މިސައިލް ފޮނުވީ ދެކުނު ކޮރެއާއަށް ނިޔުކްލިއާ ހަމަލާއެއް ދޭނެ ގޮތުގެ ތަމްރީނަކަށް ކަމަށް ބުނެފި

އުތުރު ކޮރެއާއިން ދާދި ފަހުން ލޯންޗު ކުރި މިސައިލެއް. -- ފޮޓޯ: ކޭސީއެންއޭ

އުތުރު ކޮރެއާއިން ދާދި ފަހުން ލޯންޗު ކުރި މިސައިލެއް. -- ފޮޓޯ: ކޭސީއެންއޭ

ދާދި ފަހުން ގިނަ މިސައިލްތަކެއް ލޯންޗު ކުރީ ދެކުނު ކޮރެއާއަަށް ނިޔުކްލިއާ ހަމަލާއެއް ދޭނެ ގޮތުގެ ތަމްރީނަކަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

ޖާސޫސީ ފަރާތްތަކުން ބުނާ ގޮތުގައި އުތުރު ކޮރެއާއިން ދަނީ ނިޔުކްލިއާ ހަތިޔާރެއް ޓެސްޓު ކުރަން ތައްޔާރުވަމުންނެވެ. އެ ގައުމުން އެންމެ ފަހުން ނިޔުކްލިއާ ހަތިޔާރެއް ޓެސްޓު ކުރީ މީގެ ފަސް އަހަރު ކުރިންނެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ހިންގި އަސްކަރީ ތަމްރީންތަކަށް ރައްދު ދިނުމުގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުތުރު ކޮރެއާއިން ހަތް މިސައިލް ލޯންޗު ކުރި އެވެ.

Advertisement

ހޯމަ ދުވަހު ދައުލަތުގެ މީޑިއާއިން ބުނީ އެ ހުރިހާ މިސައިލަކީ ވެސް ނިޔުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެއް ކަމަށެވެ.

މިސައިލްތައް ލޯންޗު ކުރުމުގެ ތެރޭގައި ދެކުނު ކޮރެއާގެ އަސްކަރީ މަރުކަޒުތަކާއި، ބަނދަރުތަކާއި، އެއާޕޯޓުތަކަށް ހަމަލާ ދޭނެ ގޮތުގެ "ސިމިއުލޭޝަން" ހެދި ކަމަށް ކޭސީއެންއޭއިން ބުންޏެވެ.

ކުރު ރާސްތާގެ ގިނަ މިސައިލްތަކުގެ އިތުރުން ޖަޕާނު ހުރަސްކޮށް ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ގުއާމް ރަށްތައް ކައިރިއަަށް ވެއްޓުނު ދިގު ރާސްތާގެ މިސައިލެއް ވެސް ކާމިޔާބުކަމާ އެކު ފޮނުވި އެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ޖަޕާނުގެ މަތިން ދެ މިސައިލް ފޮނުވިތާ ހަފްތާއެއް ފަހުން އުތުރު ކޮރެއާއިން ނިޔުކްލިއާ ޓެސްޓެއް ވެސް ކުރި އެވެ.

ޖާސޫސީ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ފަހަރު އުތުރު ކޮރެއާއިން ނިޔުކްލިއާ ހަތިޔާރު ޓެސްޓު ކުރާނެ ކަމަށް ބެލެވެނީ ގައުމުގެ އެކުވެރި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް މި މަހު ނިންމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox