ހަމަލާއަށް ފަހު، މަރުގެ ތުހުމަތު އޮތް މީހުނާއި އުދައްޔުގެ އާއިލާއާ ކުރި ޒުވާބު ކިޔައިދީފި

މަރަލާފައިވާ އުދައްޔު: މާރާމާރީ ހިންގި ކަމަށް ކަމަށް ތުހުމަތު ކުރާ މީހުނާއި އުދައްޔުގެ އާއިލާއާ ދެމެދު ކުރި ޒުވާބު ކިޔައިދީފި

މަރަލާފައިވާ އުދައްޔު: މާރާމާރީ ހިންގި ކަމަށް ކަމަށް ތުހުމަތު ކުރާ މީހުނާއި އުދައްޔުގެ އާއިލާއާ ދެމެދު ކުރި ޒުވާބު ކިޔައިދީފި

ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާ ދިނުމަށް ފަހު އޭނާގެ އާއިލާގެ ބައެއް މީހުނާއި މާރާމާރީގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުނާ ދެމެދު ހިނގި ޒުވާބު މިއަދު އޮތް ޝަރީއަތުގައި ކިޔައިދީފި އެވެ.

އުދައްޔަށް ދިން ހަމަލާއާ ގުޅިގެން އޭނާ މަރުވި މައްސަލާގައި، ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، މާރާމާރީއެއް ހިންގުމުގެ ދައުވާ ކޮށްފައިވެ އެވެ.

ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށް ކުރާ އެ ދައުވާތަކުގެ ޝަރީއަތުގައި، މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ.

މާމެންދޫގައި ހިނގި އެ މާރާމާރީގެ މަންޒަރު ދުށް މީހުން، ކާކުކަން ނޭނގޭ ގޮތަށް، އަޑު ބަދަލުކޮށް ސިއްރު ހެކިންގެ ހެކިބަސް ދެމުންދާއިރު، މިއަދު ވެސް އެއިން ހަތަރު ހެއްކެއްގެ ހެކިބަސް ނެގި އެވެ.

މިއަދު ހެކިބަސް ދިން މީހުންގެ ތެރެއިން އެކަކު ހެކިބަސް ދިނީ އުދައްޔަށް ދިން ހަމަލާއަށް ފަހު، އުދައްޔުގެ ބޭބެ މުހައްމަދާއި ފިރުޝާނާ ދެމެދު ދެން ބައިވެރިވި މީހުން ހިނގި ޒުވާބު ބުނެދިނުމަށެވެ.

ހެކިވެރިޔާ ބުނި ގޮތުގައި އެ ޒުވާބެއްގައި، އުދައްޔު ޒަހަމްވެގެން އެ ރަށު މަރުކަޒަށް ފަރުވާ ދޭން ގެންގޮސް އޮއްވަ އެވެ.

"އުދައްޔުގެ އެއްބަނޑު އެއްބަފާ ބޭބެ، ފުރިހަމަ ނަމެއް ނޭނގެ، ރަށު މީހުން ކިޔާނީ މުހައްމަދު، އޭނާ ގޮވި އަޑު އިވޭ، ތިމަންނަ ކޮއްކޮ މަރުވެއްޖެއްޔާ ކަލޭމެން ވެސް މަރާލާނަމޭ، ދެން އެ ރައްދުގަ މާޒިން ގޮވާ، ހޭއަރުވާލާފައޭ އޮންނާނީ،" ހެކިވެރިޔާ ބުންޏެވެ.

މާޒިންގެ އިތުރުން އުދައްޔަށް ހަމަލާދީ މަރާލި ކަމުގެ ދައުވާ ކުރާ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖާ ވެސް އެ ތަނުގައި ހުރި ކަމަށާއި އެ މީހުންގެ މައިންބަފައިން ވެސް އެ ތަނުގައި ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.

"އަހަރުމެން ދެން މިއީ މާމެންދޫގައި ކިންގްސްއޭ ވެސް މާޒިނާއި [ކުޑަކުއްޖާގެ ނަން ބުނެފައި] ގޮވި," ހެކިވެރިޔާ ބުންޏެވެ.

މާމެންދޫގައި ހިނގި މާރާމާރީގެ މަންޒަރުތައް ދުށް މީހުންގެ ތެރެއިން ސިއްރު ހެކިވެރިންގެ ގޮތުގައި މިހާތަނަށް އަށް ހެއްކެއް ހާޒިރުކޮށް ވަނީ ހެކިބަސް ނެގިފަ އެވެ.

ދައުލަތުން 20 އަށް ވުރެ ގިނަ ސިއްރު ހެކިން ހުށަހަޅާފައި އޮތް އިރު، ހާޒިރުނުކުރެވި ހުރި ހެކިންގެ ތެރެއިން ބަޔަކު އަދި ހާޒިރުކުރަން ބޭނުންވޭތޯ މިހާރު ހެކިބަސް ދިން މީހުންގެ ހެކިބަސް ދިރާސާ ކުރުމަށް ފަހު އަންގާނެ ކަމަށް ދައުލަތުގެ ވަކީލު ފަރަހަނާޒް ވިދާޅުވި އެވެ.

އެ ކަމަށް ޝަމީމާއި މާޒިންގެ ވަކީލު މުހައްމަދު ޝަހީދާއި ޝަރަފްގެ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވެސް އިއުތިރާޒް ކުރި އެވެ.

ނަމަވެސް ހެކިބަސް ދޭން ތިބި މަންޒަރު ދުށް މީހުންނަށް ބިރު ދައްކައި އިންޒާރުތައް އަންނަ ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވެސް މިއަދު ވިދާޅުވީ އެފަދަ މައުލޫމާތުތައް ޝަރީއަތަށް ވެސް ލިބެމުންދާ ކަމަށެވެ.

އެހެންވެގެން ހެކިވެރިން ހާޒިރުކުރުމަށް ދައުލަތަށް އިތުރު ފުރުސަތުތަކެއް އަދިވެސް ދޭ ގޮތަށް ކަނޑައެޅުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox