އުތުރު ކޮރެއާއިން އެއް ދުވަސް ތެރޭ 23 މިސައިލް ލޯންޗުކޮށްފި

ރައްދުގައި ދެކުނު ކޮރެއާއިން ވެސް މިސައިލްތަކެއް ލޯންޗުކުރި. -- ފޮޓޯ: ޝަޓާސްޓޮކް

ރައްދުގައި ދެކުނު ކޮރެއާއިން ވެސް މިސައިލްތަކެއް ލޯންޗުކުރި. -- ފޮޓޯ: ޝަޓާސްޓޮކް

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއިން ކަނޑުގެ ސަރަހައްދަށް މިސައިލްތަކެއް ލޯންޗުކޮށް، އެ ސަރަހައްދުގެ މަޝްރަހު ހޫނުވެއްޖެ އެވެ.

އުތުރު ކޮރެއާއިން ވަނީ އެއް ދުވަސް ތެރޭ 23 މިސައިލް ލޯންޗުކޮށްފަ އެވެ. އެއީ ރެކޯޑު އަދަދެކެވެ. އޭގެ ތެރެއިން އެއް މިސައިލް ވެއްޓުނީ ދެކުނު ކޮރެއާގެ ސޮކްޗޯ ސިޓީއާ 60 ކިލޯމީޓަރު ކައިރިއަށެވެ.

ރައްދުގައި ދެކުނު ކޮރެއާއިން ނެރުނު ހަނގުރާމަ މެތީ ޖެޓުތަކުން ވަނީ ދެ ގައުމުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަނޑުގެ ސަރަހައްދަށް ތިން މިސައިލް ފޮނުވައިފަ އެވެ.

އޭގެ ފަހުން އަނެއްކާވެސް އުތުރު ކޮރެއާއިން ހަ މިސައިލް ލޯންޗުކޮށް، 100 އާޓިލަރީ ޝެލް ފޮނުވި އެވެ. އެ ގައުމުން ބުނީ އެއީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ތަމްރީން ހިންގާތީ ދިން އިންޒާރު ކަމަށެވެ.

ބުދަ ދުވަހުގެ މިސައިލްތަކާ ހެދި ދެކުނު ކޮރެއާގެ އުލުންގް ރަށުގައި ސައިރަން ޖައްސައި، އާއްމުން އެލާޓަށް ގެނަ އެވެ. ހުރިހާ އެންމެން އިވެކުއޭޓް ކުރީ ބިމުއަޑީގެ ބަންކަރުތަކަށެވެ.

އެއް ބެލިސްޓިކް މިސައިލް ވަނީ ނޮދަން ލިމިޓް ލައިން (އެންއެލްއެލް) ހުރަސްކޮށްފަ އެވެ. އެއީ ދެ ކޮރެއާގެ މެދުގައި ހިޔާލު ތަފާތުވުން އޮތް ކަނޑުގެ ބޯޑަރެކެވެ.

އެ މިސައިލް ވެއްޓުނީ ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދުން ކުޑަތަންކޮޅެއް ބޭރަށެވެ. އެއީ މިހާތަނަށް އުތުރު ކޮރެއާގެ މިސައިލެއް ދެކުނު ކޮރެއާއާ އެންމެ ކައިރިވި ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox