ސިޓީ ކައުންސިލް ކަޓައި، މޯލްޑިވިއަން އާއި އާރްއާރްސީ ދެ ވަނަ ބުރަށް

Oct 13, 2022, 9:20 PM
ސިޓީ ކައުންސިލްގެ އައިހަމް (ކ) ކައިރިން މޯލްޑިވިއަންގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު

ސިޓީ ކައުންސިލްގެ އައިހަމް (ކ) ކައިރިން މޯލްޑިވިއަންގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ޓީމު މާލެ ސިޓީ ކައުންސިލް އަތުން 2-1 އިން މޯލްޑިވިއަން މޮޅުވިއިރު، މި ނަތީޖާއާ އެކު، ގްރޫޕް ބީން ގަދަ 16 ޓީމު ވާދަކުރާ ބުުރުގެ ދެ ޖާގަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްއާރްސީ) އާއި މޯލްޑިވިއަން އަށް ކަށަވަރުވެއްޖެ އެވެ.

ގްރޫޕް ބީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެއް ވަނައިގައި އޮތް އާރްއާރްސީ އާއި ދެ ވަނައިގައި އޮތް މޯލްޑިވިއަން އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސިޓީ ކައުންސިލާއި ހަތަރެއްގައި އޮތް މީޑިއާނެޓް ދެ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް އަދި ލިބިފައިނުވާއިރު، ދެން މި ދެ ޓީމަށް ވެސް ހަ ޕޮއިންޓް ހަމަކުރެވޭނެ ގޮތެއް ނެތި ކެޓީ އެވެ.

ރެހެންދި ދެ ވަނަ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި، މޯލްޑިވިއަން އަށް ލީޑުނަގައިިދިނީ އިބްރާހިމް ނަދާދު (ކުޑައްޓޭ) ނެގި ހުރަހަކުން ހުސެއިން އަފްސަލް (އޮޒިލް) ޖެހި ގޯލުންނެވެ. އެއްލުމެއްގައި ނަދާދު ރަނގަޅު ވަގުތު ކުޅުނު ބޯޅަ އަފްސަލް ވަނީ ވެއްޓިގެންފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 15 ވަނަ މިނިޓްގައި މޯލްޑިވިއަންގެ ދެ ވަނަ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެދެއްހާ ހިސާބުން ހަމްޕު ޖެހި ބޯޅަ ގޯލަށް ވަނީ ސިޓީ ކައުންސިލްގެ ހަމްދޫން އަބްދުލް ލަތީފް ފައިގައި ޖެހިފަ އެވެ.

ގޯލެއް ޖެހޭތޯ ސިޓީ ކައުންސިލުން މި މެޗުގައި ފޮނުވާލި ގިނަ ހަމަލާތައް ހުއްޓުވުމުގައި މޯލްޑިވިއަންގެ ކީޕަރު މުހައްމަދު ސިޔާޒު އިސް ދައުރެއް އަދާކުރި އެވެ.

ސިޓީ ކައުންސިލަށް ކުރިއަށް ދެވެން އޮތީ މި މެޗުގައި ބަލިނުވެ ފަރުޖައްސާލައިގެން ކަމަށްވާތީ ފަހު ވަގުތާ ހަމައަށް އެ ޓީމުން ރަނގަޅަށް މަސައްކަތް ކުރި އެވެ. އެ ގޮތުން އެއް ގޯލު ވެސް ޖެހި އެވެ. މިއީ އޭރިއާ ރޮނގުކައިރިން ސިޓީ ކައުންސިލްގެ މުހައްމަދު ނާއިމް ޖެހި ގޯލެކެވެ. ނާއިމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

މިފްކޯގެ ރައުހާން (ވ) އަތުން ބޯޅަ ހޯދަން އެމްޓީސީސީގެ ލިރުއާމް މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު

އެމްޓީސީސީ އަށް ފުރަތަމަ މޮޅާ އެކު އުންމީދެއް

ގްރޫޕް އޭގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު މިފްކޯ އަތުން އެމްޓީސީސީ މޮޅުވީ 3-2 އިންނެވެ. އެމްޓީސީސީ އަށް މި މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ސްރީ ލަންކާގެ މުހައްމަދު ފަސަލް އެވެ. އެމްޓީސީސީގެ ހަމަލާއެއް ހުއްޓުވަން މިފްކޯ އިން ބްލޮކްކުރަން މަސައްކަތް ކުރި ބޯޅަ ގޯލު ކުރިމަތިން ހޯދައި ފަސަލް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައި އަހުމަދު ރިފްޝާން ވަނީ މިފްކޯ އަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 23 ވަނަ މިނިޓްގައި އަލީ ލިރުއާމް ވަނީ އެމްޓީސީސީ އަށް އަލުން ލީޑުނަގައިދީފަ އެވެ. މިއީ ފަަސަލް ނެގި ކޯނަރަކުން ލިރުއާމް ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 31 ވަނަ މިނިޓްގައި މިފްކޯގެ ސަފްވާން އަދުނާން ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖަހައި އަލުން މިފްކޯ އަށް އެއްވަރުކޮށްދީފަ އެވެ.

އެމްޓީސީސީ މޮޅުވި ގޯލު މެޗުގެ ފަހު މިނިޓްގައި ޖެހީ އަލީ ނާފިއު (ކަޅޭ) އެވެ. މިއީ ފަަސަލް ދިން ބޯޅައަކުން ކީޕަރު ކައިރިން ނައްޓާފައި ކަޅޭ ޖެހި ގޯލެކެވެ. މިއީ ފުރަތަމަ މެޗުން ކްލަބް ވެމްކޯ އަތުން ބަލިވި، އެމްޓީސީސީ އަށް އާ ފެށުމަކުން މުބާރާތް ފަށަން ބަލާއިރު މުހިންމު މޮޅެކެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ދެ މެޗުން މޮޅުވެގެން ހަ ޕޮއިންޓާ އެކު ވެމްކޯ އޮތްއިރު، ދެ ވަނައިގައި އޮތް ފެން ކްލަބާއި ތިން ވަނައިގައި އޮތް އެމްޓީސީސީ އަށް ވަނީ ދެ މެޗު ކުޅެގެން ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މިފްކޯ ދެ މެޗުން ވެސް ބަލިވެ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox