ސިފައިންގެ ޓީމުން ޔޫތު މިނިސްޓްރީ ކޮޅަށް 26 ގޯލު

Oct 15, 2022, 7:48 AM
ސިފައިންގެ ޓީމުގެ ސުމައްޔާ (ކ) މިނިސްޓްރީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ސިފައިންގެ ޓީމުގެ ސުމައްޔާ (ކ) މިނިސްޓްރީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބް ޔޫތު މިނިސްޓްރީ އަތުން 26-0 އިން ދިވެހި ސިފައިންގެ ކްލަބް މޮޅުވިއިރު، ޓީމު ފެނަކައިން 2-1 ކްލަބް ވެމްކޯ ބަލިކޮށްފި އެވެ.

މި ފަހަރުގެ 18/30 ފުޓްސަލް ފިއެސްޓާގައި މި ފަހަރު ފަސް ޓީމު ވާދަކުރާއިރު، އެންމެ ރެކޯޑް ދަށްކޮށް ފެންނަނީ ޔޫތު މިނިސްޓްރީ އެވެ. ލީގު އުސޫލުން ކުޅޭ ބުރުގައި ޔޫތު މިނިސްޓްރީން ކުޅުނު ފުރަތަމަ މެޗުގައި ވެމްކޯ އަތުން ވަނީ 23-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް އަތުން މި ވަނީ މާ ފަރަގު ބޮޑުކޮށް ބަލިވެފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގެ އެއް ވަނަ ޕިޗުގައި އިއްޔެ ހަވީރު ވިއްސާރައިގެ ތެރޭގައި ކުޅުނު މެޗުގައި ސިފައިންގެ ކްލަބުން ވަނީ ކޮންމެ ހާފެއްގައި ވެސް 13 ގޯލު ޖަހައިފަ އެވެ. މި މެޗުގައި ސިފައިންގެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ، ބަންގްލަދޭޝް ގައުމީ ޓީމުގެ ފޯވާޑް، ސަބީނާ ހަތުން އެވެ. ސަބީނާ ވަނީ 12 ގޯލު ޖަަހައި، ހަތަރު ހެޓްރިކް ހަދައިފަ އެވެ.

އަނެއް ގޯލުތައް ޖެހީ ބަންގްލަދޭޝްގެ ފޯވާޑް، މަތުސުޝިމާ ސުމައްޔާ ހަ ގޯލާއި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ މަރިޔަމް ރިފާ ހަތަރު ގޯލާއި މައީޝާ އަބްދުލް ހަންނާނު ފާތިމަތު ތީބާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. މި މެޗުގައި ސިފައިންގެ ޓީމުން އިތުރު ގޯލުތަކެއް ޖަހަން ވެސް ރަނގަަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު، މިނިސްޓްރީގެ ގޯލްކީޕަރު މަރިޔަމް ސުހާ އިލްޔާސް ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ.

ފުރަތަމަ މެޗުގައި ސިފައިން އަތުން ބަލިވި ފެނަކަ އިން މި ވަނީ ދެން ކުޅުނު ދެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އެމްޕީއެލް އާއި ރަނަރަޕް ކްލަބް ވެމްކޯ ބަލިކޮށްފަ އެވެ. ވެމްކޯ އަތުން އިއްޔެ ހަވީރު ފެނަކަ މޮޅުވީ މުޅި މެޗުގައި ވެސް ހިތްވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ.

ފެނަކަ ޓީމުގެ ރާނީ (ކ) ވެމްކޯގެ ތެނަފޯން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ޓީމު ފެނަކަ

ވެމްކޯ އިން ފުރަތަމަ ހާފުގައި ޑަރިކާގެ ގޯލުން ލީޑުނެގި ނަމަވެސް ފެނަކައިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ރާނީ ފެނަކަ އަށް އެއްވަރުކޮށްދިންއިިރު، އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ އައިޝަތު ސަމާ އެވެ.

ލީގު އުސޫލުން ކުޅޭ ބުރުގެ އެންމެ ކުރީގައި މި ވަގުތު އޮތީ ދިވެހި ސިފައިންގެ ކްލަބް އެވެ. އެއީ ދެ ވަނައިގައި އޮތް ފެނަކައާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ކުރިލިބޭތީ އެވެ. ސިފައިންނަށް ދެ މެޗުން ހަ ޕޮއިންޓާއި ފައިދާ 30 ގޯލު އޮތްއިރު، ފެނަކަ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، އަދި ފައިދާ ގޯލެއް ނެތެވެ. ތިން ވަނައިގައި ވެމްކޯ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އޮތީ ދެ މެޗުން އެއް ޕޮއިންޓާ އެކު އެވެ. ކުޅުނު ދެ މެޗުން ވެސް ބޮޑު ތަފާތަކުން ބަލިވެ، މިނިސްޓްރީ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގަ އެވެ.

ލީގު ބުރަށް ފަހު އެއް ޓީމު ކަޓައި، އަނެއް ހަތަރު ޓީމު ސެމީ އަށް ދާނެ އެވެ. ފުރަތަމަ ސެމީގައި އެއް ވަނަ އާއި ހަތަރު ވަނަ ކުޅޭއިރު، ދެ ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ އާއި ތިން ވަނަ ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox