ނުވަ އަހަރުތެރޭ ފުރަތަމަ ފަހަރަށް މިލާން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް

Nov 3, 2022, 4:01 AM
މިލާނުގެ ލަނޑެއް ޖެހުމަށް ފަހު ޖިރޫޑް އުފާފާޅުކުރަނީ.

މިލާނުގެ ލަނޑެއް ޖެހުމަށް ފަހު ޖިރޫޑް އުފާފާޅުކުރަނީ.

މިލާން (ނޮވެމްބަރު 3) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަތުން 4-0 އިން މޮޅުވެ، ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އޭސީ މިލާން މުބާރާތުގެ ދެ ވަނަ ބުުރުން ފުރުސަތު ހޯދައިފި އެވެ.

ހަތް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައިވާ މިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ކުޅެފައިވަނީ 2013/2014 ވަނަ ސީޒަނުގަ އެވެ. މިދިޔަ އަހަރު މިލާން ކެޓީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުންނެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މިލާނަށް 14 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ސަންޑްރޯ ޓޮނާލީ ނެގި ހުރަހަކުން އޮލިވިއޭ ޖިރޫޑް ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭ ޖިރޫޑް ޖައްސާލި ބޯޅައަކުން ރާޑް ކްރުނިޗް މިލާންގެ ލީޑުފުޅާކޮށްދިނެވެ. މިލާންގެ އަނެއް ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ޖިރޫޑާއި ބްރެޒިލްގެ ވިންގް، ޖޫނިއާ މެސިއަސް އެވެ.

ރޭގެ މެޗަށް ފަހު މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމަކީ މިލާނުން މިދިޔަ އަހަރުތަކުގައި ކުރަމުން އައި މަސައްކަތަށް ބަލާއިރު، ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ޗެލްސީގެ ޗިލްވެލް (ވ) ރޭގެ މެޗުގެ ތެރެއިން ފަލަމަސްގަނޑަށް އަނިޔާވެގެން ދަނޑުން ފައިބަނީ.

ގްރޫޕް އީގެ އެއް ވަނަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 2-1 އިން ޑިނަމޯ ޒަގްރެބް ބަލިކުރި ޗެލްސީ އެވެ. ޗެލްސީ ވަނީ މި ނަތީޖާއާ އެކު ޗެމްޕިއަންސް ލީގުގެ ތާރީހުގައި 100 މޮޅު ހަމަކޮށްފަ އެވެ.

ބްރޫނޯ ޕެޓްކޮވިޗް ބޮލުން ޖެހި ގޯލުން ޒަގްރެބް ލީޑުނެގި މި މެޗުގައި ޗެލްސީގެ ގޯލުތައް ޖެހީ ރަހީމް ސްޓާލިން އާއި ޑެނިސް ޒަކާރިއާ އެވެ. މިއީ ޒަކާރިއާ ޗެލްސީ އަށް ކުޅެދިން ފުރަތަމަ މެޗެވެ. މި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން، ޗެލްސީގެ ބެން ޗިލްވެލް އަށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު ބޮޑެވެ.

ޗެލްސީ ގްރޫޕް ނިންމާލީ 13 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ މިލާނަށް 10 ޕޮއިންޓް ލިބުނުއިރު، ސަލްޒްބާގަށް ތިން ވަނަ ލިބުނީ ހަ ޕޮއިންޓާ އެކު އެވެ. ޒަގްރެބް ފުލަށް ދިޔައީ ހަތަރު ޕޮއިންޓް ލިބުމުންނެވެ.

ކީލިއަން އެމްބާޕޭގެ ގޯލުން ޔުވެންޓަސް ދަނޑުގައި ރޭ ޕީއެސްޖީން ލީޑުނަގާފައިވަނިކޮށް، ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ. ދެ ވަނަ ހާފުގައި ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ ޕޯޗުގީސް ފުލްބެކް، ނޫނޯ މެންޑޭޒް އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ބެންފީކާ އިން ވަނީ 6-1 އިން އިޒްރޭލުގެ މެކަބީ ހައިފާ ބަލިކޮށް ގްރޫޕްގެ އެއް ވަަނަ ހޯދައިފަ އެވެ.

ގްރޫޕް އެޗްގެ އެއް ވަަނަ ބެންފީކާ އަށް ލިބުނީ ދެ ވަނައިގައި އޮތް ޕީއެސްޖީއާ އެއްވަރަށް 14 ޕޮއިންޓް ލިބުނު ނަމަވެސް ހެޑް ޓު ހެޑް ގަވާއިދުން ބަލާއިރު ވެސް، ފައިދާ ގޯލާއި ޖެހި ގޯލު ވެސް އެއްވަރުވެ، ރަށުންބޭރުގައި ޖެހި ގޯލުން ބެންފީކާ އަށް ކުރި ލިބޭތީ އެވެ. ތިން ވަނަ އަށް ދިޔަ ޔުވެންޓަސް އާއި ހަތަރެއްގައި ނިންމި މެކަބީ ހައިފާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ސިޓީ އަށް އެއްވަރުކޮސްދިން ގޯލު ޖަހައި ރީކޯ ލެވިސް އުފާފާޅުކުރަނީ.

މެންޗެސްޓާ ސިޓީން ވަނީ ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 އިން ސެވިއްޔާ ބަލިކޮށްފަ އެވެ. މި މެޗުގައި ސެވިއްޔާ އަށް ލީޑުނަގައިދިނީ އިސްކޯ ދިން ބޯޅައަކުން ރަފާ މީރް ޖެހި ގޯލުންނެވެ. ސިޓީ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޒުވާން ކުޅުންތެރިޔާ، ރީކޯ ލެވިސް އެވެ.

މި ގޯލާ އެކު ލެވިސް އަށް ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ހާއްސަ ރެކޯޑެއް ލިބިފަ އެވެ. އޭނާ އަކީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ގޯލު ޖެހިއިރު، އުމުރަކީ 17 އަހަރާއި 346 ދުވަހެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ލިޔޯނަށް ކުޅެމުން 17 އަހަރާއި 352 ދުވަހުގެ ތެރޭ ގޯލު ޖެހި ކަރިމް ބެންޒެމާ އަތުގަ އެވެ.

ސިޓީގެ އަނެއް ދެ ލަނޑު ޖެހީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އާއި ރިޔާދު މާރޭޒް އެވެ.

ގްރޫޕް ޖީގެ އެއް ވަނަ ސިޓީން ހޯދީ 14 ޕޮއިންޓާ އެކު އެވެ. ރޭ ކޯޕެންހާގެންއާ 1-1 އިން އެއްވަރުވި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދެ ވަނަ ދިޔައީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާ ތިން ވަނައިގައި ނިންމީ ފަސް ޕޮއިންޓާ އެކު އެވެ. ކޯޕެންހާގެން ފުލަށް ދިޔައިރު އެ ޓީމަށް ލިބުނީ ތިން ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިޔަ ޓީމުތަކަކީ ނަޕޯލީ، ލިވަޕޫލް، ޕޯޓޯ، ކްލަބް ބްރޫޖް، ބަޔާން މިއުނިކް، އިންޓަ މިލާން، ޓޮޓެންހަމް، އައިންޓްރަކްޓް ފްރޭންކްފާޓް، ޗެލްސީ، މިލާން، ރެއާލް މެޑްރިޑް، އާރްބީ ލައިޕްޒިގު، ސިޓީ، ބޮރޫޝިއާ ޑޯޓްމަންޑް، ބެންފީކާ އަދި ޕީއެސްޖީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox