އެފްއެސްއެމް އަށް އާރްއާރްސީ ކައިރިން ބަދަލުހިފިދާނެތަ؟

Oct 24, 2022, 4:25 AM
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި އާރްއާރްސީ އާއި ޓީމު އެފްއެސްއެމް ކުޅުނު މެޗުގެ ތެރެއިން: މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ނޮކައުޓް ފުރަތަަމަ މެޗުގައި ކުޅޭނީ މި ދެ ޓީމު.-- ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި އާރްއާރްސީ އާއި ޓީމު އެފްއެސްއެމް ކުޅުނު މެޗުގެ ތެރެއިން: މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ނޮކައުޓް ފުރަތަަމަ މެޗުގައި ކުޅޭނީ މި ދެ ޓީމު.-- ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ވާދަކުރި ފިއުލްސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ރޯޑްރެކްރިއޭޝަން ކްލަބް (އާރްއާރްސީ) މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ނޮކައުޓް މެޗުގައި ބައްދަލުކުރަން ޖެހިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފައިނަލުގެ ބަދަލުހިފަން އެފްއެސްއެމް އަށް ލިިބިފައިވާ ފުރުސަތެކެވެ.

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި އާރްއާރްސީން ބަނީ ފަސޭހައިން 4-0 އިން އެފްއެސްއެމް ބަލިކޮށްފަ އެވެ. އެފްއެސްއެމް އިން މުބާާރާތުގައި ވާދަކުރަން ފެށިއިރުން ފެށިގެން މިހާތަނަށް ފައިނަލުގައި ކުޅުނު ހަމައެކަނި ފަހަރަކީ މިދިޔަ އަހަރެވެ. އެ ފަހަރު، އެ ޓީމަށް ދިމާވީ މުބާރާތް ފެށިގެން ނިމެންދެން ދަނޑުމަތީގަޔާއި ދަނޑު ބޭރުން ތަފާތު ދައްކަމުން އައި އާރްއާރްސީއާ އެވެ.

މިދިޔަ އަހަރުގެ ފައިނަލަށް ނުކުތްއިރު، ތަފާތު ކޮންފިޑެންސް ލެވަލެއްގައި އޮތް އާރްއާރްސީން ވަނީ އެ ޓީމުން ބައިވެރިވި ފުރަތަމަ ކްލަބް މޯލްޑިވްސް ކަޕްގައި ވެސް ތަށި އުފުލާލައި މުބާރާތުގައި ފެންވަރު ސާބިތުކޮށްދީފަ އެވެ.

އާރްއާރްސީ އާއި އެފްއެސްއެމް ވެސް މި ފަހަރު ނުކުތީ ބަދަލުތަކާ އެކު ކުރިއަށް ވުރެ ރަނގަޅު ކުޅުންތެރިން ޓީމަށް އިތުރުކޮށްގެންނެވެ. އާރްއާރްސީ އަށް އިތުރުވި މުުހިންމު ކުޅުންތެރިންނަކީ ޔުނައިޓެޑް ބީއެމްއެލްއާ އެކު ދެ ފަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި އިބްރާހިމް ސިނާހު (ސިނާ) އާއި ބީއެމްއެލްއާ އެކު ކްލަބް މޯލްޑިވްސް ކާމިޔާބުކޮށް މިދިޔަ އަހަރުތަކުގައި މުޅި ރާއްޖޭގައި ވެސް ފުޓްސަލްގައި ބޮޑު ސަމާލުކަމެއް ލިބުނު އަލީ ހާފިޒް (ހާއްޕެ) އެވެ.

މި ފަހަރުގެ މުބާރާތުގައި އެފްއެސްއެމްގެ ޒިޔާން (ކ) ހޯމް އެފެއާޒް ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއެސްއެމް އިން މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގައި ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމަށް އެކަން ހާސިލްކުރަން އުނދަގޫ ކަމަކަށްވީ ބެންޗުން އަރާނެ އެންމެ ރަނގަޅު ކުޅުންތެރިން މަދުވުމެވެ. މި ފަހަރު އެކަމަށް އެ ޓީމުން ހައްލެއް ގެނައިއިރު، އެ ޓީމަށް އަލަށް ކުޅޭ އެއް ކުޅުންތެރިއަކީ، ކުރިން އެމްއާރްޑީސީއާ އެކު މި މުބާރާތް ކާމިޔާބުކުރި އަބްދުﷲ ޒިޔާން އެވެ. އޭގެ އިތުރުން، މި ފަަހަރު ޓީމާ ގުޅުނު މުހައްމަދު ޝާން އަކީ ވެސް އެފްއެސްއެމް އިން ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ގިނައިން ފުރުސަތު ދިން ކުޅުންތެރިއެކެވެ.

އެފްއެސްއެމް އާއި އާރްއާރްސީ ޖެހިޖެހިގެން ދެ ވަނަ އަހަރު މަރުގެ މެޗަކަށް ނުކުންނައިރު، މި ފަހަރު ދެ ޓީމުގެ ބެންޗުގައި ތިބި ކޯޗުން ވެސް ވަނީ ބަދަލުވެފަ އެވެ. އެފްއެސްއެމްގެ ކޯޗަކަށް މި ފަހަރު ހުރީ އަހުމަދު އިރުފާން އެވެ. މިިދިޔަ އަހަރު އެފްއެސްއެމް ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ގެންގޮސްދިނީ ކޯޗު އިސްމާއިލް އިބްރާހިމް (އިސްމަ) އެވެ. އާރްއާރްސީން ތަށި ހޯދި ކޯޗު އަބްދުﷲ ނަސީރު (އަބޯ) މި ފަހަރު ހުރީ ޓީމު ފެނަކައާ ހަވާލުވެ އެވެ. އާރްއާރްސީގެ ކޯޗަކީ މިދިޔަ އަހަރު ފެނަކައިގައި ހުރި އަހުމަދު ނިސާމް (ފޮޓޯ) އެވެ.

އިރުފާން އާއި ފޮޓޯ އަކީ ކްލަބް މޯލްޑިވްސް ކަޕްގައި ތަޖުރިބާ ބޮޑު ކޯޗުންނެވެ. އެހެންކަމުން، ޓީމު މޮޅުކޮށްދޭން ކުރަން ޖެހޭ މަސައްކަތް މި ދެ ކޯޗުންނަށް ވެސް ރަނގަޅަށް އެނގޭނެ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ތިން މޮޅުވެގެން ނިންމާލި ހަ ޓީމުގެ ތެރޭގައި އާރްއާރްސީ ހިމެނެ އެވެ. ބަލިނުވެ، ގްރޫޕް ސްޓޭޖު ނިންމާލި ޓީމުތަކުގެ ތެރެއިން އެއް ޓީމަކީ އެފްއެސްއެމް އެވެ. އެފްއެސްއެމް ދެ މޮޅު ހޯދިއިރު، ސްޓެލްކޯ ކްލަބާ ވަނީ އެއްވަރުވެފަ އެވެ.

އެކަމަކު، މިރޭ 20:15 ގައި ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި ފަށާ ގަދަ 16 ބުރުގެ ފުރަތަމަ މެޗުގައި އެފްއެސްއެމް އާއި އާރްއާރްސީގެ ތެރެއިން އެއް ޓީމަށް ފުރަތަަމަ ބައްޔާ އެކު މުބާރާތް ނިމޭނެ އެވެ.

ވެމްކޯ އާއި އެލަައިޑް: ފަސޭހަނުވާނެ މެޗެއް

ވެމްކޯ ވެސް މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ނިންމާލީ ތިން މެޗުން ވެސް މޮޅުވެގެންނެވެ. އަހުމަދު ތޯހާގެ ކޯޗުކަމުގައި ކުޅޭ ވެމްކޯ އިން މި ފަހަރުގެ މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވަނީ އީރާންގެ ޒުވާން ޓީމަށް ކުޅެފައިވާ އަލީ ހޮދަދާދީ ގެނެސްފަ އެވެ. ދެން، އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ވެސް ރާއްޖޭގެ އެކި ލެވަލްގެ ފުޓްސަލް މުބާރާތްތަކުގައި ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިންނެެވެ.

ވެމްކޯގެ އީރާން ކުޅުންތެރިޔާ ހޮދަދާދީ (ކ) އެ ޓީމުގެ އައިހަމް އާއި ޝިޔާހުއާ އެކު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗަކަށް ފަހު މެޗެއް ވެމްކޯގެ ކުޅުން ރަނގަޅުވަމުން އަންނައިރު، އެ ޓީމަށް ގަދަ 16 ބުރުގައި އޮތް ޗެލެންޖަކީ އެލައިޑް އެވެ. އެލައިޑް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެލައިޑް ބަލިވީ އެސްޓީއޯ އަތުންނެވެ. މުލިއާގޭ ރެކްރިއޭޝަން ކްލަބާއި ކްލަބް އިމިގްރޭޝަން އަތުން އެލައިޑް ވަނީ މޮޅުވެފަ އެވެ. އެލައިޑްގެ ކޯޗަކަށް ހުރީ ކުރިން ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފައިވާ މަޒުހަރު އަބްދުﷲ އެވެ.

ވެމްކޯ އާއި އެލައިޑް ކުޅޭ މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.

ފެނަކަ/ ކަސްޓަމްސް: ސިފައިން/ އެމްއޭސީއެލް

ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެގެން ނޮކައުޓް ބުރަށް އައި އެއް ޓީމަކީ ފެނަކަ އެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ "ބެލެންސް" ކޮށް ފެންނަ އެއް ޓީމު ކަމަށްވާ ފެނަކައިގެ ކޯޗަކަށް ހުރީ ކްލަބް މޯލްޑިވްސްގައި އެންމެ ކާމިޔާބު އެއް ކޯޗު އަބޯ އެވެ. އަބޯގެ ކޯޗުކަމުގައި ފެނަކަ އިން މި ފަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބު ކުރުމަކީ އެ ޓީމުގެ އެންމެ ބޮޑު އުންމީދެވެ. ޓީމު އެކުލަވާލުމުގައި ވެސް އަމާޒުހިފާފައިވަނީ ތަށްޓަށެވެ.

ފެނަކަ ޓީމުގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ: (ކ.ވ) މުއްކި، އަޔާ، އޮންލީ އަދި ހާޒިމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފެނަކައާ ދެކޮޅަށް ނުކުންނަ ކަސްޓަމްސް އަކީ މީގެ ކުރިން ކްލަބް މޯލްޑިވްސް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. އެކަަމަކު، ފަހަކަށް އައިސް ކަސްޓަމްސް އަށް މުބާރާތުގެ ފަހު ބުރުތަކުން ފުރުސަތު އޮތީ ނުލިބި އެވެ. މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ދެ ވަނަ ބުރުން ފެނަކަ ފުރުސަތު ހޯދީ ގްރޫޕްގެ ފަހު މެޗުގައި ކްލަބް ޔޫތު މިނިސްޓްރީ ބަލިކޮށްގެންނެވެ.

އެމްއޭސީއެލް ވެސް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ މެޗަކުން ބަލިނުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ސިފައިން ގްރޫޕް ސްޓޭޖުގައި ބަލިވީ ހަމައެކަނި ކްލަބް އެޗްޑީސީ އަތުންނެވެ. ދެ ޓީމުގެ ބެންޗަށް ބަލާއިރު، އެމްއޭސީއެލްގައި ހުރީ ފުޓްސަލްގެ ތަޖުރިބާ ބޮޑު، އިސްމާއިލް މުހައްމަދު އެވެ. އަދި ސިފައިންގެ ކޯޗަކަށް ހުރީ ފުޓްސަލް މުބާރާތްތަކުގައި ފަހަކަށް އައިސް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗު އާތިފް މުހައްމަދު (އާތީ) އެވެ.

ސިފައިންނާއި އެމްއޭސީއެލްގެ މެޗާއި ފެނަކަ އާއި ކަސްޓަމްސްގެ މެޗު ފަށާނީ މިރޭ 21:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox