މެސީ ހޯދުމުގެ ރޭހަށް ޗެލްސީ އާއި ސިޓީން ވަންނަނީ

Oct 29, 2022, 3:46 AM
މެސީ ހޯދުމުގެ ރޭހަށް ޗެލްސީ އާއި ސިޓީން ވަންނަނީ

ލަންޑަން (އޮކްޓޫބަރު 29) - ޕީއެސްޖީގެ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ހޯދުމުގެ ރޭހަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން ވަންނަން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި މެސީ، 35، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ އަންނަ ސީޒަނަށް ހިލޭ ޓްރާންސްފާއެއްގައި މެސީގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަން ހުއްޓުވަން ޕީއެސްޖީން ވެސް ވަނީ މެސީ އަށް އާ ކޮންޓްރެކްޓެއް ދޭން މަޝްވަރާތައް ފަށައިފަ އެވެ.

Advertisement

މީގެ ކުރިން ވެސް އެކި ފަހަރު މަތިން މެންޗެސްޓާ ސިޓީ އާއި ޗެލްސީން ވަނީ މެސީގެ ސޮއި ހޯދަން މަސައްކަތް ކޮށްފަ އެެވެ. އެކަމަކު، އެ ފަހަރުތަކުގައި އޭރު މެސީ ކުޅެމުން އައި ބާސެލޯނާ އިން އެ ޑީލް ކުރިއަށް ގެންދަން ބޭނުމެއް ނުވި އެވެ.

މެސީ، މިދިޔަ އަހަރު ބާސެލޯނާ ދޫކޮށްލަން ޖެހުނީ އެ ކްލަބް މާލީ އަޑިގަނޑެއްގެ ތެރޭގައި އޮތުމުން ކޮންޓްރެކްޓް އާ ކުރެވެން ނެތިގެންނެވެ. މެސީ އަލުން ބާސެލޯނާ އަށް ދާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އޭނާ ވަނީ އަދި މުސްތަގުބަލާ މެދު ގޮތެއް ނުނިންމާ ކަމަށް ބުނެފަ އެވެ.

އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މެސީ ބޭނުންނަމަ ރަސްމީ ގޮތެއްގައި އާ ކްލަބަކާ އެކު ޓްރާންސްފާގެ ވާހަކަތައް ފެށޭނެ އެވެ. އަދި ބޭނުންނަމަ ޖުލައި އެއް ވަނަ ދުވަހު އެ ޓީމަކަށް ބަދަލުވެވޭ ގޮތަށް ޕްރީ އެގްރީމެންޓެއްގައި ވެސް ސޮއިކުރެވޭނެ އެވެ.

ހިލޭ ޓްރާންސްފާއެއްގައި މެސީގެ ސޮއި ހޯދަން މި ވަގުތު އޮތްގޮތުން ފުރުސަތު އޮތްއިރު، ސިޓީ އާއި ޗެލްސީގެ ވިސްނުމަކީ އެ ޑީލް ކުރިއަށްގެންދެވޭތޯ މަޝްވަރާތައް ފެށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީގެ ކޯޗަކަށް ހުރީ މެސީ އަށް ކުރިން ބާސެލޯނާގައި އިރުޝާދުދިން ކޯޗު ޕެޕް ގާޑިއޯލާ އެވެ. ސިޓީ އަށް މެސީ ގެންގޮސްފާނެތޯ ކުރާ ސުވާލުތަކަށް މިހާތަނަށް ގާޑިއޯލާ ދެމުން އައި ޖަވާބަކީ، މެސީ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ހުރެ ކަމަށެވެ.

އެކަމަކު، ގާޑިއޯލާ އެ ވާހަކަތައް ދެއްކި ފަހުން މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ސިޓީ އަށް މެސީ ގެންނަން މިހާރު ލިބޭ ފުރުސަތެއްގެ ބޭނުން ކުރަން ގާޑިއޯލާ ވެސް އެދޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްރާންސް ފުޓްބޯލް އިން އެންމެ ފަހުން ނެގި ބެލޮންޑިއޯ ގަދަ 30 ކުޅުންތެރިންގެ ލިސްޓުން ވެސް މެސީ އަށް ޖާގައެއް ނެތެވެ. އެކަމަކު، މި ސީޒަނުގައި ޕީއެސްޖީ އަށް މެސީ ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ މެސީ އަށް ތައުރީފު ކުރަމުންނެވެ. މި ސީޒަނުގައި ޖުމްލަ އެކު، 16 މެޗުން މެސީ ވަނީ 11 ގޯލު ޖަހައި، 12 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox