ވެމްކޯ އިން ޗެމްޕިއަން އާރްއާރްސީ ކަޓުވާލައިފި، ފެނަކަ ސެމީ އަށް

Oct 27, 2022, 8:12 PM
ވެމްކޯ ޓީމުގެ ހޮދަދާދީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެމްކޯ ޓީމުގެ ހޮދަދާދީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ މެޗުގައި މިރޭ ކްލަބް ވެމްކޯ އިން 5-3 އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކަޓުވާލިއިރު، ދިވެހި ސިފައިންގެ ކްލަބް އަތުން 4-0 އިން މޮޅުވެ، ޓީމު ފެނަކަ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިރޭގެ ނަތީޖާތަކާ އެކު، މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި 2019 ވަނަ އަހަރުގެ ރަނަރަޕް ވެމްކޯ ކުޅޭނީ މިދިޔަ އަހަރު ސެމީގައި އާރްއާރްސީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ފެނަކައާ އެވެ. ފެނަކަ އާއި ވެމްކޯ ސެމީ ފައިނަލަށް ދަތުރުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ފުރަތަމަ ލީޑުނެގީ 10 ވަނަ މިނިޓްގައި އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލުން އާރްއާރްސީންނެވެ. މިއީ ހާފުގެ މެދެއްހާ ހިސާބުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ހާއްޕެ ޖެހި މޮޅު ގޯލެކެވެ. ލަނޑު ޖެހުމަށް ފަހު ހާއްޕެ އުފާފާޅުނުކުރީ މިދިޔަ އަހަރު އޭނާ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފައިވަނީ ވެމްކޯ އަށް ކަމަށްވާތީ އެވެ.

އާރްއާރްސީ އަށް މިނިޓެއް ވަންދެން ވެސް ލީޑުހިފަހައްޓައި ނުލެވުނެވެ. އަލުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެމްކޯގެ އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ އޭރިއާބޭރުން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައި، ވެމްކޯ އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އައިހަމް އަހުމަދު (އައިހު) ހުސްކޮށްލާފައި ދިން ބޯޅައަކުން، ވައްޖެ ވަނީ ދެ ވަނަ ގޯލެއް ޖަހައި ވެމްކޯ އަށް ލީޑުނަގައިދީފަ އެވެ. އޭގެ މިނިޓެއް ފަހުން، އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނެގި ހުރަހަކުން ހާއްޕެ ވަނީ ގޯލު ޖަހައި، އާރްއާރްސީ އަށް އެއްވަރުކޮށްދީފަ އެވެ.

ވެމްކޯ ޓީމުގެ ހޮދަދާދީ (ކ) އާރްއާރްސީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އާރްއާރްސީ އަށް ލީޑުނަަގައިދޭން ހާއްޕެ ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ވެމްކޯގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި އެއް ބޯޅަ ހުރަސްދަނޑިއަށް އަމާޒުވިއިރު، އަނެއް ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވެމްކޯ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 30 ވަަނަ މިނިޓްގައި އެ ޓީމުގެ އީރާން ކުޅުންތެރިޔާ، އަލީ ހޮދަދާދީ ޖެހި ގޯލުންނެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެެވެ. އޭގެ ހަތަރު މިނިޓް ފަހުން ވެމްކޯގެ ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހޮދަދާދީ އެވެ. އޭނާ ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ އާރްއާރްސީގެ ކީޕަރު މުހައްމަދު ޒުހަލް ދެފައިދެގޯޅިންނެވެ.

އާރްއާރްސީގެ ފަހަތުން ހުސްވި ޖާގައެއްގެ ފައިދާނަަގައި ވެމްކޯގެ ކެޕްޓަން އަލީ ޝިޔާހު ވަނީ އެ ޓީމުގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ ފަހު ކޮޅުގައި އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) ގޯލެއް ޖަހައި، އާރްއާރްސީ އަށް އުންމީދެއް ހޯދައިދިން ނަމަވެސް ނަތީޖާ ހަމަަހަމަ ކުރެވޭހާ ވަގުތު ނެތި އެ ޓީމު ކެޓީ އެވެ.

ވެމްކޯގެ ކޯޗު އަހުމަދު ތޯހާ ބުނީ މިއީ ވެމްކޯ އިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް މި ގޮތަށް މި ނަތީޖާ ނެރެން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

ކުއާޓާގެ ދެ ވަނަ މެޗުގައި މިރޭ ފެނަކަ އިން ލީޑުނެގުމުގެ ކުރިން އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ސިފައިންގެ ކީޕަރު އިބްރާހިމް ނާޖިހު ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 15 ވަނަ މިނިޓްގައި ހުސެއިން ޝަރީފް (އޮންލީ) ވަނީ ފެނަކަ އަށް ލީޑުނަގައިދީފަ އެވެ. އޮންލީ މި ގޯލު ޖެހީ އެ ޓީމުގެ މުހައްމަދު އައްޒާމް ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.

ދެ ވަަނަ ހާފް ފަށައިގެން ސިފައިން ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ގިނަ ބޯޅަތަކެއް ފެނަކަ ޓީމުގެ ކީޕަރު ޒައިދާން އަހުމަދު ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި މުހައްމަދު އަލާއު އާއި ހަސަން ފަވާޒް ޖެހި ބޯޅަތައް ހިމެނެ އެވެ.

ސިފައިންގެ ތިން ކުޅުންތެރިން ކައިރިން ފެނަކަ ޓީމުގެ އައްޒާމް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލީޑުފުޅާކުރަން ފެނަކަ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. މިއީ އަޔާޒް އަހުމަދު (އަޔާ) މުޅިން ހުސްކޮށްލާފައި އައްޒާމަށް ދިނުމުން އޭނާ ޖެހި ގޯލެކެވެ. އޭގެ ފަހުން، ސިފައިންގެ ޓީމުގެ ފަސް ފައުލު ހަމަވުމުން ލިބުނު ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށް އަޔާ ވަނީ ފެނަކަ އަށް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ފެނަކަގެ ފަހު ގޯލު އޮންލީ ޖެހީ ސިފައިންގެ ފަވާޒް ފަހަތަށް ދިން ބޯޅައެއް ހޯދައިގެންނެވެ. މިއީ މި މުބާރާތުގައި އޮންލީ ޖެހި 10 ވަނަ ގޯލެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ އޮންލީ އެވެ.

ސިފައިންގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނީ މިއީ ވަރަށް ވާދަވެރިކޮށް ދިޔަ މެޗެއް ކަމަށާއި ފަރަގު ބޮޑުވީ މެޗުގެ ފަހުކޮޅުގައި ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިގެން ކުޅެން ޖެހުނު ވަގުުތުތަކުގައި ގޯސްތަކެއް ހެދިގެން ކަމަށެވެ. ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނީ ހަގީގަތުގައި މެޗުގެ ބޮޑުބައި އެއް ގޯލުގެ ފަރަގުގައި އޮތް ނަމަވެސް މިއީ ފެނަކަ އަށް މާ އުނދަގޫކޮށް ދިޔަ މެޗެއް ނޫން ކަމަށާއި މިއީ އެ ޓީމުން ރޭވި ގޮތަށް ހޯދުނު މޮޅެއް ކަމަށެވެ.

ކުއާޓާ ފައިނަލްގެ އަނެއް ދެ މެޗުގައި މާދަމާރޭ އެސްޓީއޯ ރެކްރިއޭޝަން ކްލަބް ކުޅޭނީ އެމްޕީއެލްއާ އެވެ. އަދި ދެ ވަނަ މެޗުގައި ކްލަބް އެޗްޑީސީން ވާދަކުރާނީ ސްޓެލްކޯ ކްލަބްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox