އެޑިޑާސް ކުންފުނިން ކާންޔޭ ވެސްޓްއާ ގުޅުން ކަނޑާލައިފި

އެޑިޑާސް ކުންފުނިން ބުނީ ކާންޔޭގެ އުފެއްދުންތައް ވިއްކުން ހުއްޓާލާނެ ކަމަށް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެޑިޑާސް ކުންފުނިން ބުނީ ކާންޔޭގެ އުފެއްދުންތައް ވިއްކުން ހުއްޓާލާނެ ކަމަށް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔަހޫދީންނާ ދެކޮޅަށް ވާހަކަ ފެތުރުމާއި ނަފުރަތު އުފެދޭ ފަދަ އެއްވެސް ވާހަކައަކަށް ތާއީދު ނުކުރާ ކަމަށް ބުނެ އެޑިޑާސް ކުންފުނިން ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްއާ ގުޅުން ކަނޑާލައިފި އެވެ.

ކާންޔޭ ވެސްޓުގެ ޔީޒީ ބްރޭންޑާއި އެޑިޑާސްގެ ކޮލެބޮރޭޝަން މެދުކަނޑާލީ ޕެރިސް ފެޝަން ވީކްގައި "ވައިޓް ލައިވްސް މެޓާ" ޓީޝާޓެއްގެ ޑިޒައިން ކާންޔޭ ވެސްޓު އާއްމު ކުރުމުންނެވެ.

އޭގެ ދުވަސްތަކެއް ފަހުން ޔަހޫދީންނަށް ފާޑުކިޔައި އޭނާ ޓްވީޓުތަަކެއް ކުރި އެވެ. އެޑިޑާސްއިން ބުނީ ކާންޔޭގެ އުފެއްދުންތައް ވިއްކުން ވަގުތުން ހުއްޓާލާނެ ކަމަށެވެ.

Advertisement

މީގެ ކުރިން އެޑިޑާސްއިން ބުނީ ޔީޒީ ބްރޭންޑާ އެކު ފެށި ކޮލެބޮރޭޝަނަކީ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް މަސައްކަތް ކަމަށެވެ.

އެހެންކަމުން ކާންޔޭ ވެސްޓްއާ ގުޅުން ކަނޑާލުމުން 2022 ވަނަ އަހަރު އެޑިޑާސްއަށް 217 މިލިއަން ޕައުންޑުގެ ގެއްލުމެއް ވާނެ ކަމަށް ކުންފުނިން ބުންޏެވެ.

ކާންޔޭ ވެސްޓުގެ ޓްވިޓާ އަދި އިންސްޓަގްރާމް އެކައުންޓް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. ޓްވިޓާ އާއި އިންސްޓަގްރާމުން އެ ފިޔަވަޅު އެޅީ ޔަހޫދީންނާ ދެކޮޅު ހިޔާލުތަކެއް ފާޅުކުރި ކަމަށް ބުނެ އެވެ.

ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމުން ވެސް ބުނީ ކާންޔޭ ވެސްޓް ވަނީ ނަަފުރަތު އުފެއްދުމާ ދެކޮޅަށް އެ ޕްލެޓްފޯމްތަކުން ގެންގުޅޭ ސިޔާސަތާ ހިލާފުވެފައި ކަމަށެވެ.

ކާންޔޭ ވެސްޓަކީ ނަފުސާނީ ގިނަ މައްސަލަތަކެއް ދިމާވެ، މީގެ އަހަރުތަކެއް ކުރިން ބައިޕޯލާ ޑިސްއޯޑާއަށް ފަރުވާ ކުރަން ފެށި މީހެކެވެ.

އޭނާގެ ކެރިއަރުގައި މީހުންގެ ފާޑުކިޔުން އަމާޒުވާ ވަރަށް ގިނަ ކަންކަން ކޮށްފައި އެބަ ހުއްޓެވެ. އެކަމަކު ފަހަކަށް އައިސް އެކަންކަން އިތުރުވެ، އޭނާގެ ވިޔަފާރިތަކަށް އަސަރު ކުރުމުގެ ނުރައްކާ އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox