ހުލާސާކޮށް އިއްޔެ: އަންނަ އަހަރަށް 41 ބިލިއަން ރުފިޔާގެ ބަޖަޓެއް

Oct 14, 2022, 1:13 AM
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ: އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ: އަދަދު

އަންނަ އަހަރަށް ސަރުކާރުން އަންދާޒާކޮށްފައި ވަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރެއްވީ އިއްޔެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އަމީރު ވިދާޅުވީ "2023 ވަނަ އަހަރު 41.5 ބިލިއަން ރުފިޔޭގެ ބަޖެޓެއް ކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ފިސްކަލް ސްޓެރެޓެޖީ ނަމްބަރުތައް ވެސް އޭގައި އަޅުގަނޑުމެން ހިމަނާފައިވާނެ،" ކަމަށެވެ.

މިހާރު މަސައްކަތް ކުރަން ޖެހިފައިވަނީ ވަރަށް ބޮޑަށް ބަދަލުވަމުންދާ ހާލަތެއްގައި ކަމަށާއި އެހެން ނަމަވެސް އަންދާޒާކުރި މިންވަރަށް ވުރެ ރަނގަޅަށް ރާއްޖޭގެ އިގުތިސާދު ޕާފޯމް ކުރަމުންދާ ތަން ފެންނަ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރު ސަރުކާރަށް ޖުމްލަ އާމްދަނީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެ މި އަހަރު ނިމުމުގެ ކުރިން އާމްދަނީގެ ގޮތުގައި 24.9 ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު ވެސް "ބީ ނެގަޓިވް" ގައި ހިފެހެއްޓިއިރު، ކުރިމަތިވެދާނެ ކަމަށް ބެލެވޭ ގޮންޖެހުންތަކުގެ ސަބަބުން އިގުތިސޯދީ ހާލަތު ލަފާކުރާ ގޮތް ދަށްކޮށް، ރިޕޯޓް ނެރުނީ އިއްޔެ އެވެ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްކުރާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ މުވައްޒަފަކު ކޮންޓެއިނަރެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު ކަމަށް ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އިއްޔެ ބުންޏެވެ.
  • ގެއްލިގެން ހޯދަނިކޮށް ގަސްތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒުހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމެއް ހެދުމަށްފަހު މާލެ ގެނެސްފައިވާ ކަމާއި މިއަދު އޭނާގެ ޖަނާޒާ ބޭއްވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
  • ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު ލަންކާއިން ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ދޫކޮށްލުމުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު ބަދަލުކޮށްފި ކަމަށް ބުނީ އިއްޔެ އެވެ.

  • ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާ ދިނުމަށް ފަހު އޭނާގެ އާއިލާގެ ބައެއް މީހުނާއި މާރާމާރީގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުނާ ދެމެދު ހިނގި ޒުވާބު އިއްޔެ އޮތް ޝަރީއަތުގައި ކިޔައިދީނެވެ.
  • ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅައި، އުމުރުން ދުވަސްވީ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގައި އެލްޑާލީ ކޮމިއުނިޓީ ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.
  • ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށް، މިހާތަނަށް މަސައްކަތެއްނުކޮށް ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވ. ހުޅިދޫ ކުއްޔަށް ދިނުމުގެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލާ އިއްޔެ މުޒާހަރާ ކުރި އެވެ.
  • ހުޅަނގު މޫސުމުގެ ބާރުގަދަވެ، ދިޔަވަރު ބޮޑުވެ އުދަ އަރާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އިއްޔެ ރޭ އދ. ދިގުރަށަށް އެރި އުދަ އެރަށުގެ މީހުން ސިފަކުރީ ސުނާމީއެއްގެ ގޮތުގަ އެވެ. މީގެ ތިރީގައި އެ ވަނީ އެ މަންޒަރު ފެންނަ ވީޑިއޯ އެވެ.

ދުވަހުގެ ކޯޓޭޝަން

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވ. ހުޅިދޫގައި، ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ބުނެ އެ އަތޮޅުގެ ރައްޔިތުންގެ ބަޔަކު އިއްޔެ ރަށަށް އަރައި މުޒާހަރާ ކުރަމުން ދިޔައިރު، އެތަނުގައި ހުންނަވައި ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ؛

ވާވު އަތޮޅު ތެރޭގައި ގުތުރަތީ ގޮތުން މިހުރި ވަސީލަތްތައް، ކުއްޔަށް ދޫކުރެވިފައި ހުރި ރަށްރަށް ގާނޫނާ ހިލާފަށް އެ ރަށްރަށުގެ ބޭނުން ކުރާތީ އަތޮޅު ކައުންސިލުން އޮންނާނީ އެދިފައި މިރަށްތައް ކައުންސިލާއި ހަވާލު ކުރުމަށް،"

ދުވަހުގެ ފޮޓޯ

ސސސސ
ސސސސ

ސަން އައިލެންޑްގައި އިއްޔެ ފެށި އެފްއައިވީބީ ބީޗް ޓުއާ މުބާރާތުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ކޯކޭ ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ތައިލެންޑްގެ ކުޅުންތެރިޔާ މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox