ތިން ވަނަ ދައުރަކަށް ޗައިނާގެ ރައީސް ކަމަށް ޝީ ޖިންޕިން ވަޑައިގެންފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ރައީސް ޝީ ޖިންޕިން. -- ފޮޓޯ: އޭޕީ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ރައީސް ޝީ ޖިންޕިން. -- ފޮޓޯ: އޭޕީ

ބެއިޖިން، ޗައިނާ (އޮކްޓޯބަރު 23) - ތިން ވަނަ ދައުރަކަށް ޗައިނާގެ ރައީސް ކަމަށް ޝީ ޖިންޕިން ވަޑައިގެންފި އެވެ.

ފަސް އަހަރުގެ އާ ދައުރަކަށް ޝީ އިންތިހާބު ކުރީ އާދީއްތަ ދުވަހު ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީއިންނެވެ.

އަންނަ އަހަރުގެ މާޗް މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން އެކަން ރަސްމީކޮށް އިއުލާނު ކުރާނެ އެވެ.

ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިޔުރޯ ސްޓޭންޑިން ކޮމިޓީގެ ހަތް މެމްބަރުންގެ އިންތިހާބު ވެސް އާދީއްތަ ދުވަހު އެވެ. ޝީ އިސްކޮށް ހުންނަވާ އެ ކޮމިޓީއަކީ ޗައިނާގެ އެންމެ ބާރުގަދަ މީހުން ހިމެނޭ ކޮމިޓީއެކެވެ.

ޕޮލިޓްބިޔުރޯ ސްޓޭންޑިން ކޮމިޓީއަށް އިންތިހާބުވި ހަތް މެމްބަރުން ޕާޓީގެ އާންމު މެމްބަރުންނަށް އިއުލާން ކުރެއްވީ ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގެ ސްޓޭޖުގައި ޝީ އެވެ.

ޝީގެ ފަހަތުން އެންމެ އަރިހުގައި ހުންނެވި ޝަންހާއި ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ލީ ގިއާންގް އެވެ. އެހެންކަމުން ބެލެވެނީ މިހާރު ޕްރިމިއާ ކަމުގައި ހުންނެވި ލީ ކެކިއާންގް އަންނަ މާޗް މަހު ރިޓަޔާ ކުރެއްވުމުން، އާ ޕްރިމިއާ ކަމަށް ވަޑައިގަންނަވާާނީ ލީ ގިއާންގް ކަމަށެވެ.

ޕޮލިޓްބިޔުރޯ ސްޓޭންޑިން ކޮމިޓީއަށް އިންތިހާބުވި އަނެއް މެމްބަރުންނަކީ ކުރިން ވެސް އެ ކޮމިޓީގައި ތިއްބެވި ޒާއޯ ލެޖީ، ވާންގް ހުނިންގް އަދި މުޅިން އަލަށް ކޮމިޓީއާ ގުޅުނު ކައި ގީ، ޑިންގް ޝޫޝިއާންގް އަދި ލީ ޝީ އެވެ.

"ޕާޓީގެ މެމްބަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރަށް އަޅުގަނޑު ޝުކުރު އަދާކުރަން،" ޝީ ވިދާޅުވި އެވެ.

ޕޮލިޓްބިޔުރޯ ސްޓޭންޑިން ކޮމިޓީގެ ހުރިހާ މެމްބަރުންނަކީ އުމުރުން 69 އަހަރުގެ ޝީއަށް ވަފާތެރި ލީޑަރުން ކަމަށް ރިޕޯޓުތަައް ބުނެ އެވެ.

ޕޮލިޓްބިޔުރޯ ސްޓޭންޑިން ކޮމިޓީގެ އިތުރުން 24 މެމްބަރުން ހިމެނޭ ޕޮލިޓްބިޔުރޯގެ މައި ކޮމިޓީ އިންތިހާބު ކުރީ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސްގެ ތެރެއިންނެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ޕާޓީގެ މައި ގުނަވަންތަކަށް ޝީގެ ވަފާތެރިން އިންތިހާބުވެފައި ވާތީ، ޗައިނާގައި އެމަނިކުފާނުގެ ނުފޫޒު ފެތުރިފައި އޮތް މިންވަރު ފެނިގެންދެ އެވެ.

ޗައިނާގެ އެންމެ ބާރުގަދަ ތިން މަގާމު ވެސް މި ވަގުތު ފުރުއްވަނީ ޝީ އެވެ. އެއީ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކެޓްރީކަމާއި، ސިފައިންގެ ޗެއާމަންކަމާއި ރައީސްކަމެވެ. މީގެ ކުރިން ތިން ދައުރު އެގޮތަށް ފުރުއްވީ ކޮމިއުނިސްޓް ޗައިނާގެ ފައުންޑަރު މާއޯ އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox