ޗައިނާ ކައިރިއަށް ހެލިކޮޕްޓަރު ވެއްޓި އިންޑިއާ ސިފައިންގެ ފަސް މީހުން މަރުވެއްޖެ

އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރުތަކެއް. -- ފޮޓޯ: ޓްވިޓާ

އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރުތަކެއް. -- ފޮޓޯ: ޓްވިޓާ

ޗައިނާއާ ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ކައިރިން ހެލިކޮޕްޓަރެއް ވެއްޓި އިންޑިއާ ސިފައިންގެ ފަސް މީހުން މަރުވެއްޖެ އެވެ.

އެއީ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގި އެފަދަ ދެ ވަނަ ހާދިސާ އެވެ. ހުކުރު ދުވަހު ވެއްޓުނީ އެޑްވާންސް ލައިޓް ހެލިކޮޕްޓަރެކެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ ހެލިކޮޕްޓަރު ވެއްޓުނީ ޗައިނާގެ ބިމުގެ ސަރަހައްދާއި އިންޑިއާގެ އިރުއުތުރު އަރޫނަޗަލް ޕްރަދޭޝް ސްޓޭޓް ވަކިކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ކައިރީގައި އޮންނަ ޓުޓިންގް އަވަށުގެ ދެކުނަށް ކަމަށެވެ.

Advertisement

ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން މައްސަލައެއް ދިމާވެގެން އުޅޭކަން އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް އެންގި އެވެ. އެހެންކަމުން ބެލެވެނީ ޓެކްނިކަލް ނުވަތަ މެކޭނިކަލް މައްސަލައެއް ދިމާވި ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނީ ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވާ އިރު، ފަސް ވަނަ މީހާގެ ހަަށިގަނޑު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

މީގެ ހަފުތާތަކެއް ކުރިން އަރޫނަޗަލް ޕްރަދޭޝް ސްޓޭޓްގެ އިރުމަތީގައި އޮންނަ ޓަވަންގް ސަރަހައްދުން ޗީޓާ ހެލިކޮޕްޓަރެއްގައި އުޅުނު އިންޑިއާ ސިފައިންގެ ޕައިލެޓަކު ވެސް މަރުވި އެވެ.

އަރޫނަޗަލް ޕްރަދޭޝްގެ ކޮންޓްރޯލް ހޯދަން އިންޑިއާ އާއި ޗައިނާއިން 1962 ވަނަ އަހަރު ހަނގުރާމަ ކުރި އެވެ. ޗައިނާއިން ދެކޭ ގޮތުގައި އެ ތަނަކީ ޗައިނާގެ ޓިބެޓުގެ ދަށުގައި އޮންނަ ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox