އާރްއާރްސީގެ ޓާގެޓަކީ މޭމަތީގައި ދެ ވަނަ ތަރިއެއް ޖެހުން

Oct 25, 2022, 7:41 AM
އާރްއާރްސީގެ ޓާގެޓަކީ މޭމަތީގައި ދެ ވަނަ ތަރިއެއް ޖެހުން

ކްލަބް މޯލްޑިވްސް ކަޕަށް މި އަހަރު ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ން ނުކުތީ ޗެމްޕިއަންކަން ދިފާއުކޮށް، ދެ ވަނަ ތަރިއެއް މޭމަތީގައި ޖެހުމަށް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނިސާމް (ފޮޓޯ) ބުނެފި އެވެ.

މުޅިން އަލަށް އާރްއާރްސީގެ ނަމުގައި ވާދަކޮށް މިދިޔަ އަހަރު އެ ޓީމުން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޓީމު އެފްއެސްއެމް އަތުން 4-0 އިން މޮޅުވެގެންނެވެ. މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގައި ރޭ އެފްއެސްއެމް 2-1 އިން ބަލިކޮށް އާރްއާރްސީ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި އަހަރު އާރްއާރްސީއާ ހަވާލުވި ކޯޗު ފޮޓޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ މާލެ ސިޓީ ކައުންސިލާއި މީޑިއާނެޓް އަދި މޯލްޑިވިއަންގެ އިތުރުން އެފްއެސްއެމް ބަލިކޮށްފަ އެވެ. ރޭ އެފްއެސްއެމް މެޗަށް ފަހު ފޮޓޯ ބުނީ އާރްއާރްސީން މުބާާރާތަށް ވި ތައްޔާރީތަކަށް އަނިޔާގެ ހިޔަނި އެޅުނު ކަމުގައި ވިޔަސް ޓާގެޓަށް ބަދަލެއް ނާންނަ ކަމަށެވެ.

ރޭގެ މެޗުގެ ތެރެއިން ގޯލު ޖެހުމަށް ފަހު އާރްއާރްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"އާރްއާރްސީ މި މުބާރާތަށް ރެޑީވީ ވެސް ހަމަ ތަށި ދިފާއުކޮށް ދެ ވަނަ ތަރިއެއް މޭމަތީގައި ޖެހުމަށް، މުބާރާތަށް ޕްރެކްޓިސް ފަށައިގެން ފުރަތަމަ 20 ވަރަކަށް ދުވަހު ކީ ޕްލޭޔަރުންތަކެއް އިންޖަރީގައި ތިބެގެން، 15 ވަރަކަށް ދުވަސް ފަހުން ކީ ޕްލޭޔަރުންނަށް ޕްރެކްޓިހަށް ޖޮއިން ކުރެވުނީ، އެވްރެޖްކޮށް އާރްއާރްސީގެ ފިނިޝިންގެ މައްސަލަ މި އުޅެނީ ކުއާޓާ އަށް ފިނިޝިން، ހަމަ ގޯލަށް ނިންމައިނުލެވިގެން މި އުޅެނީ، އެހެންވެ ޕްރެޝަރު މި ބޮޑުވަނީ،" ފޮޓޯ ބުންޏެވެ.

ފޮޓޯ ބުނީ މެޗުގެ އޮއެވަރު ދާގޮތުން ކޯޗުންނާއި ކުޅުންތެރިންނާއި ރެފްރީންނަށް ވެސް ގޯސްތަކެއް އެބަހެދޭ ކަމަށާއި މިއީ އަސްލު އެންމެން ވެސް ޕްރެޝަރަށް ދާ ކަމެއް ކަމަށެވެ.

އާރްއާރްސީން ކުއާޓާ ފައިނަލުގައި ކުޅޭނީ ވެމްކޯއާ ދެކޮޅަށެވެ، މި ދެ ޓީމަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާ ދެ ޓީމެވެ. ވެމްކޯ އިން ދެ ވަނަ ބުރުގައި ޓީމު އެލައިޑް ބަލިކުރީ 4-0 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox