އެމްޕީއެލް އާއި ފެނަކަ އަށް ދެ ވަނަ މޮޅު، ޑީޖީއޭ އަށް ވެސް ކާމިޔާބު

Oct 15, 2022, 3:49 AM
ރޭގެ މެޗުގައި ދެ ހެޓްރިކް ހެދި ފެނަކަ ޓީމުގެ ކެޕްޓަން އޮންލީ (ކ) އާއި އެ ޓީމުގެ މުއްކި ގޯލެއް ޖެހުމަށް ފަހު އުފާފާޅުުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ރޭގެ މެޗުގައި ދެ ހެޓްރިކް ހެދި ފެނަކަ ޓީމުގެ ކެޕްޓަން އޮންލީ (ކ) އާއި އެ ޓީމުގެ މުއްކި ގޯލެއް ޖެހުމަށް ފަހު އުފާފާޅުުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ޓީމު ފެނަކަ އާއި އެމްޕީއެލް އަދި ޓީމު ޑީޖީއޭ މޮޅުވެއްޖެ އެވެ.

އެމްޕީއެލް އާއި ފެނަކަ ދެ ވަނަ މޮޅު ހޯދިއިރު، މިއީ ޓީމު ޑީޖީއޭ އަށް ފުރަތަމަ މެޗުގެ ނާކާމިޔާބީ އިން އަރައިގަންނަން ލިބުނު ރަނގަޅު މޮޅެކެވެ.

ފެނަކަ އިން ވަނީ ރޭ ކުޅުނު މެޗުގައި ޓީމު ސިވިލް ކޯޓު 8-2 އިން ބަލިކޮށްފަ އެވެ. އެމްޕީއެލް އިން ޔޫތު މިނިސްޓްރީ ބަލިކުރީ 4-0 އިންނެވެ. ޓްރޭޑް ކްލަބްގެ މައްޗަށް ޓީމު ޑީޖީއޭ ކުރިހޯދީ 5-1 އިންނެވެ. އަދި އެމްއޭސީއެލް އާއި ކްލަބް އޭވިއޭޝަން ސެކިއުރިޓީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ މެޗުގައި ޔުނައިޓެޑް ބީއެމްއެމް އަތުން މޮޅުވި ފެނަކަ އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ތިން ގޯލު ޖަހައިފަ އެވެ. މި ތިން ލަނޑު ވެސް ޖެހީ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. ފަހަތަށް ކުޅެމުން އެޓޭކްގައި ބައިވެރިވެ، ރަނގަޅު ތަނަށް ހުސްވެ، އޮންލީ ޖެހީ މޮޅު ޓީމު ގޯލުތަކެކެވެ.

ސިވިލް ކޯޓުން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށުނުތަނުން ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. އެ ގޯލު ޖެހިތާ އިރުކޮޅެއް ފަހުން، އޮންލީ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ އިބްރާހިމް މުބީން (މުއްކި) ދިން ބޯޅަ އަކުން ޖެހި ގޯލެކެވެ. ފެނަކަ ޓީމުގެ ފަސް ވަނަ ގޯލު ޖެހީ އޭރިއާބޭރުން ޖެހި ޝޮޓަކުން އަޔާޒް އަހުމަދު (އަޔާ) އެވެ. ހާޒިމް ފައުޒީ ދިން ބޯޅައަކުން އޮންލީ ވަނީ ފެނަކަ ޓީމުގެ ހަ ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. އޮންލީ ދިން ބޯޅައަކުން ހާޒިމް ވަނީ ފެނަކަގެ ހަަތް ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ ފަހު މިނިޓްގައި އަންކޮ ވަނީ ސިވިލް ކޯޓުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން، އޮންލީ ވަނީ އޭނާގެ ދެ ވަނަ ހެޓްރިކް ފުރިހަމަކޮށް، ފެނަކަ ޓީމުގެ އަށް ވަނަ ގޯލު ޖަހައިފަ އެވެ.

އެމްޕީއެލް އިން ޔޫތު މިނިސްޓްރީ ބަލިކުރިއިރު، އެ ޓީމުގެ ގޯލުތައް ޖެހީ އަހުމަދު ހުސެއިން (އައްމަޑޭ)، ސާޖިދު ރަޝީދު، މުހައްމަދު ޔަފާއު އަދި އަލީ ހައިޝަމް (ޗުމްޕު) އެވެ.

ގްރޫޕް ސީގައި ރޭ ޓްރޭޑް ކްލަބް ކޮޅަށް ޑީޖީއޭގެ ގޯލުތައް ޖެހީ މުހައްމަދު އަޖުވަދު ސޮލާހު ދެ ގޯލާއި ސައުދުﷲ އަހުމަދު، ހަސަން އިހުސާން އަދި އަބްދުﷲ ފާރިޝް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ޓްރޭޑް ކްލަބްގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ އިރުފާން އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި އެމްއޭސީއެލް އާއި އޭވިއޭޝަން ސެކިއުރިޓީ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ، އެމްއޭސީއެލް އިން ލީޑުނެގީ އަޒްޔާން އިބްރާހިމް ޖެހި ގޯލުންނެވެ. މިއީ އޭވިއޭޝަން ސެކިއުރިޓީ ޓީމުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަަގައި އަޒްޔާން ޖެހި ގޯލެކެވެ.

އެމްއޭސީއެލް އަށް ލީޑުހިފަހައްޓައިލެވުނީ ދެ މިނިޓެވެ. އޭވިއޭޝަން ސެކިއުރިޓީ ޓީމުގެ އިސްމާއިލް ސިއާދު ހުސްކޮށްލާފައި އެ ޓީމުގެ ތައުމީން ނޫހަށް ދިން ބޯޅަ އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox