އާސެނަލްގެ ރެކޯޑް ކުރިއަށް، މެކްޓޮމިނޭ ފަހު ވަގުތު ޔުނައިޓެޑް މޮޅުކޮށްދީފި

Oct 14, 2022, 5:22 AM
ޔުނައިޓެޑްގެ ލަނޑު ޖެހުމަށް ފަހު މެކްޓޮމިނޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ލަނޑު ޖެހުމަށް ފަހު މެކްޓޮމިނޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮކްޓޫބަރު 14) - ޔުއެފާ ޔޫރޮޕާ ލީގުގަައި ރޭ ނޯވޭގެ ބޯޑޯ/ގިލްމް އަތުން ބުކާޔޯ ސަކާގެ ގޯލުން 1-0 އިން އާސެނަލް މޮޅުވިއިރު، ފަހު ވަގުތު ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުން ސައިޕްރަސްގެ އޮމޯނިއޯ ނިކޯސިއާ އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ބޯޑޯ/ގިލްމްއާ ދެކޮޅަށް އާސެނަލްގެ ސަކާ ފުރަތަމަ ހާފުގެ މެދު ތެރެއިން ޖެހި ގޯލަކީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑެވެ. އާސެނަލްގެ މިޑްފީލްޑަރު، ސަމްބީ ލޮކޮންގާ އާއި ސަކާ ގުޅިގެން އުފެއްދި އެޓޭކް ހުއްޓުވަން ބޯޑޯ/ގިލްމް ޑިފެންޑަރުން މަސައްކަތް ކުރި ނަމަވެސް ސަކާ ވަނީ ރަނގަޅު ތަނަށް ވަދެ، ގޯލު ޖަހަން ކުރި ހިތްވަރުން އެކަން ކާމިޔާބުކޮށްފަ އެވެ.

މި މޮޅާ އެކު އާސެނަލް އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޕީއެސްވީން ވަނީ ރޭ އެފްސީ ޒިއުރިކް 5-0 އިން ބަލިކޮށްފަ އެވެ. ޕީއެސްވީ އަށް ތިން މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު ބޯޑޯ/ގިލްމް އެވެ. ފުލުގައި އޮތް ޒިއުރިކް ހަތަރު މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

Advertisement

ލަނޑު ޖެހުމަށް ފަހު ސަކާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ޔުނައިޓެޑުން 11 ހަމަލާ ގޯލާ ސީދާކޮށް ފޮނުވާލިއިރު، އޮމޯނިއާގެ ކީޕަރު، ފްރާންސިސް އޮޒޯހޯ ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ކަސެމީރޯ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް ވެސް އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި، މާކަސް ރެޝްފޯޑަށް ވެސް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހި ސްކޮޓް މެކްޓޮމިނޭ ކުޅެން އެރީ ބަދަލަކަށެވެ. މެޗުގެ އިތުރު ވަގުތުގައި މެކްޓޮމިނޭ، މި ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިން ޖޭޑަން ސަންޗޯ އަކީ ވެސް ދެ ވަނަ ހާފުގައި ބަދަލަކަށް އެރި ކުޅުންތެރިއެކެވެ.

ޔުނައިޓެޑް ހިމެނޭ ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހަމަކޮށްފައިވާ ރެއާލް ސޮސިއެޑާޑް އެވެ. ރޭ ސޮސިއެޑާޑް ވަނީ 3-0 އިން ޝެރިފް ޓިރާސްޕޯލް ބަލިކޮށް އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ދެ ވަނައިގައި ޔުނައިޓެޑް ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އޮތްއިރު، އަނެއް ބުރު ޔަގީންކުރަން ބާކީ އޮތް ދެ މެޗުން ޔުނައިޓެޑް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕްގެ ތިން ވަނައިގައި އޮތް ޝެރިފަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އޮމޯނިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުތަކަށް ފަހު ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުން ޖާގަ ލިބިފައިވާ ޓީމުތަކަކީ ގްރޫޕް ބީން ފެނަބާޗޭ އާއި ރެން، ގްރޫޕް ސީން ރެއާލް ބެޓިސް، ގްރޫޕް އީން ރެއާލް ސޮސިއެޑާޑް އަދި ގްރޫޕް ޖީން ފްރެއިބާގް އެވެ.

ރެން އިން ވަނީ ރޭ ޑިނަމޯ ކިއޭވް އަތުން 1-0 އިން މޮޅުވެފަ އެވެ. ފެނަބާޗޭ އިން ލަނާކާ ބަލިކުރީ 2-1 އިންނެވެ. ރެއާލް ބެޓިސް އިން ވަނީ 1-1 އިން ހޯސޭ މޮރީނިއޯގެ ރޯމާއާ އެއްވަރުކޮށްފަ އެވެ. އަދި ފްރާންސްގެ ނޯންޓްސް ދަނޑުގައި ފްރެއިބާގް މޮޅުވީ 4-0 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox