މޯލްޑިވްސް ޗެލެންޖާ އެކު ސަން އައިލެންޑަށް ބީޗްވޮލީބޯޅައިގެ އީދެއް!

އެފްއައިވީބީގެ ބީޗް ޓުއާ މޯލްޑިވްސް ޗެލެންޖް މުބާރާތުގެ ތެރެއިން ރާއްޖޭގެ އެޑަމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއައިވީބީގެ ބީޗް ޓުއާ މޯލްޑިވްސް ޗެލެންޖް މުބާރާތުގެ ތެރެއިން ރާއްޖޭގެ އެޑަމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދުނިޔޭގެ ބީޗްވޮލީބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތް ކަމަށްވާ އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ ލެގެއް ރާއްޖޭގައި ބާއްވަން ނިންމުމަކީ އެއްވެސް ބަޔަކު ހައިރާންވާނެ ކަމެއް ނޫނެވެ. މިކަމަށް ބޭނުންވާ ވަސީލަތްތަކާއި ޓެކްނިކަލް ތަމްރީން ލިބިފައިވާ އޮފިޝަލުންނާއި، ފެންވަރު ރަނގަޅު މުބާރާތަކަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ރާއްޖޭގައި ފުރިހަމަ އަށް އެބަހުއްޓެވެ. މިހާރު، ސަން އައިލެންޑުގައި ކުރިއަށްދާ އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ މޯލްޑިވްސް ޗެލެންޖަށް ބަލާލުމުން އެކަން ޔަގީންވާނެ އެވެ.

މުޅި ދުނިޔެ އަށް ރާއްޖެ މަގުބޫލުވެފައިވާ ހުދު ދޮންވެލިގަނޑުގައި މުބާރާތް ކުރިއަށްދާއިރު ޖެހިގެން އެ އޮތީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގައި މަޖާކޮށްލަން އަބަދުވެސް ބޭނުންވާ ފެންވަރުގެ މޫދެކެވެ.

ކޮންމެ މެޗަކަށް ފަހު ކުޅުންތެރިންގެ ފުރަތަމަ މިސްރާބު ޖަހަނީީ ޖެހިގެން އޮތް ވިލު ނޫ ކުލައިގެ މޫދަށެވެ. އެ މޫދުގައި ފަތާލާފައި ނޫނީ އެހެންކަމަކަށް ސަމާލުކަން ނުދެ އެވެ. ރިކަވަރީ އަކީ މޫދުގައި ކުރާ ކަސްރަތެވެ. ފުރަތަމަ ދުވަހު ކުޅުނު ކޮލިފައިން މެޗުތަކުން ބަލިވެ މުބާރާތުން ކަޓާފައިވާ ޓީމުތަކުގެ ކުޅުންތެރިންގެ ހާލަތަކީވެސް މިއީ އެވެ. މުބާރާތުން ކެޓުމުގެ މާޔޫސްކަން އެއްކައިރިކޮށްލާފައި ރާއްޖޭގައި ހުވަފެނީ ޗުއްޓީ ހޭދަކުރަނީ އެވެ.

ދެން އޮތީ މި މުބާރާތުގެ އިންތިޒާމްތަކަށް ސަން އައިލެންޑުން ކުރި މަސައްކަތުގެ ވާހަކަ އެވެ. ވޮލީއަށް ލޯބި ކުރާ ސްޓާފުން ދިރިއުޅޭ ސަން އައިލެންޑަށް މުބާރާތަށް ތައްޔާރުވުމަށް ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރި މަސައްކަތުގެ ވާހަކަ އެވެ.

މޯލްޑިވްސް ޗެލެންޖްގައި އެމެރިކާގެ ޓީމު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުބާރާތް ސަން އައިލެންޑުގައި ބާއްވަން ނިންމައި ކޯޓުތައް އަޅާނެ ތަނާއި ކަންކަން ރާވާނެ ގޮތުގެ މަޝްވަރާތަކަށް މީގެ ދުވަސްތަކެއް ކުރިން ސަން އައިލެންޑުގައި ކުރިއަށްދިޔަ އެވެ. ރާއްޖޭގެ ވޮލީ އެސޯސިއޭޝަނުން ބޭނުންވާ ގޮތަށް ވެލިގަނޑު އެއްވަރުކޮށް ކޯޓުތަކަށް ބޭނުންވާ ވަރުގެ ރަނގަޅު ޖާގައެއް ތައްޔާރުކޮށްފަައި ސަން އައިލެންޑުން ތިބީ ހަމަޖެހިލައިގެންނެވެ.

މުބާރާތް ފެށެން ތިން ދުވަހަށް ވެފައި އޮއްވާ ޓެކްނިކަލް އޮފިޝަލުންގެ އިރުޝާދަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހި އެކަމަށް މަސައްކަތް ފެށުނެވެ. މި މަސައްކަތަށް ކައިރީގައި އޮތް މާމިގިލިންވެސް ބައެއް މެޝިންތައް ގެންނަން ޖެހުނެވެ. މި މަސައްކަތް ނިންމައި ކޯޓުތަކުގެ ކައިރީގައި ހުންނަން ޖެހޭ އެހެނިހެން ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ރެއާއި ދުވާލު ހުއްޓުމެއް ނެތި ސަން އައިލެންޑުން ކޮށްފައިވަނީ އެއްވެސް ޝަކުވާ އެއް ނެތި އެވެ.

"އަސްލު މުބާރާތުގެ ރަސްމީ މަސައްކަތް ފެށުނީ ތިން ދުވަހަށް ވެފައި ވަނިކޮށް، އެ ތިން ދުވަސް ތެރޭގައި ކުރަން ޖެހުނު ބައިވަރުކަންކަން، ރިސޯޓުގެ ގިނަ ބަޔަކު މިކަމުގައި ވަރަށް ބުރަކޮށް އުޅެގެން ބޭނުންވާ ފެންވަރަށް ތަން ތައްޔާރުކުރެވުނީ" ސަން އައިލެންޑުގެ ސްޕޯޓްސް، ރެކްރިއޭޝަން އެންޑް އެންޓަޓެއިންމެންޓް މެނޭޖަރު މުހައްމަދު ނަދީމް ވިދާޅުވި އެވެ.

މުބާރާތުގެ ކުރިން ކުރަން ޖެހުނު މަސައްކަތުގެ އިތުރަށް މުބާރާތް ކުރިއަށްދާއިރު ވެސް ސަން އައިލެންޑުން ކުރަން ޖެހޭ މަސައްކަތަކީ ވަރަށް ޗެލެންޖިން ބުރަ މަސައްކަތެކެވެ. ސަބަބަކީ މި ދަނޑިވަޅުގައި ރިސޯޓުގައި ފުލްކޮށް ގެސްޓުން ތިބުމެވެ. އެހެންކަމުން، ގެސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެއްވެސް އުނިކަމެއް ނެތި ދެމުން މުބާރާތުގެ ކަންކަންވެސް ފުރިހަމައަށް ކުރިއަށް ގެންދަން ޖެހުމެވެ.

"ރިސޯޓު މިއޮތީ އޯވާ ބުކްވެފައި. ހާހެއްހާ ޓުއަރިސްޓުން އެބަ އުޅޭ. އެ އެންމެންނަން ހުރިހާ ކަމަކަށް ކޭޓާކުރަމުން މިކަންކަން ކުރިއަށް މިދަނީ. އެހެންވީމަ އަސްލު މިކަން ބުރަކަމަކަށް މިވަނީ. މެޗުތައް ކުޅޭއިރު އެކި ގަޑީގެ ސައި، ހުރިހާ އޮފިޝަލުންގެ ކެއުމާއި ކަންކަން. އަނެއްކާ މުބާރާތުގެ ތެރެއިން ބޭނުންވާ އެކި އެކި ސާމާނުވެސް ހަމަޖައްސަމުން މިދަނީ" ނަދީމް ވިދާޅުވި އެވެ.

މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ސަން އައިލެންޑް ރިސޯޓްގެ ބީޗްގައި އަޅާފައިވާ ހަތަރު ކޯޓުގެ ސެޓަޕް.-- ފޮޓޯ: އަދަދު

މުބާރާތުގެ ދެ ދުވަހުގެ މެޗުތައް ނިމުނުއިރު، ދެ ދުވަހުވެސް މެޗުތައް ބޭނުންވި ގަޑިއަށް ފެށުނެވެ. އަނެއްކޮޅުން ވިއްސާރައިގެ ސަބަބުން ބޯ ވާރޭގައިވެސް މެޗުތައް ކުރިއަށްދާއިރު ސަން އައިލެންޑުގެ ސްޓާފުން ތިބެނީ ތައްޔާރަށެވެ. ވާރޭގެ ސަބަބުން ދިމާވާ ކަންކަމަށް ފުރިހަމައަށް ތާއްޔާރުވެގެންނެވެ.

މުބާރާތުގެ ކޯޓުތަކުގައި ހަރަކާތްތެރިވަމުން އަންނަ ބޯލް ބޯއީސް އާއި އެހެނިހެން އެހީތެރިންގެ ކަންކަން ވެސް ބަލަހައްޓަނީ ސަން އައިލެންޑުންނެވެ. ކޮންމެ ދުވަހަކުވެސް ކައިރީގައި އޮތް މާމިގިލިންނާއި ފެންފުށިން 100 އެއްހާ މީހުން ރިސޯޓަށް އާދެ އެވެ. މުބާރާތަށް މި އަންނަ ހުރިހާ ފަރާތެއްގެ މެންދުރު ކެއުމާއި، ސައި އަދި ދަތުރު ފަތުރުގެ ކަންކަންވެސް ބަލަހައްޓަމުން އަންނަނީ ރިސޯޓުންނެވެ.

ސަން އައިލެންޑުން ކަންކަން ހަމަޖައްސާފައި އޮތް ފުރިހަމަކަން އެސޯސިއޭޝަނުން ވެސް ފާހަގަކުރެ އެވެ. ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ އެއްވެސް ދިމާލަކުން ޝަކުވާއެއް އަންނާނެ ވަރުގެ އެއްވެސް ކަމެއް ނެތްކަމަށެވެ. އެހާވެސް ފުރިހަމައަށް ރިސޯޓުން ކަންކަން ހަމަޖައްސައިދީ އެއްބާރުލުން ދެމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

"ކޮންމެ ގަޑިއަކު ގުޅިޔަސް ބަރާބަރަށް އެޓެންޑުވަމުން އެ އަންނަނީ. އެފްއައިވީބީ އިންވެސް، ކުޅުންތެރިންވެސް ހަމަ ވަރަށް ބޮޑަށް ފާހަގަކުރޭ ކަންކަން ހަމަޖެހިފައި ހުރިލެއް ފުރިހަމަކަމުން" ރަނޭޝް ވިދާޅުވި އެވެ.

މުބާރާތުގެ ކަންކަން ހަމަޖެހިފައި އޮތް ފުރިހަމަކަމާއި ކޯޓުތައް ތައްޔާރުވެފައި ހުރި ގޮތަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާއިން ވެސް އަންނަނީ ތައުރީފު ކުރަމުންނެވެ.

އެފްއައިވީބީ އިން މުބާރާތަށް ކަނޑައަޅާފައި ހުރި މަންދޫބު ބުނާ ގޮތުން އޭނާ މިހާތަނަށް ދިޔަ އެއްވެސް މުބާރާތެއްގައި މި ފެންވަރުގެ ހިތްގައިމު، ފުރިހަމަ ސެޓަޕެއް ނުދެެކެ އެވެ.

"ބީޗް ޕްރޯ ޓުއާގައި ގިނަ ގައުމުތަކަށް ދެވިއްޖެ. އެކަމަކު މިވަރުގެ ސަޅި ހިތްގައިމު ސެޓަޕެއް ނުދެކެން. ވަރަށް ސަޅި. ފެންވަރު ރަނގަޅު. މެޗުތައް ބަލާލައި ރާއްޖޭގެ ގުދުރަތީ ރީތިކަންވެސް ބަލާލަން މިއީ ހަމަ އެއްވަނައިގެ ތަނެއް." އޭނާ ބުންޏެވެ.

ސަން އައިލެންޑުން މި ކުރި މަސައްކަތަށް ބަލާއިރު ހުރިހާ ގޮތަކުންވެސް ތައުރީފު ހައްގެވެ. އަނެއްކޮޅުން މި ދަނޑިވަޅުގައި ރިސޯޓުގައި ޗުއްޓީއަށް އައިސްތިބި ގެސްޓުން ވެސް އަންނަނީ މުބާރާތުގެ މެޗުތައް ބަލައި އަމިއްލަ ގައުމުތަކަށް ސަޕޯޓު ކުރަމުންނެވެ. ގިނަ ގޮންޖެހުންތަކާއި، ޒިންމާތަކަކާ އެކު ސަން އައިލެންޑަށް މިއައި ވޮލީބޯޅައިގެ އީދު ފެންނަނީ ވަރަށް ކުލަ ގަދަކޮށެވެ. އީދެއްގައި މަޖާ ނަގާ ގޮތަށް ހުރިހާ ބައިވެރިން ވެސް އުފާވެރި މާހައުލެއްގައި އެހާމެ މަޖާ ނަގައި ހިތްހަމަޖައްސައިލާތަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox