އެމެރިކާގެ ސިންގަލްސް މިޔުޒިކް ޗާޓުގެ ގަދަ 10 ޖާގައިގައި ހުސް ޓެއިލާ ސްވިފްޓުގެ ލަވަތައް ހިމެނި، ތާރީހުގައި އޭނާގެ ނަން ފަވާލައިފި އެވެ.
މީގެ ކުރިން ޗާޓުގެ ގަދަ ދިހައެއް އެއްކޮށް އެއް އާޓިސްޓަކު ފަތަހަކޮށްފައެއް ނުވެ އެވެ. އެކަމަކު ސެޕްޓެމްބަރު 2021 ގައި ޑްރޭކް ނުވަ ޖާގަ އަދި 1964 ގައި ބީޓްލްސްއިން އަށް ޖާގަ ހޯދި އެވެ.
ޓެއިލާ ސްވިފްޓް އެ ރެކޯޑް ގާއިމް ކުރީ އޭނާގެ އެންމެ ފަހުގެ އަަލްމަަބު "މިޑްނައިޓްސް" ނެރުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެއީ މި އަހަރު އެންމެ ކާމިޔާބު އަލްބަމެވެ.
އުމުރުން 32 އަހަރުގެ ޓެއިލާ ސްވިފްޓުގެ ލަވަތަކުގެ ތެރެއިން ޗާޓުގެ އެއް ވަނައިގައި މި ވަގުތު އޮތީ "އެންޓި ހީރޯ" އެވެ.
ޗާޓުން ދެން ފާހަގަކުރެވެނީ އާ އަލްބަމުގައި ހިމެނޭ "ލެވެންޑާ ހޭޒް"، "މެރޫން"، "ސްނޯ އޮން ދަ ބީޗް"، "ބިޖިވެލްޑް" އަދި "ކާމާ" ފަދަ ލަވަތަކެވެ.

މި ވަގުތު ޗާޓުގެ ގަދަ 15 ގައި އަލްބަމްގެ 13 ލަވަ އެބަ އޮތެވެ. ޗާޓުގެ 11 ވަނައިގައި އޮތީ ސޭމް ސްމިތްގެ "އަންހޯލީ" އަދި 12 ވަނައިގައި އޮތީ ސްޓީވް ލޭސީގެ "ބޭޑް ހެބިޓްސް" އެވެ.
"މިޑްނައިޓްސް" އަލްބަމްގެ "ތްރީއޭއެމް" އެޑިޝަންގެ ގޮތުގައި ނެރުނު ހަތް ބޯނަސް ލަވަ ހިމެނެނީ ޗާޓުގެ 20 ވަނަ އާއި 45 ވަނައާ ދެމެދު އެވެ.










