ދުނިޔޭގެ ފުރަތަމަ ގޮހޮރު ޓްރާންސްޕްލާންޓް، 13 މަހުގެ ކުއްޖާގެ ހާލު ރަނގަޅު

ޑޮކްޓަރުން އޮޕަރޭޝަނެއް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ޑޮކްޓަރުން އޮޕަރޭޝަނެއް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ދުނިޔޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާ އެކު ގޮހޮރުގެ ޓްރާންސްޕްލާންޓެއް ހެދި 13 މަހުގެ އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށް ސްޕެއިންގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

"އެ ކުއްޖާ ހޮސްޕިޓަލުކޮށް ދޫކޮށްލައި، ގޭގައި ދުވަސްތައް ހޭދަކުރަނީ މައިންބަފައިން ކައިރީގައި. ކުއްޖާގެ ހާލު ރަނގަޅު،" މެޑްރިޑްގެ ލަ ޕާޒް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ކުއްޖާއަށް ގޮހޮރެއް ލިބުނީ ހިތް ފެއިލްވެގެން މަރުވި މީހަކު ހަދިޔާ ކުރަން ނިންމުމުންނެވެ. ގުނަވަން ހަދިޔާ ކުރީ "އެސިސްޓޮލިކް ޑޮނޭޝަން" މެދުވެރިކޮށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

Advertisement

"އެސިސްޓޮލިކް ޑޮނޭޝަން" ހެދުމުން "ޓްރާންސްޕްލާންޓް ކުރާ ގުނަވަނުގެ ފެންވަރު ދަށް ނުވާ" ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ގޮހޮރުގެ ޓްރާންސްޕްލާންޓް ކުރުމަށް އެ ޓެކްނީކް ބޭނުންކޮށްފައެއް ނުވެ އެވެ. އެއީ އެ ޓެކްނީކް ބޭނުން ކުރުމުން ވެސް ކާމިޔާބު ވާނެ ކަމަށް ނުފެންނާތީ އެވެ.

"ގޮހޮރަކީ މީހާގެ ދިފާއީ ނިޒާމާ ވަރަށް ބޮޑަށް ގުޅިފައިވާ ލިމްފޮއިޑް ގުނަވަނެއް. އެއީ ގިނަ އަދަދެއްގެ ޖަރާސީމު އެކުލެވޭ ގުނަވަނެއް،" ބަޔާނުގައި ބުންޏެވެ.

އެ ސަބަބާ ހެދި ގޮހޮރު ޓްރާންސްޕްލާންޓް ކުރި ނަމަވެސް، އެ ލިބޭ މީހާގެ ހަށިގަނޑުން ގުނަވަން "ރިޖެކްޓް ކުރުމާއި" އިންފެކްޝަަންގެ ފުރުސަތު އެހެން ޓްރާންސްޕްލާންޓްތަކަށް ވުރެ ބޮޑެވެ.

ސްޕެއިންގެ ހޮސްޕިޓަަލުން ބުނީ "އެސިސްޓޮލިކް ޑޮނޭޝަން" މެދުވެރިކޮށް އޮޕަރޭޝަން ކުރެވިދާނެކަން ދެނެގަތުމަށް ތިން އަހަރުގެ ދިރާސާ އާއި ޓެސްޓުތަައް ކުރި ކަމަށެވެ.

ގްލޯބަލް އޮބްޒަވޭޓަރީ އޮން ޑޮނޭޝަން އެންޑް ޓްރާންސްޕްލާންޓޭޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގައި ސްޕެއިންއަކީ އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.

ދުނިޔޭގެ އާބާދީގެ ތެރެއިން ސްޕެއިންގައި އުޅެނީ އެންމެ 0.6 ޕަސެންޓް މީހުން ނަމަވެސް، 2021 ވަނަ އަހަރު ދުނިޔޭގައި ޑޮނޭޓް ކުރި ގުނަަވަންތަކުގެ ފަސް ޕަސެންޓް ހިއްސާކުރަަނީ އެ ގައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox