ހާރިޖީ ސިޔާސަތު ވިއްކުމުގެ އުސޫލަކީ މާޒީ، މިއަދު މުޅި ދުނިޔެ ދިވެހިންނަށް ސެލިއުޓް ނަގާ: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. ރާއްޖެއިން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. ރާއްޖެއިން

ހާރިޖީ ސިޔާސަތު ދިވެހިރާއްޖެ އިން ވިއްކި ދުވަސް މާޒީވެ ގޮސްފައިވާ ކަމަށާއި މިއަދު ދުނިޔޭގެ ކޮންމެތަނަކުން ވެސް ދިވެހިންނަށް ސެލިއުޓް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަވާ "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެވެ.އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވުމަކީ ގައުމުތަކުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގެންފައިވާކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، އެ ކާމިޔާބީއަކީ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ދުނިޔެ ބަލައިގެންފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް ވެސް މިރޭ ޝާހިދު ވިދާޅުވި އެވެ.

Advertisement

"މި ދަނޑިވަޅަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު ފަހުރުވެރިކަމާ އެކު ބަލައިގަންނަ ދަނޑިވަޅެއް. ރާއްޖޭގެ ފެއްސާ ރަތާ ހުދުގެ ދިދަ އދ. ގެ މަޖިލީހުގައި މިހާރު ވިހުރެމުންދަނީ މުޅި ދުނިޔެ އެ ދިދައަކަށް އިހުތިރާމް ކުރަމުން، ގަދަރުކުރަމުންދާ ދިދައެއްގެ ގޮތުގައިކަން ސާބިތުވެގެންދިޔައީ،" އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ފުރުއްވި ޝާހިދު އުފަލާ އެކު ފާހަގަކުރެއްވި އެވެ.

އެ ކައުންސިލަށް އިންތިހާބުވުމަކީ މުޅި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް އަދި ފަހުރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

މި ނަތީޖާއިން ދައްކުވައިދެނީ ބައިނަލްއަގްވާމީ ދުނިޔޭގައި މަސައްކަތްކުރާއިރު ކަން ކުރަން ޖެހޭނީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ގައުމުތަކާއި އެކުގައިކަން ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން، ކަންކަން ކުރުމުގައި ގައުމުތަކާއި ބައިވެރިވެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"[ރައީސް ޔާމީންގެ ސަރުކާރުން] ސެކިއުރިޓީ ކައުންސިލަށް ވާދަކޮށް ލިބުނީ 40 އަކަށް ވޯޓު. މުޅި ދުނިޔޭގެ 193 ގައުމުގެ ތެރެއިން ރާއްޖެއަށް ލިބުނީ 40 އަކަށް ވޯޓު. އެއީ ލަދުވެތިކަމެއް. އަޅުގަނޑުމެން ކަހަލަ ގައުމަކަށް އެއަށްވުރެ މާ ބޮޑެތި ކާމިޔާބީ ހޯދޭނެ،" 2018 ވަނަ އަހަރުގެ ސެކިއުރިޓީ ކައުންސިލް އިންތިހާބުން ރާއްޖެއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅޭގޮތުން ވިދާޅުވި އެވެ.

އަދި، މިހާރު އެފަދަ ނަތީޖާތައް ފެންނަމުން ނުދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ މި ސަރުކާރުން ބައިނަލްއަގްވާމީ އުސޫލުތަކަށް ބޯލަނބައި ބައިނަލްގްވާމީ ހަމަތަކަށް އަމަލުކޮށް، އެފަދަ ކަންކަމުގައި ބައިވެރިވަމުންދާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ތިންވަނަ ދައުރަކަށް ރާއްޖެ އިންތިހާބުވުން

އޭޝިއާ ޕެސިފިކް ސަރަހައްދަށް ހަތަރު މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބަށް ހަ ގައުމަކުން ކުރިމަތިލި އެވެ. މިފަހަރުގެ ކައުންސިލަށް ރާއްޖެ ހޮވުމަށް 154 ގައުމަކުން ތާއިދުކުރި އެވެ. އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުން ބަންގަލަދޭޝް އާއި ވިއެޓްނާމް އަދި ކިރިގިސްތާނު ވެސް ވަނީ އެ ކައުންސިލަށް އިންތިހާބުވެފަ އެވެ.

ފުރަތަމަ ދައުރަށް ރާއްޖެ އިންތިހާބުވީ 185 ގައުމެއްގެ ވޯޓާ އެކު އެވެ. ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ އެ ކައުންސިލުގެ 164 މެމްބަރު ގައުމުގެ ތާއިދާ އެކު އެވެ.

އެގޮތުން، 2010 ގައި އިންތިހާބުވި ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ ގައުމަކީ ވެސް ރާއްޖެ އެވެ. ޖެހިޖެހިގެން ދެ ދައުރު 2011 އިން ފެށިގެން 2016 އާ ހަމައަށް އެ ކައުންސިލުގެ މެމްބަރުކަން ރާއްޖެއިން ކުރި އެވެ. އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ހައިސިއްޔަތުން އެ ކައުންސިލުގެ ނައިބު ރައީސްކަން ވެސް ރާއްޖެ އިން ކުރި އެވެ.

އެއަށްފަހު، ރާއްޖެއިން މަސައްކަތްކުރީ 2018 އިން 2020 އަށް ހޮވި ކައުންސިލުގެ މެމްބަރަކަށްވުމަށެވެ. ޑިޕްލޮމެޓިކް ކެމްޕޭނެއް ކުރުމަށް ފަހު އެ ގޮނޑިއަށް ވާދަ ނުކުރުމަށް ނިންމި އެވެ. ސަރުކާރުން އޭރު ބުނި ގޮތުގައި އެއީ ފަހުގެ ދައުރެއްގައި ވާދަކުރުމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވާދަކުރި އެވެ. އެ އިންތިހާބުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ އިންޑޮނޭޝިއާ އެވެ. ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމެއްގެ ތާއީދެވެ.

ބައިނަލްއަގްވާމީ މަޝްރަހުގައި އެކަހެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮއްވައި ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލުހުގެ ސަރުކާރުން ހާރިޖީ ސިޔާސަތަށް ބޮޑު ބަދަލުތަކެއް ގެނެސް، ގުޅުންތައް އަލުން ވަނީ އިޔާދަކޮށްފަ އެވެ. އަދި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ހާރިޖީ ސިޔާސަތުގެ މައި ތަނބެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެގޮތުން، އދ. ގެ އެންމެ ޝަރަފުވެރި އެއް މަގާމު ކަމަށްވާ އާންމު މަޖިލީހުގެ ރިޔާސަތު ނިމިގެންދިޔަ ދައުރުގައި ފުރީ ރާއްޖެ އިންނެވެ. އެ މަގާމަށް ހޮވިވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox