ބީއެމްއެލް ކަޓައިފި، އެއާޕޯޓްގެ ތިން ޓީމު ވެސް އަނެއް ބުރަށް

Oct 19, 2022, 3:06 AM
ލަނޑު ޖެހުމަށް ފަހު އެމްއޭސީއެލްގެ ސުޒޭރު (ކ) އާއި ސަނޫން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު

ލަނޑު ޖެހުމަށް ފަހު އެމްއޭސީއެލްގެ ސުޒޭރު (ކ) އާއި ސަނޫން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ފަހު ޔުނައިޓެޑް ބީއެމްއެލް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގްރޫޕް ސްޓޭޖުން ކެޓިއިރު، އެއާޕޯޓްގެ ތިން ޓީމު ކަމަށްވާ، ކްލަބް އެއާޕޯޓްސް އާއި އެމްއޭސީއެލް އަދި ކްލަބް އޭވިއޭޝަން ސެކިއުރިޓީ މުބާރާތުގެ ދެ ވަނަ ބުރުން ވަނީ ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް ސީގައި ރޭ ޓްރޭޑް ކްލަބް އަތުން އޭވިއޭޝަން ސެކިއުރިޓީ މޮޅުވީ 2-1 އިންނެވެ. އެ ގްރޫޕްގައި އެމްއޭސީއެލް އިން ވަނީ ޓީމު ޑީޖީއޭ 5-2 އިން ބަލިކޮށްފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު ވެސް ގްރޫޕް ޑީން ދެ ވަނަ ބުރު ޔަގީންވެފައި އޮތް ޓީމު ފެނަކަ އިން ވަނީ 3-1 އިން ކްލަބް އެއާޕޯޓްސް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ބީއެމްއެލް އިން ޓީމު ސިވިލް ކޯޓު 4-1 އިން ބަލިކުރި ނަމަވެސް ލަނޑުގެ ތަފާތުން ބީއެމްއެލް ވަނީ ކަޓައިފަ އެވެ.

އެމްއޭސީއެލް ގްރޫޕް ސީގެ އެއް ވަނަ ހޯދީ ދެ ވަނަ އަށް ދިޔަ އޭވިއޭޝަން ސެކިއުރިޓީއާ އެއްވަރަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ތިން ވަނަ އަށް ދިޔަ ޑީޖީއޭ އަށް ތިން މެޗުން ތިން ޕޮއިންޓް ލިބުނުއިރު، އެންމެ ފުލަށް ދިޔަ ޓްރޭޑް ކްލަބް ނިންމާލީ ޕޮއިންޓެއް ވެސް ނުލިބި އެވެ.

އެމްއޭސީއެލްގެ ސަނޫން ރޭގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.--- ފޮޓޯ: އަދަދު

ފެނަކަ އިން ގްރޫޕް ސްޓޭޖު ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދިއިރު، މި ގްރޫޕްގެ ދެ ވަނަ އަށް ދިޔަ ކްލަބް އެއާޕޯޓްސް އާއި ބީއެމްއެލް ވަނީ ޕޮއިންޓުގެ ގޮތުން ތިން މެޗުން ހަތަރު ޕޮއިންޓް ލިބި އެއްވަރުވެފަ އެވެ. ކްލަބް އެއާޕޯޓްސް އަށް އަނެއް ބުރުން ފުރުސަތު ލިބުނީ ބީއެމްއެލް އަށް ވުރެން އެއް ފައިދާ ގޯލު އިތުރު ވުމުންނެވެ. ޓީމު ސިވިލް ކޯޓު މުބާރާތުން ކެޓީ ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ވެސް ނުލިބި އެވެ.

ރޭގެ މެޗުގައި އެމްއޭސީއެލް އިން ޑީޖީއޭ ކޮޅަށް ޖެހި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި، އަބްދުﷲ ސުޒޭރު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ އިބްރާހިމް ޝަނޫން އާއި އަޒްޔާން އިބްރާހިމް އެވެ.

ބަދަލަކަށް ކުޅެން އެރިތާ މާގިނައިރެއްނުވެ، މުހައްމަދު އަޖުވަދު ސޮލާހު ވަނީ ފުރަތަމަ ހާފުގައި ޑީޖީއޭ އަށް ގޯލެއް ޖަހައިދީފަ އެވެ. އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގައި އަބްދުﷲ ފާރިޝް އެވެ.

އިސްމާއިލް ސިޔާދު އާއި ތައުމީން ނޫހުގެ ގޯލުތަކުން އޭވިއޭޝަން ސެކިއުރިޓީން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ޓްރޭޑް ކްލަބްގެ ހިސާން މުހައްމަދު ވަނީ މެޗުގެ ފަހު ކޮޅުގައި ގޯލެއް ޖަހައިފަ އެވެ.

ފެނަކަ ޓީމުގެ އަޔާ މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މެޗެއްގެ ތެރެއިން: ރޭ ކްލަބް އެއާޕޯޓްސް ކޮޅަށް އަޔާ ވަނީ ދެ ގޯލު ޖަހާފައި.-- ފޮޓޯ: އަދަދު

ނަތީޖާ ނެރެން މަޖުބޫރު މެޗަކަށް ނުކުމެ، ބީއެމްއެލް އިން ރޭ ސިވިލް ކޯޓުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. މި މެޗުގައި ބީއެމްއެލްގެ ގިނަ ހަމަލާތަކެއް ސިވިލް ކޯޓުގެ ކީޕަރު އަހުމަދު އިހުސާން ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ބީއެމްއެލްގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އިބްރާހިމް ހަމްދާން (މެސީ) ހެޓްރިކަކާއި އިޝާން އިބްރާހިމް (ސައްޓު) ގޯލެކެވެ. މި ދެ ކުޅުންތެރިންނަށް ގޯލު ޖަހަން ލިބުނު ގިނަ ހުސް ފުރުސަތުތަކުން ޖެހި ޝޮޓްތައް ގޯލާ ސީދާނުވެ ވެސް ދިޔަ އެެވެ.

ސިވިލް ކޯޓުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ އަންސަރު އިބްރާހިމް (އަންކޮ) އެވެ.

ހުސެއިން ޝަރީފް (އޮންލީ) ބޮލުން ޖެހި ގޯލާއި އޭރިއާބޭރުން އަޔާޒް އަހުމަދު (އަޔާ)ގެ ގޯލުން ފެނަކަ އިން ރަނގަޅު ލީޑެއް ނެގިއިރު، މުހައްމަދު އަގީލް ވަނީ ގޯލެއް ޖަހައި، ކްލަބް އެއާޕޯޓްސް އަށް ފަރަގު ކުޑަކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި އަޔާ ވަނީ އިތުރު ގޯލެއް ޖަހައި ފެނަކަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox