އެމްޕީއެލް އާއި ސްޓެލްކޯ އަށް އެއް ވަނަ، ކަސްޓަމްސް ދެ ވަނަ ބުރަށް

Oct 20, 2022, 4:40 AM
ރާއްޖެ އޮންލައިން ކުޅުންތެރިއަކު ކައިރިން ސްޓެލްކޯގެ ޖުމައިލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖެ އޮންލައިން ކުޅުންތެރިއަކު ކައިރިން ސްޓެލްކޯގެ ޖުމައިލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ފަހު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި އެމްޕީއެލް އާއި ސްޓެލްކޯ ކްލަބް ގްރޫޕް ސްޓޭޖު ނިންމާލިއިރު، ޔޫތު މިނިސްޓްރީ 2-1 އިން ބަލިކޮށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ސްޓެލްކޯ އިން ވަނީ ގްރޫޕް އީގައި ރޭ ކުޅުނު މެޗުން ރާއްޖެ އޮންލައިން ކްލަބް އަތުން 6-1 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ހޯމްއެފެއާޒް އަތުން 15-2 އިން ޓީމު އެފްއެސްއެމް މޮޅުވިއިރު، ގްރޫޕްގެ އެއް ވަނަ ސްޓެލްކޯ އަށް ލިބުނީ އެފްއެމްއެމްއާ އެއްވަރަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ތިން ވަނަ އަށް ދިޔައީ ތިން މެޗުން ތިން ޕޮއިންޓް ހޯދި ރާއްޖެއޮންލައިން އެވެ. އަދި ފުލަށް ދިޔަ ހޯމްއެފެއާޒަށް ތިން މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

ހޯމް އެފެއާޒް ކުޅުންތެރިއަކު ކައިރިން އެފްއެސްއެމްގެ ޒިޔާން (ކ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޭގެ މެޗަށް ނުކުތްއިރު، ވެސް އެމްޕީއެލަށް ދެ ވަނަ ބުރުގެ ޖާގަ އޮތީ ޔަގީންވެފަ އެވެ. އެކަމަކު، ކްލަބް އާސަންދަ އަތުން 7-0 އިން މޮޅުވެ، އެމްޕީއެލް ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ ގްރޫޕް އެފްގެ އެއް ވަނަ ޓީމުގެ ގޮތުގައި ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ޖާގަ ލިބެން އޮތީ ކަސްޓަމްސް އާއި ޔޫތު މިނިސްޓްރީ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗުން މޮޅުވެ، ކަސްޓަމްސް ދެ ވަނަ ހޯދީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނަ އަށް ދިޔަ ޔޫތު މިނިސްޓްރީ އާއި ހަތަރެއްގައި ނިންމާލި އާސަންދަ އަށް ލިބުނީ ތިން މެޗުން ޕޮއިންޓެކެވެ.

އެމްޕީއެލް އިން ޖެހި ހަތް ގޯލުގެ ތެރެއިން އިބްރާހިމް އިމްރާހު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ފަސް ގޯލު ޖެހީ، ހަސަން ނިމާލް، މުހައްމަދު ޔަފާއު، ސިނާން އިބްރާހިމް ރަޝީދު، އަހުމަދު ހުސެއިން އަދި އަލީ ޝަމާލް އަބްދުﷲ އެވެ.

ކަސްޓަމްސް އިން ޔޫތު މިނިސްޓްރީ ކޮޅަށް ލީޑުނެގީ އަލީ ޝަމާލް އަބްދުﷲ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަތުހުﷲ ޖަމީލް ވަނީ ޔޫތު މިނިސްޓްރީ އަށް އެއްވަރުކޮށްދީފަ އެވެ. ގިނަ އެޓޭކްތަކެއްކޮށް، ކަސްޓަމްސް އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މި ގޯލު ޖެހީ ސަރާއު ހަމީދު އެވެ.

ޔޫތު މިނިސްޓްރީ ޓީމުގެ ފަތުހުﷲ (ވ) ކަސްޓަމްސްގެ ޝަމާލް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޓެލްކޯ އިން ރާއްޖެ އޮންލައިން ބަލިކުރިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާ، ސްޓެލްކޯގެ ޖުމައިލް ޖަމީލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލުތައް ޖެހީ އިބްރާހިމް ރިމާހު (ރިމޭ)، ޝުއައިދު ސައީދު އަދި މުހައްމަދު ވިލްފް އެވެ. ރާއްޖެ އޮންލައިންގެ ހަމައެކަނި ގޯލު ޖެހީ ހަމްދޫން އަހުމަދު އެވެ.

ހޯމްއެފެއާޒުން މުބާރާތް ނިންމާލިއިރު، 36 ގޯލު އެ ޓީމު ކޮޅަށް ވަނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ބައިކޮޅަށް އެންމެ ގިނަ ގޯލު ވަން ޓީމެވެ. ރޭ އެފްއެސްއެމް އިން ހޯމް އެފެއާޒް ކޮޅަށް ޖެހި ގޯލުތަކުގެ ތެރެއިން، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ނާފިއު އިބްރާހިމް (ނާއްޕެ) ވަނީ ދެ .ހެޓްރިކް ހަދައިފަ އެވެ. އަނެއް ގޯލުތައް ޖެހީ އަހުމަދު ވިޖުދާން (ވިޖޫ) އާއި އަބްދުﷲ ޒިޔާން އަދި މުހައްމަދު ޖުމާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އިސްމާއިލް ޝައިހާނާއި އަހުމަދު ނަސާތު އެވެ.

ރޭގެ މެޗުގައި ހޯމްއެފެއާޒްގެ ގޯލުތައް ޖެހީ ހަސަން ޖައުފަރު އާއި ޒައިދާން އަބްދުﷲ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox