ގަނޑުކޮށް ގަންނަން ފެށުމުން ސަރުކާރުން ބޭހަށް ކުރާ ހޭދަ 30 ޕަސެންޓު ކުޑަކުރެވޭނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު؛ ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ބޭހުގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު؛ ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ބޭހުގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް އެއްފަހަރާ ގަނޑުކޮށް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ގަންނަ ފެށުމުން އެކަމަށް ކުރަމުން އަންނަ ހޭދަ 30 ޕަސެންޓު ކުޑަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރުމަށް މިނިސްޓަރު އަމީރު ހާޒިރުކޮށްފައިވާއިރު، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ސެންޓްރަލް ޕްރޮކިއުމެންޓް އޭޖެންސީއެއް ގާއިމްކުރުމުގެ ވިސްނުން ގެންގުޅޭތޯ ސުވާލުކުރައްވާފަ އެވެ.

"މިހާރު ވެސް ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް މިވަނީ ދައުލަތަށް ބޭނުންވާ ބޭހާއި ކޮންސިއުމަބްލްސް ހެޔޮ އަގުގައި ލިބެން އޮއްވާ ސަރުކާރުން އެ މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން، މިހާރު 300 ނުވަތަ 400 ޕަސެންޓު ބޮޑުކޮށް މާކެޓު ރޭޓަށް ވުރެ ސަރުކާރުން އެއްޗެހި ގަންނަނީ،" އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ބަލްކް ޕްރޮކިއުމެންޓްގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިސެންބަރު ޖެނުއަރީ ހާ ތަނުގައި އަޅުގަނޑުމެންނަށް ބަލްކް ޕްރޮކިއުމެންޓަށް ދެވޭނެ، މެޑިކަލް ކޮންސިއުމަބްލްސް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 30 ޕަސެންޓުގެ ހަރަދު ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެނީ،" އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މި އަހަރަށް ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ޑެފިސިޓު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ތެލުގެ އަގަށް އައި ބަދަލާއި ސަބްސިޑީއަށް ކުރަން ޖެހުނު ހޭދަ ބޮޑުވުމެވެ.

"މިހާރު ރިވައިސްޑް ޑެފިސިޓެއްގެ ގޮތުގައި އަޅުގަނޑަށް މި ފާހަގަކުރެވެނީ 11 ބިލިއަން ރުފިޔާއަށް އަރައިގެން ދާނެ ކަމަށް، އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ޑެފިސިޓަކީ 9.8 ބިލިއަން ރުފިޔާ،" އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox