މިއީ ހާއްސަ ފަހަރަކަށް ހެދުމުގެ ފުރުސަތު އެމްޕީއެލް އަށް އެބައޮތް

Nov 3, 2022, 7:27 AM
އެމްޕީއެލްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ސާލިޔާ (ކ) ޓީމުގައި ހިމެނޭ ތައިލެންޑްގެ ކީޕަރު ސަސީޕްރަޕާ ސުކްސެން އާއި ތައިލެންޑްގެ ނަތަމޯން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޕީއެލްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ސާލިޔާ (ކ) ޓީމުގައި ހިމެނޭ ތައިލެންޑްގެ ކީޕަރު ސަސީޕްރަޕާ ސުކްސެން އާއި ތައިލެންޑްގެ ނަތަމޯން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ ދެ ޑިވިޝަނުގެ (އަންހެން/ ފިރިހެން) ފައިނަަލަށް ވެސް އެމްޕީއެލް ދަތުރުކޮށްފައިވާއިރު، މިއީ އެ ކުންފުންޏަށް ހާއްސަ ފަަހަރަަކަށް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްޕީއެލް އަންހެން ޓީމުގެ ކެޕްޓަން، ފާތިމަތު ސާލިޔާ (ޝާ) ބުނެފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި މިރޭ އެމްޕީއެލް އިން ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ. އަދި ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އެމްޕީއެލް އިން އަންނަ ހޮނިހިރު ދުވަހުގެރޭ ޓީމު ފެނަކައާ ބައްދަލުކުރާނެ އެވެ.

މިދިޔަ ތިން އަހަރު އެމްޕީއެލްގެ އަންހެން ޓީމުން، 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އެ ޓީމަކީ އެ ކާމިޔާބީ ހާސިލްކުރި ފުރަތަމަ ޓީމެވެ. މި ފަހަރުގެ ފައިނަލަށް ނުކުންނައިރު، އެ ރެކޯޑް އިތުރަށް ފުރިހަމަކޮށް "ތާރީހުގެ އިތުރު ސޮފުހާއެއް" ލިޔުމަށް އެމްޕީއެލް އިން ބޭނުންވެ އެވެ.

"އަސްލު ޝާ ގަބޫލުކުރާގޮތުގައި ކާމިޔާބީއެއް ހޯދުމަށް ވުރެން އެ މެއިންޓެއިން ކުރުން މި އުނދަގޫވަނީ، ތިން އަހަރު އެކަން ކުރެވިއްޖެ، މި ފަހަރު ވެސް ޓީމު މި އޮތީ އެ ސްޕިރިޓް (އަޒުމު) ގައި،" މިރޭގެ ފައިނަލުގެ ކުރިން "އަދަދު" އަށް ސާލިޔާ ބުންޏެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އެމްޕީއެލް އިން ފަށަން ޖެހުނީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ފުރަތަމަ މެޗުގައި ކްލަބް ވެމްކޯއާ އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ޓީމު ފެނަކަ އަތުން ވަނީ ބަލިވެފަ އެވެ. ފެށުން އުނދަގޫކޮށް ދިޔަ ކަމެއްގެ ގޮތުގައި ސާލިޔާ ފާހަގަކުރީ އެ ޓީމުގެ ކޯޗު ބަދަލުވުމާއި ޓީމަށް ދިމާވެފައި އޮތް އަނިޔާގެ މައްސަަލަތަކެވެ.

އެމްޕީއެލް އިން މުބާރާތް ފެށީ ކޯޗަކަށް މުހައްމަދު ޝާހީން ހުރެ އެވެ. އެކަމަކު، ފުރަތަމަ މެޗަށް ފަހު އެމްޕީއެލް އިން ކޯޗު ބަދަލުކޮށް މީގެ ކުރިން ފަސް ވަރަކަށް އަހަރު ވެސް އެ ޓީމަށް އިރުޝާދުދިން ކޯޗު އަހުމަދު ވިސާލް (އަންދު)އާ އަލުން ޓީމު ހަވާލުކުރި އެވެ.

"ދި ދެ ކަންތައް (ކޯޗު ބަދަލުވުމާއި އަނިޔާގެ މައްސަލަ ފުރަތަމަ ދެ މެޗުގައި) އަސްލު ދިމާވީ، އެކަމަކު، މަޑުމަޑުން ޓީމު ދިޔައީ ފޯމަކަށް އެޅެމުން، ދެން އަސްލު ބޭނުންވާ ލެވަލްގައި ކުޅެވެން ފެށީ ލީގު ބުރުގައި ސިފައިންނާ ދެކޮޅަށް، މިހެން ބުންޏަސް އެމްޕީއެލް ޓީމުން އަނިޔާގެ ވާހަަކަ އެކްސްކިއުޒަކަށް ނުހަދާނެ،" ސިފައިން ކޮޅަށް އެމްޕީއެލްގެ މުހިންމު ގޯލު ޖެހި ސާލިޔާ ބުންޏެވެ.

މި ފަހަރުގެ ފައިނަލުގައި އެމްޕީއެލް އިން ސިފައިންނާ ދެކޮޅަށް ކުޅޭއިރު، މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗުން 5-1 އިން އެމްޕީއެލް މޮޅުވެފައި އޮތުމަކީ އެ ޓީމަށް "އެޑްވާންޓޭޖެއް"ގެ ގޮތުގައި ސާލިޔާ ނުދެކެ އެވެ. ސާލިޔާ ބުނީ ތަށި ދިފާއުކުރަން ނުކުންނަ ޓީމަށް އޮންނާނީ "ޕްރެޝަރު" ކަމަށެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި އާންމު ގޮތެއްގައި ސިފައިންނާއި އެމްޕީއެލްގެ ކުރިމަތިލުންތައް ނިސްބަތުން ބަލާއިރު ފެންނަނީ މަދުންނެވެ. އެއީ ވެސް މި ފަހަރު ފައިނަލުގައި ސިފައިންނާއި އެމްޕީއެލް ކުޅޭއިރު، މި ދެ ޓީމުން ވެސް ސަމާލުވާން ޖެހޭނެ ކަމެކެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ސިފައިންގެ އަންހެން ޓީމަށް ސަޕޯޓްކުރަން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އެއްވެ އެވެ. އެއީ އެ ޓީމުގައި ބަންގްލަދޭޝްގެ ގައުމީ އަންހެން ޓީމުގެ ތަރި ސަބީނާ ހަތުން އާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން ކުޅުންތެރިއެއް ކަމަށްވާ މަތުސުޝިމާ ސުމައްޔާ ކުޅޭތީ އެވެ.

ދަނޑު ބޭރުން އެމްޕީއެލް އަށް ވުރެ މިހާތަނަށް ފެންނަ ފެނުމަށް ބަލާއިރު، ސިފައިންގެ ޓީމަށް އޮންނަ ސަޕޯޓް ބޮޑެވެ. އެކަމަކު، އެ ފަދަ ކަންކަމަށް އެމްޕީއެލް ޓީމުން ނުވިސްނާނެ ކަމަށް ސާލިޔާ ވަނީ ބުނެފަ އެވެ.

"އެމްޕީއެލްގެ މެނޭޖްމަންޓުން ބުނެފައި އޮތީ ޓީމުގެ ފަހަތުގައޭ މި ތިބީ. (އެމްޕީއެލް) ޓީމުގެ ސަޕޯޓަރުން ވެސް ފެނޭ ހަމަ، ދެން ހަގީގަތުގައި ޝާ ގަބޫލުކުރަނީ ދަނޑު ބޭރުގައި ހިނގާ ކަންތައްތަކަށް ވިސްނުމުގެ ބަދަލުގައި ފޯކަސް ކުރަން ވީ މެޗަށް، ކޮންޓްރޯލް ކުރެވޭނެ ކަންކަަމަށް ވިސްނައި، މެޗުން މޮޅުވުމުގެ ރޫހުގައި ހުރިހާ ކުޅުންތެރިން ވެސް މި ތިބީ،" ސާލިޔާ ބުންޏެވެ.

"އެމްޕީއެލްގެ ދެ ޓީމު ވެސް މި އޮތީ ފައިނަލުގައި، އަލަށް ކަންނޭނގެ މި ގޮތަށް މި އޮތީ ވެސް، އެހެންވީމަ މިއީ އެމްޕީއެލަަށް ހާއްސަ ފަހަރަކަށް ހެދުމުގެ ފުރުސަތު މި އޮތީ ލިބިފައި،"

އެމްޕީއެލް އަންހެން ޓީމަށް ކާމިޔާބު ހޯދައިދިން ކޯޗު އަންދު، އެނބުރި ޓީމަށް އައި ނަމަވެސް ޓީމަށް އިރުޝާދުދޭން މުހިންމު މެޗުތަކުގައި އޭނާ އަށް ބެންޗުގައި ހުރެވޭގޮތެއްނުވި އެވެ. ސިއްހީ ކަމެއްގައި އާއިލީ ޒިންމާ އަދާކުރުމުގެ ގޮތުން އަންދު މި ވަގުތު ރާއްޖޭން ބޭރުގައި ހުރިއިރު، ވެސް އޭނާ އަންނަނީ އެމްޕީއެލްގެ ދެ ޓީމަށް ވެސް އިރުޝާދު ދިނުމުގައި އެހީތެރިވަމުންނެވެ.

"ޓައިމް އައުޓް ނަގާ ވަގުތުގައި ވެސް ކޯޗުގެ އިރުޝާދުގެ އަޑު އިވޭ. ފޯނުން އަބަދުވެސް ބެންޗުގައި ތިބި އޮފިޝަލުންނަށް ބުނެދީ، ޓީވީން މެޗު ބަަލައި، އެ ހުރިހާ ގޮތަކަށް ވެސް ޓީމު ފަހަތުގައި ކޯޗު އެ ހުރީ. އަސްލު އެއީ ހިތްހަމަޖެހުމެއް. ދެން، އެކަމު، ކޯޗު ބެންޗުގައި ނެތުމަކީ ވެސް ޓީމަށް އުނިކަަމެއްގެ ގޮތުގައި ދެކެނީ،" ސާލިޔާ ބުންޏެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގެ އެންމެ ކާމިޔާބު ޓީމަކީ ކްލަބް އިމިގްރޭޝަން އެވެ. އެ ޓީމުން ހަތަރު ފަހަރު ތަށި ހޯދާފައިވާއިރު، އެމްޕީއެލް އިން މި ފަހަރު މުބާރާތް ކާމިޔާބު ކޮށްގެން އެ ރެކޯޑާ ހަމަކުރެވޭނެ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގެ ތަށި އެންމެ ގިނަ ފަހަރު އުފުލާލީ ހަަތަރު ފަހަރު ޗެމްޕިއަންކަން ހޯދި އެސްޓީއޯ އެވެ. މި ފަހަރު ފިރިހެން ޑިވިޝަންގެ ތަށި ހޯދައިގެން އެމްޕީއެލް އަށް އެސްޓީއޯއާ އެއް ސަފަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ސިފައިންނާއި އެމްޕީއެލް ކުޅޭ 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު ފަށާނީ 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox