އުމުރުފުޅުން 97 އަހަރުގައި މަހާތީރް އިންތިހާބުގައި ވާދަކުރައްވަނީ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދު. -- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދު. -- ފޮޓޯ: ރޮއިޓާޒް

ދުނިޔޭގެ އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ މެލޭޝިއާގެ މަހާތީރް މުހައްމަދު އުމުރުފުޅުން 97 އަހަރުގައި އާއްމު އިންތިހާބުގައި ޕާލިމެންޓުގެ ގޮނޑިއަކަށް ވާދަކުރަން ނިންމަވައިފި އެވެ.

ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ މަހާތީރް ފުރަތަމަ ފަހަރު އެ މަގާމުގައި 22 އަހަރު ހޭދަކުރެއްވި އެވެ. އޭގެ ފަހުން އުމުރުފުޅުން 92 އަހަރުގައި 2018 ވަނަ އަހަރު އަނެއްކާވެސް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި އެވެ.

ހިތުގެ އާލާސްކަންފުޅެއްގައި މި އަހަރުގެ ކުރީކޮޅު އެމަނިކުފާނަށް ހޮސްޕިޓަލުގައި ފަރުވާ ދެއްވި އެވެ. އެހެން ނަމަވެސް، އަލުން އިންތިހާބުގައި ވާދަކުރެވޭ ވަރަށް ސިއްހަތު ރަނގަޅުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.

މަހާތީރްގެ ކޯލިޝަނަށް ކާމިޔާބު ލިބިއްޖެ ނަމަ، ތިން ވަނަ ފަހަރަށް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވުމާ މެދު މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

"ބޮޑު ވަޒީރުކަމަށް އަންނާނީ ކޮން ބޭފުޅެއްކަމާ މެދު އަޅުގަނޑުމެން އަދި ގޮތެއް ނުނިންމަން. އެއީ އެ ހިސާބަށް ވިސްނުން ގެންދެވޭނީ އިންތިހާބުން މޮޅުވެގެން ކަމަށް ވާތީ،" ނިއުސް ކޮންފެރެންސެއްގައި މަހާތީރް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު މެލޭޝިއާގެ ޕާލިމެންޓު އުވާލައި، އާ އިންތިހާބަކަށް ފުރުސަތު ފަހިވި އެވެ. ސަރުކާރުގެ އުއްމީދަކީ އާ އިންތިހާބާ އެކު ސިޔާސީ ހަމަޖެހުން ގާއިމް ކުރުމެވެ.

މަހާތީރް މުހައްމަދު ޕާލިމެންޓަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 1964 ގަ އެވެ. މެލޭޝިއާއަށް 1980 އިން ފެށިގެން އައި އަވަސް އިގްތިސާދީ ކުރިއެރުމާއި ތަރައްގީގެ ބާނީއަކީ އެމަނިކުފާނު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox