ތެޔޮ އުފެއްދުމަށް އިތުރަށް އިންވެސްޓް ކުރުން މުހިއްމު ކަމަށް ބުނެފި

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން މަސައްކަތް ކުރަނީ ތެލުގެ ސަޕްލައި އިތުރު ކުރަން.

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން މަސައްކަތް ކުރަނީ ތެލުގެ ސަޕްލައި އިތުރު ކުރަން.

އަބޫ ދާބީ، ޔޫއޭއީ (އޮކްޓޯބަރު 31) - މޫސުމީ ބަދަލާ ގުޅޭ ކޮޕް27 ސަމިޓު ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ތެލުގެ އުފެއްދުންތެރިކަން އިތުރު ކުރަން އިންވެސްޓް ކުރުން މުހިއްމު ކަމަށް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން ބުނެފި އެވެ.

ޔޫއޭއީގެ ތެޔޮ އުފައްދާ ކުންފުނި އެޑްނޮކްގެ ވެރިޔާ ސުލްތާން އަލް ޖާބިރު ވިދާޅުވީ ތެލަށް އިންވެސްޓް ކުރުން މަޑުޖެހިއްޖެ ނަމަ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އަންނާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ މިނިސްޓރު އަމީރު އަބްދުލް އަޒީޒް ބިން ސަލްމާން ވިދާޅުވީ ގަލްފު ގައުމުތަކުން ތެޔޮ އުފެއްދުމުގެ ކެޕޭސިޓީ މަތިކުރަމުންދާ ކަމަށެވެ.

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން އެގޮތަަށް ބުނީ އަބޫ ދާބީގައި ކުރިއަަށް ދިޔަ އެޑިޕެކް ތެލުގެ ކޮންފެރެންސްގެ ތެރެއިންނެވެ. މޫސުމާ ބެހޭ ކޮޕް27 ސަމިޓު ފަށާނީ ނޮވެމްބަރު ހަ ވަނަ ދުވަހު މިސްރުގަ އެވެ.

އެޑިޕެކް ނުވަތަ އަބޫ ދާބީ އިންޓަނޭޝަނަލް ޕެޓްރޯލިއަމް އެގްޒިބިޝަން ކޮންފެރެންސްގައި 195 ގައުމުން ބައިވެރިވެ އެވެ.

"އަޅުގަނޑުމެންނާއި ޔޫއޭއީއިން މި ދަނީ ތެޔޮ އުފެއްދުމުގެ ކެޕޭސިޓީ މަތިކުރަމުން. އަޅުގަނޑުމެންނާއި ޔޫއޭއީ ވާނީ ތެޔޮ އުފެއްދުމުގައި ނަމޫނާ ދެ ގައުމަށް. އެކަން ހާސިލް ކުރާނީ މޫސުމީ ބަދަލާ ގުޅޭ ގޮތުން ކަނޑައެޅި ލަނޑުދަނޑިތައް ވެސް ހާސިލްކުރަމުން،" އަމީރު އަބްދުލް އަޒީޒް ވިދާޅުވި އެވެ.

ޔޫއޭއީގެ މޫސުމީ ބަދަަލާ ގުޅޭ މަންދޫބުކަން ވެސް ކުރައްވާ ތެޔޮ ކުންފުނީގެ ވެރިޔާ އަލް ޖާބިރު ވިދާޅުވީ 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އާބާދީއަށް އިތުރު 30 ޕަސެންޓު ހަކަތަ ބޭނުން ވާނެ ކަމަށެވެ.

"ލިބެން އޮތް ހުރިހާ ހައްލެއް އެބަ ބޭނުންވޭ. އެއީ ހަމައެކަނި ތެލާއި ގޭހާއި އަވިން ހަކަތަ އުފެއްދުމާއި، ވަޔާއި، ނިޔުކްލިއާ އާއި ހައިޑްރޮޖެންއެއް ނޫން. އެއީ ހުރިހާ ބާވަތެއް ހިމެނޭ ހައްލެއް،" އޭނާ ވިދާޅުވި އެވެ.

އަމީރު އަބްދުލް އަޒީޒް އާއި އަލް ޖާބިރު ވެސް ވިދާޅުވީ ތެޔޮ ދެމިއޮންނާނީ ހަކަތައިގެ މައި ތަނބުގެ ގޮތުގައި ކަމަށް ވިޔަސް، ޖައްވަށް ވިހަ ގޭސް ބޭރު ކުރުން މަދު ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox