ދެކުނު ކޮރެއާގައި ފިތިބާރުވެގެން 154 މީހުން މަރުވި މައްސަލައިގެ ތަހުގީގު ފަށައިފި

ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުންނާއި ސިއްހީ އޮފިޝަލުން ހަރަކާތްތެރި ވަނީ.

ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުންނާއި ސިއްހީ އޮފިޝަލުން ހަރަކާތްތެރި ވަނީ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މަގްބޫލް ނައިޓްލައިފް ސަރަހައްދެއްގައި ހެލޮވީން ފާހަގަކުރަން ގިނަ ބަޔަކު ޖަމާވުމުން ފިތިބާރުވެގެން 154 މީހުން މަރުވި މަައްސަލައިގެ ތަހުގީގު ފަށައިފި އެވެ.

ފާއިތުވި ހަފުތާ ބަންދުގައި ހިނގި އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް ބޮޑު ވަޒީރު ހަން ދަކް ސޫ ވައުދުވެވަޑައިގެންނެވި އެވެ.

އޮފިޝަލުން ބުނީ މަރުވި މީހުންގެ އަދަދު 154 އަށް އަރާފައިވާ އިރު، އަނިޔާވި މީހުންގެ އަދަދު އުޅެނީ 149 ގައި ކަމަށެވެ. އޭގެ ތެރެއިން 33 މީހުންގެ ހާލު ސީރިއަސް އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑް ބަލިމަޑުކަމަށް ފަހު ފުރަތަމަ ފަހަރަށް މާސްކު ނުލައި ހެލޮވީން އިވެންޓެއް ބާއްވަން ފުރުސަތު ލިބުމުން، 100،000 އަށް ވުރެ ގިނަ މީހުން އިތައެވޮން ޑިސްޓްރިކްޓަށް ޖަމާވި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނީ ފިތިބާރުވެގެން ގިނަ ބަޔަކު ހާސްވާން ފެށީ ހިމަ ގޯޅިއެއްގެ ތެރެއަށް މީހުންތައް ވަންނަން ފެށުމުން ކަމަށެވެ.

ދެކުނު ކޮރެއާގެ ސްކޫލްތަކާއި، ކުންފުނިތަކުން ހެލޮވީން ފާހަގަކުރަން ރޭވި އިވެންޓުތައް ކެންސަލްކޮށްފައިވާ އިރު، ކޭޕޮޕް ކޮންސެޓުތަކާއި ސަރުކާރުގެ ބައްދަލުވުންތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ރައީސް ޔޫން ސުކް ޔޯލް ވަނީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަސްތަކެއް އިއުލާން ކުރައްވައި، ހާދިސާ ހިނގި އިތައެވޮން ސަރަހައްދު ޑިޒާޒްޓާ ޒޯނެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.

މިއީ 2014 ވަނަ އަހަރު ފެރީއެއް އަޑިއަށް ގޮސް 304 މީހުން މަރުވި ފަހުން ދެކުނު ކޮރެއާގައި ހިނގި އެންމެ ބޮޑު ހާދިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox