ޓައިވާން މައްސަލަ ހައްލު ކުރުމަކީ ޗައިނާ މީހުން ކުރަން ޖެހޭ ކަމެއް: ޝީ

ޗައިނާގެ ރައީސް ޝީ ޖިންޕިން.

ޗައިނާގެ ރައީސް ޝީ ޖިންޕިން.

ބެއިޖިން، ޗައިނާ (އޮކްޓޯބަރު 16) - ޓައިވާން މައްސަލައިގައި ޗައިނާއިން ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޝީ އެގޮތަށް ވިދާޅުވީ އާދީއްތަ ދުވަހު ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ބެއިޖިންގައި ފެށުމުގެ ގޮތުން ދެއްވި ހިތާބުގަ އެވެ.

"ޓައިވާން މައްސަލަ ހައްލު ކުރުމަކީ ޗައިނާ ރައްޔިތުން ކުރަން ޖެހޭ ކަމެއް. އަދި އެކަން ހައްލު ކުރަން ޖެހޭނީ ހަމައެކަނި ޗައިނާގެ ރައްޔިތުން ކުރާ މަސައްކަތުން. އަޅުގަނޑުމެން ބަލާނީ އިހްލާސްތެރިކަމާ އެކު ހަރުދަނާ މަސައްކަތުން ވީހާވެސް ސުލްހަވެރިކަމާ އެކު އަލުން ގުޅި އެއްބައިވުމުގެ މަސައްކަތް ކުރެވޭތޯ. އެކަމަކު ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު ގެއްލުވާލުމަކަށް އަޅުގަނޑުމެން އިޖާބައެއް ނުދޭނަން. އެ އިހްތިޔާރު ބާއްވާނީ އެ ނޫން ގޮތެއް ނެތިއްޖެ ހާލަތެއްގައި އަމަލު ކުރުމަށް،" ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ކޮމިއުނިސްޓް ޕާޓީގެ ޑެލިގޭޓުންނާ މުހާތަބު ކުރައްވަމުން ޝީ ވިދާޅުވި އެވެ.

ޗައިނާއިން ދެކޭ ގޮތުގައި އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާނަކީ ޗައިނާގެ ބަޔެކެވެ. އަދި ޓައިވާން ޗައިނާގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ކުރާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ.

"ގައުމު އަލުން އެއްބައިވަންތަވުމާއި އަލުން އާރޯވުމުގެ ތާރީހީ ފުރޮޅު އެ ދަނީ ކުރިއަށް އެނބުރެމުން. އަޅުގަނޑުމެންގެ ލޯބިވާ މި ބިން އަލުން އެއްތަނެއްގައި ގޮތުގައި އޮންނާނެ،" ޝީ އިތުރަށް ވިދާޅުވި އެވެ.

ޝީ ވިދާޅުވީ ޓައިވާނު މައްސަލައިގައި "ބައިބައިވުން އުފެއްދުމާއި، ގުޅުމެއް ނެތް ފަރާތްތަކުން ނުފޫޒު ފޯރުވުން" ކުށްވެރި ކުރާ ކަމަށެވެ.

އޭގެ އިތުރުން ހޮންކޮންގް "ނުތަނަވަސްކަމުން ހަމަޖެހުން އޮތް ތަނަކަށް" ބަދަލުވެފައި ވާތީ ޝީ އެކަމަށް ތައުރީފް ކުރެއްވި އެވެ. ހޮންކޮންގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް 2020 ވަނަ އަހަރު ތަންފީޒު ކުރި ގައުމީ ސެކިއުރިޓީއާ ބެހޭ ގާނޫނުގެ ދަށުން، އިދިކޮޅު އަޑު އެއްކޮށް ކަނޑުވާލި އެވެ.

ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ޒީރޯ ކޮވިޑް ސިޔާސަތު ދިފާއު ކުރައްވައި ޝީ ވިދާޅުވީ އެއީ "ވައިރަސް ހުއްޓުވަން ރަައްޔިތުން ކުރާ ވަރުގަދަ ހަނގުރާމައެއް" ކަމަށެވެ.

ތިން ވަނަ ދައުރެއް ޔަގީން

ރިޕޯޓުތައް ބުނާ ގޮތުގައި ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގެ ތެރެއިން ތިން ވަނަ ދައުރަކަށް ޕާޓީގެ ލީޑަރުކަން ޝީއާ ހަވާލުކުރައްވާނެ އެވެ. އެހެން ވެއްޖެ، އެމަނިކުފާާނު ވާނީ މާއޯ ޒެޑޯންގަށް ފަހު ޗައިނާއަށް އައި އެންމެ ބާރުގަދަ ލީޑަރަށެވެ.

ކޮންގްރެސްގައި 2،300 ޑެލިގޭޓުން ބައިވެރިވާ އިރު، ޕާޓީގެ ލީޑަރުން އިންތިހާބުކޮށް، މުހިއްމު ސިޔާސަތުތަކާ ގުޅޭ ބަހުސް ކުރުން އޮންނާނެ އެވެ.

ކޮމިއުނިސްޓް ޕާޓީގެ މުހިއްމު ޕޮލިޓްބިޔުރޯ ސްޓޭންޑިން ކޮމިޓީގެ މެމްބަރުން ވެސް ކޮންގްރެސްގައި އިންތިހާބު ކުރާނެ އެވެ. ޕޮލިޓްބިޔުރޯއަކީ ރައީސްގެ ކެބިނެޓެވެ.

ކޮންމެ 10 އަހަރެއްގެ ތެރޭގަައި ދެ ފަހަރު ބާއްވާ ކޮންގްރެސްއަކީ ލީޑަރުން އާއްމުންގެ ސަޕޯޓް ހޯދުމަށް މުހިއްމު އެއްވުމެކެވެ. އެހެން ނަމަވެސް އެނެލިސްޓުން ބުނާ ގޮތުގައި ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި މިހާރު ވާދަވެރިކަމެއް ނެތެވެ. ޕާޓީގެ 20 ވަނަ ކޮންގްރެސްގައި ފެނިގެން ދާނީ އެންމެ ފެކްޝަނެއްގެ ބަހުސްތައް ކަމަށް އެ މީހުން ދެކެ އެވެ. އެއީ ރައީސް ޝީއަށް ތާއީދު ކުރާ ފެކްޝަށެވެ.

ޗައިނާގެ އެންމެ ބާރުގަދަ ތިން މަގާމު ވެސް މި ވަގުތު ފުރުއްވަނީ ޝީ އެވެ. އެއީ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކެޓްރީކަމާއި، ސިފައިންގެ ޗެއާމަންކަމާއި ރައީސްކަމެވެ. ޝީ ތިން ވަނަ ދައުރަކަަށް މަގާމުތައް ދަމަހައްޓާނެ ކަމަށް ބެލެވޭ އިރު، މީގެ ކުރިން ތިން ދައުރު އެގޮތަށް ފުރުއްވީ ކޮމިއުނިސްޓް ޗައިނާގެ ފައުންޑަރު މާއޯ އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox