އިންޑިއާގައި ބްރިޖެއް ވެއްޓި 30 މީހުން މަރުވެއްޖެ

ބްރިޖު ވެއްޓުނީ ގުޖަރާތު ސްޓޭޓުގައި. -- ފޮޓޯ: ރޮއިޓާޒް

ބްރިޖު ވެއްޓުނީ ގުޖަރާތު ސްޓޭޓުގައި. -- ފޮޓޯ: ރޮއިޓާޒް

އަހްމަދުއާބާދު، އިންޑިއާ (އޮކްޓޯބަރު 30) - އިންޑިއާގައި 100 އަހަރުވީ ސަސްޕެންޝަން ބްރިޖެއް ވެއްޓި 30 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު 50 ނުވަތަ 60 އަށް އިތުރުވުން އެކަށީގެންވެ އެވެ. އޭގެ އިތުރުން 100 މީހުންނަށް އަނިޔާވި އެވެ.

"މިހާތަނަށް 30 ހަށިގަނޑު ފެނިއްޖެ. ރެސްކިއު އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް،" ގުޖަރާތު ސްޓޭޓް ސަރުކާރުގެ މިނިސްޓަރު ބްރިޖޭޝް މެރްޖާ ވިދާޅުވި އެވެ.

އިދާރާތަކުން ބުނީ ސަސްޕެންޝަން ބްރިޖް ހަރުކޮށްފައި ހުރި ކޭބަލްތައް ބުރިވެ ކޯރުގެ ތެރެއަށް ވެއްޓުނު އިރު، ބްރިޖު މަތީގައި 500 އެއްހާ މީހުން ތިބި ކަމަށެވެ.

އެ ހާދިސާ ހިނގީ ގުޖަރާތުގެ މައި ސިޓީ، އަހްމަދުއާބާދާ 200 ކިލޯމީޓަރު ހުޅަނގުން މޮރްބީ އަވަށުގަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ މައްޗު ކޯރުގެ ތެރެއަށް ބްރިޖް ވެއްޓުނު އިރު، މީހުން ޖަމާވެފައި އޮތީ ދީނީ ފެސްޓިވަަލެއްގެ ތެރެއިން އަޅުކަންތަކެއް ކުރުމަށް ކަމަށެވެ.

މޮރްބީގެ ސިއްހީ އޮފިޝަލުންނާ ހަވާލަދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނޫހުން ބުނީ މަރުވި މީހުންގެ އަދަދު މަދުވެގެން 32 އަަށް އަރާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޯރު ތެރެއަށް ގެއްލުނު ކަމަށް ބެލެވޭ ސަތޭކައެއްހާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިނގިރޭސިން އިންޑިއާގައި އުޅުނު ޒަމާނުގެ އެ ބްރިޖް މަރާމާތު ކުރުމަށް ހަތް މަސް ހޭދަ ކުރުމަށް ފަހު، އަލުން އާއްމުންނަށް ހުޅުވާލީ މިދިޔަ ބުދަ ދުވަހު އެވެ.

ހާދިސާ ހިނގި އިރު ގުޖަރާތުގައި ހުންނެވި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ފައިސާގެ ބަދަލު ދޭނެ ކަމަށެވެ.

ގިނަ ޒަމާންވީ އަދި ރަނގަޅަށް ނުބަލަހައްޓާ ބްރިޖު ފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ ހިމެނޭ ނުރައްކާތެރި ހާދިސާތައް ހިނގުން އިންޑިއާގައި ވަރަށް އާއްމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox