އިންޑިއާގައި ބްރިޖު ވެއްޓި މަރުވި މީހުންގެ އަދަދު 141 އަށް އަރައިފި

ރެސްކިއު ޓީމުން ކޯރުގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ

ރެސްކިއު ޓީމުން ކޯރުގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ

އިންޑިއާގެ ގުޖަރާތު ސްޓޭޓުގައި ބްރިޖެއް ވެއްޓި މަރުވި މީހުންގެ އަދަދު 141 އަށް އަރާފައިވާ އިރު، މީހުން ސަލާމަތް ކުރުމަށް ހާއްސަ އޮޕަރޭޝަން އަދިވެސް އެބަ ކުރިއަށްދެ އެވެ.

އެ ހާދިސާ ހިނގީ ގުޖަރާތުގެ މައި ސިޓީ، އަހްމަދުއާބާދާ 200 ކިލޯމީޓަރު ހުޅަނގުން މޮރްބީ އަވަށުގައި އާދީއްތަ ދުވަހު އެވެ. ވެއްޓުނީ 100 އަހަރުވީ ސަސްޕެންޝަން ބްރިޖެކެވެ.

އިދާރާތަކުން ބުނީ ސަސްޕެންޝަން ބްރިޖް ހަރުކޮށްފައި ހުރި ކޭބަލްތައް ބުރިވެ މައްޗު ކޯރުގެ ތެރެއަށް ވެއްޓުނު އިރު، ބްރިޖު މަތީގައި 500 އެއްހާ މީހުން ތިބި ކަމަށެވެ.

Advertisement

މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ޑިޒާޒްޓާ މެނޭޖްމަންޓުގެ ގިނަ އޮފިޝަަލުން ބައިވެރިވާ އިރު، ސިފައިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޯރުގެ ތެރެއަށް ވެއްޓުނު ބްރިޖުގެ ބައިތައް ނެގުމަށް ކެރޭނު ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ އިރު، ކޯރުގެ ތެރެއިން އެއްވެސް މީހަކު ފެނޭތޯ ބޯޓުތަކުގައި ވޮލަންޓިއަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާތަނަށް 141 މީހުންގެ ހަށިގަނޑު ފެނިފައިވެ އެވެ. އޭގެ ތެރެއިން 133 މީހުންގެ ހަށިގަނޑު ވަނީ އާއިލާތަކާ ހަވާލުކޮށްފަ އެވެ. ހޯމަ ދުވަހު އެ މީހުންގެ ޖަނާޒާ އޮންނާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސިން އިންޑިއާގައި އުޅުނު ޒަމާނުގެ އެ ބްރިޖް މަރާމާތު ކުރުމަށް ހަތް މަސް ހޭދަ ކުރުމަށް ފަހު، އަލުން އާއްމުންނަށް ހުޅުވާލީ މިދިޔަ ބުދަ ދުވަހު އެވެ.

ހާދިސާ ހިނގި އިރު ގުޖަރާތުގައި ހުންނެވި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ފައިސާގެ ބަދަލު ދޭނެ ކަމަށެވެ.

ގިނަ ޒަމާންވީ އަދި ރަނގަޅަށް ނުބަލަހައްޓާ ބްރިޖު ފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ ހިމެނޭ ނުރައްކާތެރި ހާދިސާތައް ހިނގުން އިންޑިއާގައި ވަރަށް އާއްމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox