ޔޫރޮޕާ ލީގު: އާސެނަލްގެ ރެކޯޑް ނިމުމަކަށް، ރޮނާލްޑޯގެ ގޯލާ އެކު ޔުނައިޓެޑަށް މޮޅެއް

Oct 28, 2022, 4:56 AM
ރޭގެ މެޗުގެ ތެރެއިން ރޮނާލްޑޯ (ވ) އާއި އެންޓޮނީ.--

ރޭގެ މެޗުގެ ތެރެއިން ރޮނާލްޑޯ (ވ) އާއި އެންޓޮނީ.--

މެންޗެސްޓާ (އޮކްޓޫބަރު 28) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޕީއެސްވީ އައިންދޯވަން އަތުން 2-0 އިން ބަލިވެ، އާސެނަލުން މި ފަަހަރުގެ މުބާރާތުގައި ބަލިނުވެ, ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އަތުން މޮޅުވެއްޖެ އެވެ.

ގްރޫޕް އޭގައި މި ފަހަރު ވާދަކުރާ އާސެނަލުން ފުރަތަމަ ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ރޭ ޕީއެސްވީ ދަނޑުގައި އާސެނަލްގެ ފަރާތުން ފެނުނީ އެންމެ އެދެވޭ ކުޅުމެއް ނޫނެވެ. އެއްވަރުކޮށްލައިގެން ވެސް އާސެނަލަށް ގަދަ 16 ޓީމުގެ ބުރު ޔަގީންކުރެވެން އޮތެވެ. އެކަމަކު، ބަލިވުމުން އެ އިންތިޒާރު ދިގުވީ އެވެ.

ޕީއެސްވީން ރޭގެ މެޗުގައި ދެ ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން މެޗުން 55 ވަަނަ މިނިޓްގައި ޕީއެސްވީ އަށް ލީޑުނަގައިިދިނީ އޭރިއާތެރެއިން ޖޯއީ ވީއަމަން ޖެހި ގޯލުންނެވެ. އޭގެ އަށް މިނިޓް ފަހުން، އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ހެދި ގޯހެއްގެ ފައިދާނަގައި، ލޫކް ޑި ޔޯން ވަނީ ޕީއެސްވީގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ.

ރޭގެ ނަތީޖާ އަށް ފަހު ވެސް އާސެނަލް ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ރޫޑް ވެން ނިސްޓެލްރޫއީގެ ކޯޗުކަމުގައި ކުޅޭ ޕީއެސްވީ ދެ ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ނޯވޭގެ ބޯޑޯ/ގިލްމް ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓް ލިބިފައިވާ ޒިއުރިކް އެވެ.

ޕީއެސްވީގެ ގޫސް ޓިލް އަތުން ބޯޅަ ހޯދަން އާސެނަލްގެ ބުކާޔޯ ސަކާ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޝެރިފް ކޮޅަށް ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހީ ޑިއޯގޯ ޑަލޯ ބޮލުންނެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑުން އިތުރު ދެ ގޯލު ޖެހި އެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ މާކަސް ރެޝްފޯޑް އެވެ. މިއީ މެޗުގެ 65 ވަނަ މިނިޓްގައި ލޫކް ޝޯ ނެގި ހުރަހަކުން ރެޝްފޯޑް ބޮލުން ޖެހި ގޯލެކެވެ.

ޔުނައިޓެޑްގެ ފަހު ގޯލު ޖެހީ އެނބުރި ޓީމަށް އައީ ރޮނާލްޑޯ އެވެ. މީގެ ހަފްތާއެއް ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޔުނައިޓެޑް މޮޅުވި މެޗު ނުނިމެނިސް ދަނޑުން ދިޔަ ރޮނާލްޑޯ އަށް އެ ޓީމުން ފިޔަވަޅު އަޅައި، އޭނާ ފުރަތަމަ ޓީމުގެ ޓްރެއިނިން އިން ބާކީކުރި އެވެ. އެކަމަކު، ރޭގެ މެޗުގެ ކުރިން އަލުން ޓީމާ ގުޅި މުޅި މެޗުގައި އެއްކޮށް ކުޅުނެވެ. ރޮނާލްޑޯ، ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލު އޮފްސަައިޑް އެވެ. އެކަމަކު، މެޗުގެ 81 ވަނަ މިނިޓްގައި ލިބުނު ފުރުސަތުން ރޮނާލްޑޯ ވަނީ ކެރިއަރުގެ 701 ވަނަ ގޯލު ޖަހައިފަ އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓް ހޯދާފައިވާ ރެއާލް ސޮސިއެޑާޑް އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ އެއް ވަނަ އަށް ގަދަ 16 ބުރުގެ ސީދާ ޖާގައެއް ލިބޭއިރު، ޔުނައިޓެޑުން އެ ޖާގަ ހޯދާނަމަ އަންނަ ހަފްތާގައި ސޮސިއެޑާޑް ދަނޑުގައި މޮޅުވާން ޖެހޭނެ އެވެ. އެހެން ނޫނީ ޖެހޭނީ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ކުޅޭށެވެ. ތިން ވަނައިގައި އޮތް ޝެރިފަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އޮމޯނިއާ ނިކޮސިއާ އަށް ފަސް މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

ގަދަ 16 ބުރުގެ ސީދާ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ސީން ރެއާލް ބެޓިސް، ގްރޫޕް ޑީން ޔޫނިއަން ސެއިންޓް-ގިލޮއިސް، ގްރޫޕް ޖީން ފްރެއިބާގް އަދި ގްރޫޕް އެޗް އިން ހަންގޭރީގެ ފެރެންޝްވަރޯސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox