓް ހޯދި ޕީއެސްވީ އައިންދޯވަން އެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު ނޯވޭގެ ބޯޑޯ/ގިލްްމް އޮތްއިރު، ފުލުގައި ޒިއުރިކް އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމަށް ލިބޭނީ ގަދަ 16 ޓީމުގެ ބުރުގެ ސީދާ ޖާގައެކެވެ. ދެ ވަނަ އަށް ދާ ޓީމެއް ޖެހޭނީ ގަދަ 16 ޓީމުގެ ބުރަށް ކޮލިފައިވާން ނޮކައުޓްގެ ޕްލޭއޮފް ބުރުގައި ކުޅޭށެވެ. އެ ބުރުގައި އެ ޓީމުން ކުޅޭނީ ޗެމްޕިއަންސް ލީގުގެ ގްރޫޕްތަކުގެ ތިން ވަނަ އަށް ދާ ޓީމުތަކާ އެވެ. ޔޫރޮޕާ ލީގުގެ ގްރޫޕްގެ ތިން ވަނަ އަށް ދާ ޓީމު ދެން ކުޅެން ޖެހޭނީ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ.

ގްރޫޕް އީގެ މެޗުތައް ނިމުނުއިރު، އެއް ވަނަ އަށް ދިޔަ ރެއާލް ސޮސިއެޑާޑާ ދެ ވަނައިގައި ނިންމި ޔުނައިޓެޑަށް ވެސް ލިބުނީ 15 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ސޮސިއެޑާޑް އެއް ވަނަ ހޯދީ އެވެ. ތިން ވަނަ ހޯދި މޮލްޑޯވާގެ ޓީމު ޝެރިފް ޓިރާސްޕޯލް އެވެ. އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ސައިޕްރަސްގެ އޮމޯނިއާ ނިކޯސިއާ ގްރޫޕް ނިންމާލީ ޕޮއިންޓެއް ވެސް ނުލިބި އެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 އިން ފުރުސަތު ހޯދީ އާސެނަލާއި ސޮސިއެޑާޑްގެ އިތުރުން ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޯއިސް، ރެއާލް ބެޓިސް، ފެޔަނޫޑް، ފްރެއިބާގް، ފެރެންޝްވަރޯސް އަދި ފެނަބާޗޭ އެވެ.

ޔުނައިޓެޑާއި ޕީއެސްވީގެ އިތުރުން ނޮކައުޓް ޕްލޭއޮފް ބުރުގައި ކުޅޭނީ މޮނާކޯ، ނޯންޓެސް، މިޓްޔައެލަންޑް، ޔޫނިއަން ބާލިން، ރޯމާ އަދި ރެނެސް އެވެ. މި ޓީމުތަކާ ކުޅެން ޖެހޭނީ ޗެމްޕިއަންސް ލީގުގެ ގްރޫޕްތަކުގެ ތިން ވަނަ އަށް ދިޔަ ޓީމުތައް ކަމަށްވާ އަޔަކްސް، ބަޔާ ލެވަކޫސަން، ބާސެލޯނާ، ސްޕޯޓިން، ރެޑްބުލް ސަލްޒްބާގް، ޝަހުތަރު ޑޮނެސްކް، ސެވިއްޔާ އަދި ޔުވެންޓަސް އެވެ.

ކޮންފަރެންސް ލީގުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑް ގްރޫޕް ސްޓޭޖު ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާއެކު އެވެ. ފަހު މެޗުގައި ރޭ ވަނީ ރުމޭނިއާގެ އެފްސީއެސްބީ ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox