ފިލިޕީންސަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް

ތޫފާނުގައި މަރުވި މީހުން ވަޅުލާފައިވާ ސަރަހައްދުގައި އާއިލާއަކުން ހިތާމަ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ތޫފާނުގައި މަރުވި މީހުން ވަޅުލާފައިވާ ސަރަހައްދުގައި އާއިލާއަކުން ހިތާމަ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނެއްގައި މަރުވި މީހުންގެ އަދަދު 101 އަށް އަރާފައިވާ އިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ހުކުރު ދުވަހު ތޫފާން ނަލްގޭގެ އަސަރު އެންމެ ބޮޑަށް ކުރި ދެކުނު މިންޑަނާއޯ ރަށުގައި ކުއްލިއަކަށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް ގިނަ އަވަށްތަކުން މީހުން މަރުވި އެވެ.

ފިލިޕީންސަށް ކޮންމެ އަހަރަކު ވެސް ވިއްސަކަަށް ތޫފާން އަރަ އެވެ. އެކަމަކު އެ ތޫފާންތައް އާއްމުކޮށް މިންޑަނާއޯއާ ހަމައަށް ނުފޯރަ އެވެ. އެހެން ނަމަވެސް، ތޫފާނެއް އެ ހިސާބަށް ފޯރައިފި ނަމަ، އާއްމުކޮށް ލިބޭ ގެއްލުން ބޮޑެވެ.

ތޫފާން ނަލްގޭގެ އަސަރު އެންމެ ބޮޑަށް ކުރި އަވަށްތަކުން ގެއްލުނު މީހުން ދިރިހުއްޓައި ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ކުޑަ އެވެ. އެ ތޫފާނުގައި ވެރިރަށް މެނީލާގައި ވެސް ފެންބޮޑުވި އެވެ.

ނޭޝަނަލް ޑިޒާޒްޓާ އެޖެންސީން ބުނީ 66 މީހުން ގެއްލިފައިވާ ކަމަށެވެ. ރައީސް ފާޑިނަންޑް މާކޯސް ވަނީ އަސަރު ކުރި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ތޫފާނުތައް ގިނަވެ، ބާރުގަދަވަމުން ދަނީ މޫސުމީ ބަދަލުގެ ސަބަބުންނެވެ. ފިލިޕީންސަކީ ތޫފާންތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތު ވެސް އިތުރު ތޫފާނެއްގެ މިސްރާބު ހުރީ ފިލިޕީންސްއާ ދިމާލަށެވެ. ބުދަ ދުވަހުން ފެށިގެން އަނެއްކާވެސް ދެކުނާއި މެދުތެރޭ ހިސާބުތަކަށް މޫސުން ގޯސްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox