ސްޓެލްކޯ އިން ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަތެއްގައެއް ނޫން: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް : އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްޓެލްކޯގެ ނިންމުމަކީ އިހްލާސްތެރި ނިންމުމެއް ނޫން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް : އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްޓެލްކޯގެ ނިންމުމަކީ އިހްލާސްތެރި ނިންމުމެއް ނޫން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާގެ ކަރަންޓު ބިލު ނުދައްކާ ކަމަށް ބުނެ ސްޓެލްކޯ އިން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަތެއްގައި ނޫން ކަމަށް އެފްއޭމް އިން މިރޭ ބުނެފި އެވެ.

ސްޓެލްކޯ އިން ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔާނެއް ނެރެ އެފްއޭއެމް ހައުސް އިން ކަރަންޓް ކަނޑާލިކަން އިއުލާނު ކުރިތާ ދެ ގަޑިއިރެއްހާއިރު ތެރޭގައި މި މައްސަލައިގައި އެފްއޭއެމް އިން ވެސް ނޫސްބަޔާނެއް ވަނީ ނެރެފަ އެވެ.

އެފްއޭއެމުން ބުނެފައިވަނީ ނިމިދިޔަ އަހަރުތަކުގެ ތެރޭގައި އެކި ފަރާތްތަކުން އެފްއޭއެމް ހައުސް އެކި ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށާއި އެ މުއްދަތުގައި އެ ފަރާތްތަކުން އެ އިމާރާތް ބޭނުންކުރުމުގެ ތެރޭގައި ފެނާއި ކަރަންޓައް ހިނގި އެއްވެސް ހަރަދަކީ އެފްއޭއެމް އިން ޒިންމާ ނަގަންޖެހޭ ހަރަދެއް ކަމަށް ނުދެކޭ ކަމަށެވެ.

އެފްއޭއެމް އިން ބުނެފައިވާ ގޮތުން 2020 ވަނަ އަހަރު އެ އިމާރާތް ވަނީ ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ. އަދި އޭގެ ފަހުން ސްކައުޓް އެސޯސިއޭޝަނުން ވެސް އެ އިމާރާތް ބޭނުންކުރި ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރާއި ހަމައަށް ސްޓެލްކޯގެ އިހުމާލުން ކަރަންޓު ބިލުގެ ގޮތުގައި 1.9 ރުފިޔާ ގެ އަދަދެއް ނުބައިކޮށް އެފްއޭއެމްއަށް ބިލުކުރެވުނު ކަމަށް ސްޓެލްކޯއިން އިއުތިރާފުވި ކަމަށާއި އެ މައްސަލައިގައި ވެސް ސްޓެލްކޯއިން އެ އެފްއޭއެމް އަށް މިއަދާ ހަމައަށް ވެސް އެއްބާރުލުން ނުދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި މިހާތަނަށް އެފްއޭއެމުން ގާނޫނީ ފިޔަވަަޅެއް އަޅާފައި ނުވަނީ މަޝްވަރާގެ މަތިން މައްސަލަ ހައްލުކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

"..ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭ ދަނޑުތަކާއި ކޯޓުތަކަކީ އެ ތަންތަނުގެ ކަރަންޓާއި ފެނުގެ ހަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓާ ތަންތަންކަމުގައި ވީ ނަމަވެސް، ފުޓްބޯޅަ ކުޅުމަށް ބޭނުންކުރެވޭ މާފަންނު ޓާފް ދަނޑަކީ އެތަނުގެ ހުރިހާ ހަރަދެއް އެފްއޭއެމުން ބަލަމުން އަންނަ ތަނެކެވެ. މިއީ އެފްއޭއެމް ފިޔަވައި ދިވެހިރާއްޖޭގެ އެހެން ގިނަ ގައުމީ އެސޯސިއޭޝަންތަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ." އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެފްއޭއެމް އިން ބުނެފައިވަނީ އެ އިދާރާއިން ޒިންމާވާން ނުޖެހޭ ފައިސާއެއް ހިމެނޭ ގޮތަށް ދެއްކުމަށް ޑިމާންޑުކޮށް މިއަދު އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލިއިރު، އެ އިމާރާތުގައި ހިންގާ ސަރުކާރުގެ ބޭނުމަށް ބޭނުންކުރާ އެހެން ފަންގިފިލާތަކުން ކަރަންޓު ކަނޑާލާފައިނުވާ ކަމަށާއި އެހެންކަމުން މި މައްސަލައިގައި ސްޓެލްކޯގެ "އިހްލާސްތެރިކަމެއް" ނެތްކަން ހާމަވާ ކަމަށެވެ.

އަދި މި މައްސަލައިގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާ އެކު މި އަހަރުގެ މާޗު މަހު މަޝްވަރާކޮށް ދެފަރާތަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް އެފްއޭއެމް އިން އެ ފައިސާ ދެއްކުމަށް އެކުލަވާލެވުނު ޕްރޮޕޯސަލެއް ހުށަހަޅާ ތަކުރާރުކޮށް މިކަމަށް ހައްލުކުރުމަށް އެދިފައިވީ ނަމަވެސް އިތުރު މަޝްވަރާއެއް ނުކޮށް ކަރަންޓު ކަނޑާލާ ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރުމަކީ އިހްލާސްތެރި ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަ ހައްލުކުރުމުގައި އެފްއޭއެމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މަޝްވަރާގެ މަތިން މި މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox