ހާލަންޑްގެ ދެ ގޯލާ އެކު ސިޓީ އަށް މޮޅެއް، ކަަސެމީރޯ ޔުނައިޓެޑް ސަލާމަތްކޮށްދީފި

Oct 22, 2022, 6:54 PM
ޗެލްސީގެ އައުބަމަޔަން (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ކަސެމީރޯ މަސައްކަތް ކުރަނީ.

ޗެލްސީގެ އައުބަމަޔަން (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ކަސެމީރޯ މަސައްކަތް ކުރަނީ.

ލަންޑަން (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު ބްރައިޓަން އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ފަހު ވަގުތު ކަސެމީރޯ ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑުން 1-1 އިން ޗެލްސީއާ އެއްވަރުކޮށްފި އެވެ.

ސިޓީގެ މި މޮޅާ އެކު އެ ޓީމުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އާސެނަލަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، 11 މެޗުން ސިޓީ މި ވަނީ 26 ޕޮއިންޓް ހޯދައިފަ އެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތީ 11 މެޗުން 23 ޕޮއިންޓާ އެކު އެވެ. މިރޭގެ ޕޮއިންޓާ އެކު ޗެލްސީ ހަތަރެއްގައި އޮތީ 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 11 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.

މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން ބަލިވި މެޗުގެ މާޔޫސްކަމުން އަރައިގަންން މިރޭ ސިޓީން ވަނީ މުހިންމު މޮޅެއް ހޯދައިފަ އެވެ. ބްރައިޓަންގެ ޑިފެންސް ފަހަތަށް ދިޔަ ބޯޅައެއް ހޯދައި، ހާލަންޑް އެ ޓީމަށް ލީޑުނަގައިިދިނީ 22 ވަނަ މިނިޓްގަ އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ހާލަންޑް ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ ބެނާޑޯ ސިލްވާ އަށް ބްރައިޓަންގެ ލެވިސް ޑަންކް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މި މެޗުގައި ޖެހި ގޯލުތަކާ އެކު ހާލަންޑް މި ވަނީ ލީގުގެ 11 މެޗުން 17 ގޯލު ޖަހައިފަ އެވެ. އަދި ހާލަންޑަކީ ސާޖިއޯ އަގުއޭރޯ އަށް ފަހު އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތް މެޗުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަގުއޭރޯ އެ ރެކޯޑް ހެދީ 2018 ވަނަ އަހަރު އެވެ.

ސިޓީ އަށް ގޯލު ޖަހައިދިނުމަށް ފަހު ހާލަންޑް އުފާފާޅުުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ލެއަންޑްރޯ ޓްރޮސާޑް ވަނީ ގޯލެއް ޖަހައި، ބްރައިޓަން އަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ 75 ވަނަ މިނިޓްގައި ސިޓީގެ ކެވިން ޑިބްރޭނާ ޖެހި ހިތްގައިމު ގޯލުން ސިޓީ ވަނީ ތިން ޕޮއިންޓް ޔަގީންކޮށްފަ އެވެ.

ޔުނައިޓެޑުން މިރޭ ޗެލްސީއާ ދެކޮޅަށް ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމަށް ލީޑުނަގައިދޭން މާކަސް ރެޝްފޯޑަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާާގާ މަތަކުރިއިރު، އެންޓޮނީ ހުސްކޮށް އަރައި ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ޗެލްސީގެ ޕިއޭ އެެމެރިކް އޮބާމަޔަން އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ އަށް ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.

ޗެލްސީން މެޗުގައި ލީޑުނެގީ 87 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަަކީ ބަދަލަކަށް ކުޅެން އެރިތާ މާގިނައިރެއްނުވެ، ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ އޭރިއާތެރެއިން ޗެލްސީގެ އަރްމާންޑޯ ބްރޯޔާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ކަސެމީރޯ ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބޮލުން ޖެހި ގޯލަކުންނެވެ. ކަސެމީރޯ ބޮލުން ޖެހި ބޯޅަ ކީޕަރު ކެޕާ އަތުގައި ޖެހިފައި ދަނޑީގައި ވެސް ޖެހި، ގޯލުގެ ރޮނގު ހުރަސްކުރިކަން ޔަގީންކުރީ ގޯލްލައިން ޓެކްނޮލޮޖީގެ އެހީގަ އެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި 26 މެޗެެއް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މިއީ ޕްރިމިއާ ލީގުގައި އެންމެ ގިނައިން އެއްވަރުވެގެން ނިމުނު މެޗެވެ.

ލީގުގައި މިރޭ އެވަޓަން އިން ވަނީ 3-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. އެވަޓަންގެ ލަނޑުތައް ޖެހީ ޑޮމިނިކް ކަލްވެޓް-ލެވިން، އެންތަނީ ގޯޑަން އަދި ޑްވައިޓް މެކްނީލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox