ދެކުނު ކޮރެއާގައި ފިތިބާރުވެ، މީހުން މަރުވި ހާދިސާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެއްޖެ

ދެކުނު ކޮރެއާގެ ފުލުހުންގެ ވެރިޔާ ޔޫން ހީ ކުން. --ފޮޓޯ: ރޮއިޓާޒް

ދެކުނު ކޮރެއާގެ ފުލުހުންގެ ވެރިޔާ ޔޫން ހީ ކުން. --ފޮޓޯ: ރޮއިޓާޒް

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މަގްބޫލް ނައިޓްލައިފް ސަރަހައްދެއްގައި ހެލޮވީން ފާހަގަކުރަން ގިނަ ބަޔަކު ޖަމާވުމުން ފިތިބާރުވެގެން 156 މީހުން މަރުވި މަައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ފުލުހުންގެ ވެރިޔާ ޔޫން ހީ ކުން ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ޖަމާވި އިތައެވޮން ޑިސްޓްރިކްޓުގައި "ކްރައުޑް ކޮންޓްރޯލް" ކުރުމުގައި ފުލުހުން އެކަށީގެންވާ މަސަައްކަތް ނުކުރާ ކަމަށެވެ. އެ ސަރަހައްދަށް އެ ރޭ 100،000 މީހުން ޖަމާވި އެވެ.

ޔޫން ވިދާޅުވީ ފުރިހަމަ ތަހުގީގެއް ކުރައްވާނެ ކަމަށެވެ. އިންޓީރިއާ މިނިސްޓަރު ލީ ސަންގް މިން ވެސް މައާފަށް އެދިވަޑައިގެންނެވި އެވެ. އެ ހާދިސާގައި 156 މީހުން މަރުވެ، އިތުރު 152 މީހުންނަށް އަަނިޔާވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑް ބަލިމަޑުކަމަށް ފަހު ފުރަތަމަ ފަހަރަށް މާސްކު ނުލައި ހެލޮވީން އިވެންޓެއް ބާއްވަން ފުރުސަތު ލިބުމުން، ގިނަ ބަޔަކު އިތައެވޮން ޑިސްޓްރިކްޓަށް ޖަމާވި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނީ ފިތިބާރުވެގެން ގިނަ ބަޔަކު ހާސްވާން ފެށީ ހިމަ ގޯޅިއެއްގެ ތެރެއަށް މީހުންތައް ވަންނަން ފެށުމުން ކަމަށެވެ.

ޔޫން ވިދާޅުވީ ހާދިސާ ހިނގުމުގެ ކުރިން ފުލުހުންނަށް ރިޕޯޓުތަކެއް ލިބުނު ކަމަށާއި، އެގޮތުން އިތައެވޮން ޑިސްޓްރިކްޓުގައި މީހުން ގިނަކަމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އެކަމަކު އެކަށީގެންވާ ގޮތަށް ފުލުހުން ފިޔަވަޅު ނޭޅި ކަމަށް ވިދާޅުވި އެވެ.

ސޯލްގެ ފުލުހުން ބީބީސީއަށް ބުނީ އެންމެ ފުރަތަމަ ފުލުހުންނަަށް ރިޕޯޓެއް ލިބުނީ އިރުއޮއްސި 06:34 ގައި ކަމަށެވެ. އެއީ ހާދިސާ ހިނގުމުގެ ހަތަރު ގަޑިއިރު ކުރި އެވެ. އޭގެ ފަހުން ވެސް ހާދިސާ ހިނގުމާ ދޭތެރޭ 10 ފަހަރަކު ފުލުހުންނަށް އެ ތަނާ ގުޅޭ ރިޕޯޓުތައް ލިބުނެވެ.

ރައީސް ޔޫން ސުކް ޔޯލް ވަނީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަސްތަކެއް އިއުލާން ކުރައްވައި، ހާދިސާ ހިނގި އިތައެވޮން ސަރަހައްދު ޑިޒާޒްޓާ ޒޯނެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.

މިއީ 2014 ވަނަ އަހަރު ފެރީއެއް އަޑިއަށް ގޮސް 304 މީހުން މަރުވި ފަހުން ދެކުނު ކޮރެއާގައި ހިނގި އެންމެ ބޮޑު ހާދިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox