ސިފައިންނަށް އެއް ވަނަ، ޔޫތު މިނިސްޓްރީ ކޮޅަށް އެމްޕީއެލުން 25 ގޯލު

Oct 21, 2022, 7:48 PM
ލަނޑު ޖެހުމަށް ފަހު ސިފައިންގެ ސަބީނާ (ކ) އާއި ސުމައްޔާ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ސިފައިންގެ ސަބީނާ (ކ) އާއި ސުމައްޔާ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި މިރޭ ކްލަބް ވެމްކޯ 6-0 އިން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ލީގު ބުރުގެ އެއް ވަނަ ހޯދިއިރު، އެންމެ ފަހުގެ ޗެމްޕިއަން، އެމްޕީއެލް އިން 25-0 އިން ކްލަބް ޔޫތު މިނިސްޓްރީ ބަލިކޮށްފި އެވެ.

ފަސް ޓީމުގެ މެދުގައި ކުޅުނު މި ފަހަރުގެ 18/30 ފިއެސްޓާގެ ލީގު ބުރު ނިމުނުއިރު، ސިފައިން އެއް ވަނަ ހޯދީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޓީމު ފެނަކަ އަށް ވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބުނުއިރު، ފައިދާ ގޯލުން ކުރިހޯދީ ސިފައިންނެވެ. އެމްޕީއެލް ތިން ވަނައިގައި ނިންމާލީ ހަަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ވެމްކޯ އަށް ހަތަރު ވަނަ ލިބުނީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ޔޫތު މިނިސްޓްރީ ކެޓީ ހަތަރު މެޗުން ޕޮއިންޓެއް ނުލިބި، ބައިކޮޅަށް 91 ގޯލު ވަދެގެންނެވެ. އެ ޓީމުން މުބާރާތުގައި ޖެހީ އެންމެ ގޯލެކެވެ.

އެމްޕީއެލްގެ މިސް ނަތާމޯން (ވ) ގޯލަށް ބޯޅަ ފޮނުވާލާއިރު، މިނިސްޓްރީ ޓީމުގެ ނަހުމާ ކައިރީގައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮތީ މި މަހު 29 ވަނަ ދުވަހު އެވެ. ފުރަތަމަ ސެމީގައި އެއް ވަނަ އަށް ދިޔަ ސިފައިން ކުޅޭނީ ހަތަރު ވަނަ އަށް ދިޔަ ވެމްކޯއާ އެެވެ. އަދި ދެ ވަނަ އަށް ދިޔަ ފެނަކަ އިން ސެމީގައި ކުޅޭނީ ތިން ވަނަ ހޯދި އެމްޕީއެލްއާ އެވެ.

ރެހެންދި ފުޓްސަލް އެއް ވަަނަ ދަނޑުގައި ކުޅުނު މެޗުގައި މިރޭ އެމްޕީއެލްގެ ތައިލެންޑް ކުޅުންތެރިޔާ، މިސް ނަތާމޯން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 11 ގޯލު ޖަހައިގެންނެވެ. މުބާރާތުގައި އެމްޕީއެލް އިން މިހާތަނަށް ހޯދި ދެ މޮޅުގައި ވެސް ނަތާމޯން ވަނީ ގިނަ ގޯލުތަކެއް ޖަހައި، ތަފާތު ދައްކައިފަ އެވެ.

މިނިސްޓްރީ ކޮޅަށް އެމްޕީއެލްގެ އަނެއް ގޯލުތައް ޖެހީ ކެޕްޓަން އައިމިނަތު ސާލިޔާ ދެ ހެޓްރިކާއި އައިމަތު ޝާމިލާ ހަތަރު ގޯލާއި ފާތިމަތު ޖޫޒާން ޒަރީރު ދެ ގޯލުގެ އިތުރުން ފާތިމަތު ސައިނާ އާއި ފާތިމަތު ޝާއިގާ ކޮންމެ ކުޅުންތެރިއަކު އެއް ގޯލެވެ.

ސިފައިންގެ ޓީމުން ބަންގްލަދޭޝް ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ތަފާތު ދެއްކީ އެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ ސަބީނާ ހަތުން އާއި މަތުސުޝިމާ ސުމައްޔާ އެވެ. މުބާރާތުގައި ސިފައިން ކުޅޭ ހުރިހާ މެޗަކަށް ކަހަލަ ގޮތަކަށް ދަނޑުގެ ވަށައިގެން ތިބެނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ. މެޗަށް ފަހު ސަބީނާ އާއި ސުމައްޔާއާ އެކު ގިނަ ސަޕޯޓަރުން ފޮޓޯ ނަގަ އެވެ.

ވެމްކޯ ކޮޅަށް މިރޭ ސިފައިންގެ ޓީމުގެ ސުމައްޔާ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، ސަބީނާ ވަނީ ގޯލެއް ޖަހައިފަ އެެވެ. މައީޝާ އަބްދުލް ހަންނާން ދެ ގޯލު ޖަހައިދިންއިރު، ފާތިމަތު ތީބާ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox