ޑިއާޒަށް އަނިޔާވެ ލިވަޕޫލްގެ ރިހޭ ފައި މައްޗަށް ފޮއި

Oct 11, 2022, 7:01 AM
ޑިއާޒަށް އަނިޔާވެ ލިވަޕޫލްގެ ރިހޭ ފައި މައްޗަށް ފޮއި

ލިވަޕޫލް (އޮކްޓޫބަރު 11) - މި ސީޒަނުގައި ނަތީޖާ ނެރުމުގައި ލިވަޕޫލަށް ގިނަ މައްސަލަތަކެއް ދިމާވެފައިވަނިކޮށް އެ ޓީމަށް މި ފަހަރު އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ، ލުއިސް ޑިއާޒަށް އަނިޔާވެ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޑިއާޒްގެ ކަކުލަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މިިދިޔަ އާދިއްތަ ދުވަހުގެރޭ ލިވަޕޫލުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އާސެނަލް އަތުން 3-2 އިން ލިވަޕޫލް ބަލިވި އެ މެޗުގެ ފުރަތަމަ ހާފުގައި ޑިއާޒް ކަކުލަށް އަނިޔާވެގެން، ފަރުވާ ދިނުމަށް ފަހު ކުޅެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، ކުޅުން ކުރިއަށް ނުގެންދެވިގެން އޭނާ ޖެހުނީ ބަދަލުކުރާށެވެ.

ލިވަޕޫލުން ވަނީ ޑިއާޒްގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ޓެސްޓްތަކެއް ހަދައިފަ އެވެ. ޓެސްޓްތަކުގެ ނަތީޖާއިން ދައްކާގޮތުން ޑިއާޒް އޮޕަރޭޝަނެއް ކުރަން ނުޖެހުނު ނަމަވެސް ދޮޅު މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. މިއާ އެކު ދެން ޑިއާޒަށް އެނބުރި ކުޅުމަށް އާދެވޭނީ ފީފާ ވޯލްޑް ކަޕަށް ފަހު އެވެ. ކޮލަމްބިއާ ކޮލިފައިނުވާތީ ޑިއާޒަށް މާ ކުރިން ވޯލްޑް ކަޕް އޮތީ ގެއްލިފަ އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް، ޕްރިމިއާ ލީގު މެދުކަނޑާލާނީ ނޮވެމްބަރު 13 ގަ އެވެ.

ލިވަޕޫލް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް އެ ޓީމުން ކުޅުނު އަށް މެޗުން ލިބުނު 10 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. މިއީ 2012-2013 ވަނަ އަހަރުގެ ސީޒަނަށް ފަހު ލިވަޕޫލުން އެންމެ ދަށްކޮށް ލީގު ސީޒަން ފެށި ފަހަރެވެ. އެ ފަހަރު އެ ޓީމު ލީގު ނިންމާލީ ހަތް ވަނައިގަ އެވެ.

އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ޑިއާޒްގެ އިތުރުން ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އަލެކްސަންޑާ އާނޯލްޑަށް ވަނީ އަނިޔާވެފަ އެވެ. އޭނާ އަށް ވެސް މެޗުތަކެއް ގެއްލޭނެ ކަމަށް ބެލެވޭއިރު، ލިވަޕޫލްގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ކުޅުންތެރިންގެ ލިސްޓެއް ވެސް އެބައޮތެވެ. ސީޒަން ފެށިއިރު ވެސް އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އާއި ނަބީ ކެއިޓާ އަދި ކާޓިސް ޖޯންސް ހުރީ އަނިޔާގަ އެވެ. އެ ލިސްޓަށް ދާދި ފަހުން އިތުރުވީ ޔުވެންޓަސްގެ ލޯން އެއްބަސްވުމެއްގެ ދަށުން ލިވަޕޫލާ ގުޅުނު އާތޫރު މެލޯ އެވެ. އާތޫރަށް ލިބުނު އަނިޔާއަކާ ހެދި މި އަހަރު ދެން އޭނާ ނުފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox