ނުރައްކާތެރި މިންވަރަށް އަނެއްކާވެސް ދިއްލީގެ ވައި ތަގައްޔަރުވެއްޖެ

ނިއު ދިއްލީގެ އިންޑިއާ ގޭޓް ކައިރީގައި މީހުން ހިނގަނީ. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީގެ އިންޑިއާ ގޭޓް ކައިރީގައި މީހުން ހިނގަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އަނެއްކާވެސް ނުރައްކާތެރި މިންވަރަކަށް ވައި ތަގައްޔަރުވެއްޖެ އެވެ.

ވައިގައި ހިމެނޭ އެންމެ ނުރައްކާތެރި ޕާޓިކަލްއަކީ ޕީއެމް2.5 އެވެ. އެއީ އިންސާނުންގެ ލޭގެ ތެރެއަށް އެތެރެވެވޭހާ ކުދި ޕާޓިކަލްތަކެވެ.

ވައިގެ ކޮލިޓީ މޮނީޓާ ކުރާ އައިކިއުއެއާއިން ބުނީ ބުރާސްފަތު ދުވަހުގެ ހެނދުނު ޕީއެމް2.5 ހުރީ ކޮންމެ ކިއުބިކް މީޓަރަކަށް 588 ގައި ކަމަށެވެ.

އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 40 ގުނަ އިތުރެވެ.

"މިއީ ދިއްލީގައި އުޅެން އެންމެ ކަމުނުދާ ދުވަސްވަރު. މި ދުވަސްވަރު ތާޒާކޮށް ނިދިން ހޭނުލެވޭނެ،" ފުލުސް އޮފިސަރު ހެމް ރާޖް އޭއެފްޕީއަށް ބުންޏެވެ.

"ހެނދުނު ގަޑީގައި ހަށިގަނޑު ވަރިބަލިވެ ކަންނެތްކޮށްލާނެ... ލޯ ހުންނާނީ އަބަދުވެސް ފެންކަޅިވެފައި. ކަރަށް އުނދަގޫވާނެ."

ދިއްލީގެ ވައި ތަގައްޔަރުވުމަކީ ކޮންމެ އަހަރަކު ވެސް ފިނި މޫސުމުގައި ދިމާވާ މައްސަލަ އެކެވެ. ފިނި މޫސުމާ ދިމާކޮށް ދިއްލީގެ ވައި ތަގައްޔަރުވާ އެއް ސަބަބަކީ ވަށައިގެންވާ ސްޓޭޓުތަކުގައި ހުންނަ ދަނޑުބިންތަކުން އުފެދޭ ކުނި އެންދުމެވެ. ދިއްލީ ވަށައިގެންވާ ސަރަހައްދުގައި އެތައް މިލިއަން މީހުން ދިރިއުޅޭ ނޮއިޑާ އަދި ގާޒީއާބާދު ފަދަ ސިޓީތައް ވެސް ހުރެ އެވެ.

ވިހިވިހި ވަނަ އަހަރު ލޭންސެޓުން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި 2019 ވަނަ އަހަރު އިންޑިއާގައި 1.67 މިލިއަން މީހުން މަރުވީ ވައި ތަގައްޔަރުވުމުން ދިމާވި މައްސަލަތަކުގަ އެބެ. އޭގެ ތެރެއިން 17،500 ދިއްލީއިން މަރުވި އެވެ.

ވައި ތަގައްޔަރުވުން ކުޑަކުރަން ދިއްލީގެ އިދާރާތަކުން ގަވާއިދުން އެކި ކަހަލަ ފިޔަވަޅުތައް އަޅަ އެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ކޮންސްޓްރަކްޝަން މަސައްކަތް ވެސް ހުއްޓުވަ އެވެ. އެކަމަކު އެ ފިޔަވަޅުތަަކުން ނަތީޖާއެއް ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox