18/30 ފުޓްސަލް ފިއެސްޓާ: ފައިނަލުގައި ސިފައިންނާއި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލްގެ ކުރިމަތިލުމެއް

Oct 29, 2022, 9:13 PM
ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ވެމްކޯ ކުޅުނު މެޗުގެ ތެރެއިން ސިފައިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ވެމްކޯ ކުޅުނު މެޗުގެ ތެރެއިން ސިފައިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، އެންމެ ފަހުން ތިން ފަަހަރު ޗެމްޕިއަންކަން ހޯދި، އެމްޕީއެލް އިން ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުން މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ވެމްކޯ އަތުން ސިފައިން މޮޅުވީ 6-2 އިންނެވެ. މިއީ މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ވެމްކޯ އަތުން ބަލިވެގެން ކެޓި ސިފައިންނަށް ރަނގަޅު ބަދަލުހިފުމެކެވެ.

އަނެއްކޮޅުން، މި ފަހަރުގެ ލީގު ބުރުގައި އެމްޕީއެލް ވަނީ ފެނަކަ އަތުން ބަލިވެފަ އެވެ. އެކަމަކު، މިރޭ އެމްޕީއެލް އިން ފެނަކަ ބަލިކުރީ ފޯރިގަދަ މެޗަކަށް ފަހު 3-2 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވެމްކޯ އިން ވަނީ ހަ ވަނަ މިނިޓްގައި އައިމިނަތު އަރީޝާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މިއީ އޭރިއާތެރެއިން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އަރީޝާ ޖެހި ގޯލެކެވެ.

ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމާލަން ވެމްކޯ އިން ކުރި މަސައްކަތް ނާކާމިޔާބުވީ ސިފައިންގެ ބަންގްލަދޭޝް ކުޅުންތެރިޔާ، މަތުސުޝިމާ ސުމައްޔާ ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން ސުމައްޔާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އެ ބޯޅަ ގޯލަށް ވަނީ ވެމްކޯގެ ކީޕަރު އައިޝަތު މާޖިދާ އަތުގައި ޖެހިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ސިފައިންގެ ޓީމުގެ ތީބާ ގޯލު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ސިފައިންގެ ޓީމަށް ލީޑުނަގައިދިނީ ފާތިމަތު ތީބާ އެވެ. މިއީ އޭރިއާބޭރުން ތީބާ ގޯލު ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ނަތީޖާ ހަަމަހަަމަކުރަން ވެމްކޯގެ ތަނަފޯން ޗަންޖައޭން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ ފަހު 10 މިނިޓްގެ ކުޅުން ފެށިތާ ހަތަރު ވަރަކަށް މިނިޓް ތެރޭ ސިފައިން އިތުރު ތިން ގޯލު ޖެހުމެވެ. ތީބާ އާއި ސިފައިންގެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ ފޯވާޑް، ސަބީނާ ހަތުންގެ ރަނގަޅު ކޮމްބިނޭޝަނެއް ފެނުނުއިރު، ސަބީނާ ދެ ގޯލު ޖެހި އެވެ. އަނެއް ލަނޑު ޖެހީ ތީބާ އެވެ.

މެޗުގެ ފަހު ކޮޅުގައި ވެމްކޯގެ ތަނަފޯން ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ވެސް ސިފައިންނަށް އިތުރު ގޯލެއް ޖަހަން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.

ސެމީގެ ދެ ވަނަ މެޗުގައި، އެމްޕީއެލް އިން ވަނީ ފުރަތަމަ ހާފުގައި ތައިލެންޑްގެ ކުޅުންތެރިޔާ ނަތަމޯން އަތުކްލާގެ ދެ ގޯލުން ރަނގަޅު ލީޑެއްނަގައިފަ އެވެ. އޭނާ ވަނީ ރަނގަޅު ތަނަށް ބޯޅަ ފޮނުވާލައި، އެމްޕީއެލަށް މެޗުގައި ހަމަޖެހިލައިގެން ކުޅެލަން ފުރުސަތު ހޯދައިދީފަ އެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމްޕީއެލްގެ ނަތަމޯން އެވެ. އޭނާ ވަނީ މިހާތަނަށް ޖުމްލަ 18 ގޯލު ޖަހައިފަ އެވެ.

ފެނަކަ ޓީމުގެ ސަމާ (ކ) އަތުން ބޯޅަ ހޯދަން އެމްޕީއެލްގެ ކެޕްޓަން ސާލިޔާ މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުރަތަމަ ހާފު ދެ ގޯލުގެ ލީޑެއްގައި އޮވެ، ނިންމާލުމަށް ފަހު ދެ ވަނަ ހާފް ފަށައިގެން ލިބުނު ފުރަތަމަ ފުރުސަތުގައި އެމްޕީއެލް އިން ތިން ވަނަ ގޯލު ޖެހި އެވެ. މި ލަނޑު ޖެހި ފަރާ އަހުމަދު އެވެ. މިއީ ފެނަކަ ކުޅުންތެރިންނަށް ފަހަތުން ހުސްވި ޖާގަތަކަށް ނުވިސްނައި ހުރި ވަގުުތުގައި ފަރާ ޖެހި ގޯލެކެވެ.

އެމްޕީއެލް ފަހަތުން ފަސޭހަ ކޮށްލެވުނު ދަނޑިވަޅުތަކެއްގެ ފައިދާނަގައި ފެނަކައިގެ ތައިލެންޑް ކުޅުންތެރިޔާ، ރާނީ މުލްޔަސާރީ ދެ ގޯލު ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ.

އެކަމަކު، އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރަން ފެނަކައިން ކުރި މަސައްކަތް ކާމިޔާބުނުވީ އެމްޕީއެލްގެ ކީޕަރު ސަސިޕްރަޕާ ސުކްސެންގެ ހުށިޔާރުކަމުންނެވެ.

ސިފައިންގެ ކްލަބާއި އެމްޕީއެލް ކުޅޭ 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox