ފެނަކައިން ބީއެމްއެލް ބަލިކުރިއިރު، އެއާޕޯޓުގެ ޓީމުތަކަށް މޮޅެއް

Oct 9, 2022, 7:06 PM
ފެނަކަ ޓީމުގެ އަޔާ (ވ) ބޯޅަ ފޮނުވާލާއިރު ބީއެމްއެލްގެ ސައްޓު އެ ހަމަލާ ހުއްޓުވަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފެނަކަ ޓީމުގެ އަޔާ (ވ) ބޯޅަ ފޮނުވާލާއިރު ބީއެމްއެލްގެ ސައްޓު އެ ހަމަލާ ހުއްޓުވަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ޓީމު ފެނަކައިން މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޔުނައިޓެޑް ބީއެމްއެލް އަތުން 2-0 އިން މޮޅުވިއިރު، އެއާޕޯޓަށް ނިސްބަތްވާ ތިން ޓީމު ވެސް ފުރަތަމަ މެޗުތަކުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.

ފެނަކަ އާއި ބީއެމްއެލް ހިމެނޭ ގްރޫޕް ޑީގައި ކްލަބް އެއާޕޯޓްސް އިން ވަނީ ޓީމު ސިވިލް ކޯޓު 4-0 އިން ބަލިކޮށްފަ އެވެ. ގްރޫޕް ސީގައި އެމްއޭސީއެލް އިން 7-0 އިން ޓްރޭޑް ކްލަބް ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުގައި ޓީމު އޭވިއޭޝަން ސެކިއުރިޓީން 6-2 އިން ޓީމު ޑީޖީއޭ ބަލިކޮށްފި އެވެ.

މިރޭގެ މެޗުގައި ފެނަަކައިން ލީޑުނެގީ މެޗުގެ 19 ވަނަ މިނިޓްގައި މުހައްމަދު އައްޒާމް ޖެހި ގޯލުންނެވެ. މިއީ އިބްރާހިމް މުބީން (މުއްކި) ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އައްޒާމް އޭރިއާތެރެއިން ތިރިތިރިން ގޯލަށް ފޮނުވާލި ބޯޅައެކެވެ.

ގޯލު ޖެހުމަށް ފަހު ފެނަކަ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިޝާން އިބްރާހިމް (ސައްޓު)ގެ ކެޕްޓަންކަމުގައި ކުޅުނު ބީއެމްއެލް ކައިރިން ފެނަކައިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަަމަލާތަކެއް ފޮނުވާލި އެވެ. ބީއެމްއެލް އިން ވެސް އެޓޭކްކުރަން ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރެވޭތޯ ބަލަމުންދިޔަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ އަޔާޒް އަހުމަދު (އަޔާ) ވަނީ ފެނަކައިގެ ލީޑުފުޅާކޮށްދީފަ އެވެ، މިއީ މެޗުގެ 25 ވަނަ މިނިޓްގައި ފެނަކައިގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) ޖައްސާލި ބޯޅައަކުން އޭރިއާބޭރުން އަޔާ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

މި މެޗުގައި ގޯލެއް ޖަހަން ބީއެމްއެލް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 38 ވަނަ މިނިޓްގައި ބީއެމްއެލް އަށް ލިބުނު ޕެނަލްޓީ އަކުން ހައިޝަމް ރަޝީދު ޖެހި ބޯޅަ ފެނަކައިގެ ކީޕަރު ޒައިދާން އަހުމަދު ވަނީ މަތަކޮށްފަ އެވެ.

މިރޭ، ސިވިލް ކޯޓު ކޮޅަށް ކްލަބް އެއާޕޯޓްސްގެ ގޯލުތައް ޖެހީ އަބޫބަކުރު ސިއްދީގު ދެ ގޯލާއި އަބްދުﷲ ރަޝީދު އަދި އަލީ ހުސެއިން އެވެ.

އެމްއޭސީއެލް އިން ޓްރޭޑް ކްލަބް ކޮޅަށް ހަތް ގޯލު ޖެހިއިރު، އެމްއޭސީއެލްގެ އިބްރާހިމް ޝަނޫން ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

އެމްއޭސީއެލް ޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު ސިނާހު، އަހުމަދު ހަމީދު (އައްމަޑޭ)، އަލީ ޝާފިއު، އަބްދުﷲ ސުޒޭރު އަދި ހުސެއިން ޒާހިރު އެވެ.

އޭވިއޭޝަން ސެކިއުރިޓީ އާއި ޓީމު ޑީޖީއޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީމު ޑީޖީއޭ ކޮޅަށް އޭވިއޭޝަން ސެކިއުރިޓީގެ ތައުމީނު ނޫހު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ އާދަމް މަންސޫރު، އަބްދުﷲ ބައްސާމް އަދި އަލީ ފާރިޝް އެވެ. ޑީޖީއޭ އިން ވެސް މި މެޗުގައި ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ހަސަން އިހުސާން އާއި އަބޫބަކުރު މުހައްމަދު އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މާދަމާރޭ ކުޅޭނީ ގްރޫޕް އީ އާއި ގްރޫޕް އެފްގެ ދެ މެޗެވެ. މާދަމާރޭ ފުރަތަމަ 20:05 ގައި ފަށާނީ ގްރޫޕް އީގައި ޓީމު އެފްްއެސްއެމް އާއި ސްޓެލްކޯ ކުޅޭ މެޗާއި ގްރޫޕް އެފްގައި އެމްޕީއެލް އާއި ކަސްޓަމްސް ބައްދަލުކުރާ މެޗެވެ. އަދި 21:30 ގައި އޮތީ ގްރޫޕް އީގައި ރާއްޖެ އޮންލައިން އާއި ހޯމްއެފެއާޒް ކުޅޭ މެޗާއި ގްރޫޕް އެފްގައި ޔޫތު މިނިސްޓްރީ އާއި ކްލަބް އާސަންދަ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox