ކްލަބް މޯލްޑިވްސްގެ އިންތިޒާމާއި މުބާރާތް ފުރިހަމަ ކުރަން ކުރާ ބުރަ މަސައްކަތް

Oct 8, 2022, 4:34 AM
ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުމުގެ އިވެންޓްގެ ތެރެއިން، ކްލަބް މޯލްޑިވްސްގެ ވައިސް ޗެއާމަން އަޝްރަފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުމުގެ އިވެންޓްގެ ތެރެއިން، ކްލަބް މޯލްޑިވްސްގެ ވައިސް ޗެއާމަން އަޝްރަފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕްގެ ކަންކަން އިންތިޒާމްތައް ވީ އެންމެ ފުރިހަމަކޮށް ގެންދިއުމަށްޓަކައި ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކްލަބް މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ޖަމިއްޔާގެ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފް ވިދާޅުވެއްޖެ އެވެ.

އަޝްރަފް ވިދާޅުވީ ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި ބޭއްވޭ މުބާރާތްތަކަށް ބަލާއިރު، ކޮންމެ ފަހަރަކު ވެސް ކުރިން އަހަރަށް ވުރެ ރަނގަޅަށް އިންތިޒާމްތައް އެންމެ ފުރިހަމަކޮށް ކުރިއަށްގެންދަން މަސައްކަތް ކުރާ މުބާާރާތް ކަމަށެވެ.

"އެހެންވީމަ ދިވެހިރާއްޖޭގައި މި އޮތް ފުޓްސަލް ފެމިލީ، ފުޓްސަލް ކުޅޭ ހުރިހާ ޒުވާނުން ބައިވެރިވާ މުބާރާތަކަށްވާތީވެ، އެ ބޭފުޅުންގެ އެކްސްޕެކްޓޭޝަންތައް ވެސް ވަރަށް ހައިކޮށް މި ހުންނަނީ މުބާރާތާ ދޭތެރޭ. އެހެންވެ، އެއްވެސް މައްސަލައެއް ދިމާނުވެ، މުބާރާތް ކުރިއަށްގެންގޮސް ނިންމާލެވޭތޯ ކުރަން ޖެހޭ ހުރިހާ ކަމެއްގެ ތައްޔާރީތައް ފުރިހަމަވާނެ،" އަޝްރަފް ވިދާޅުވި އެވެ.

މި ފަހަރުގެ މުބާރާތް މިއަދު ފަށާއިރު، މީގެ ކުރިން ދެ ތާރީހެއްގައި މުބާާރާތް ފަށަން ތާވަލުކުރި އެވެ. ލަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މުބާރާތް ކުޅޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގެ މަރާމާތު ކަންކަން ވީ އެންމެ ރަނގަޅަށް ނިންމުމަށެވެ.

އަޝްރަފް ވިދާޅުވީ އަބަދުވެސް މުބާރާތް ކުޅޭ ދަނޑުގެ ހާލަތާ ގުޅޭގޮތުން ޓީމުތަކުގެ ކަންބޮޑުވުންތައް ހިއްސާކުރާ ކަމަށާއި ކްލަބް މޯލްޑިވްސްގެ ޒިންމާ އަކީ ދަނޑު އެންމެ ރަނގަޅު ހާލަތަށް ގެނެސްގެން މުބާރާތް ފެށުން ކަމަށެެވެ.

"މިދިޔަ އަހަރު މުބާރާތް ކުޅުނީ ދަނޑުގެ ހާލަތު ރަނގަޅުކޮށްފައި، އެކަމަކު، މި އަހަރު މުބާރާތް ކުޅެން އައިއިރު ދަނޑުގެ ހާލަތު އޮތީ ދަށްކޮށް. އެއީ މިއީ ހުޅުމާލޭގައި ވަރަށް ގިނަ ބަޔަކު ކުޅޭ ދަނޑަކަށް ވެފައި، އަޅުގަނޑަށް ހީވަނީ، ވައިޑީޕީގެ ވެސް 2000 އެއްހާ ކުދިން މި ދަނޑު ބޭނުންކުރާހެން. އޭގެ އިތުރުން ހެނދުނުން ފަށައިގެން ރޭގަނޑަށް ވެސް ބޭނުންކުރާ ދަނޑަކަށް ވާތީ އަހަރެއް ވާއިރު މެއިންޓަނަންސްގެ ކަންކަން މި ދަނީ ދަތިކޮށް،" އަޝްރަފް ވިދާޅުވި އެވެ.

ކްލަބް މޯލްޑިވްސް އިން ވަނީ ޔޫތު މިނިސްޓްރީގެ އެއްބާރުލުމާ އެއްކޮށް ދަނޑުގެ ޓާފް ބަދަލުކޮށްފަ އެވެ. އަދި އެޗްޑީސީ އާއި އާރްޑީސީ އަދި ސްޓެލްކޯގެ އެހީތެރިކަމާ އެކު މުބާރާތް ފަށަން ވާއިރަށް ދަނޑުގެ މަސައްކަތް ކުރިއަށްގެންދަން ލިބުނު އެއްބާރުލުން ކްލަބް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

މި މުބާރާތް ވެސް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް

ފުޓްސަލް އަކީ ހަގީގަތުގައި އިންޑޯ ގޭމެއްކަން ފާހަގަކޮށް އަޝްރަފް ވިދާޅުވީ އެ ފަދަ ފެސިލިޓީއެއްގައި ކުޅޭނަމަ މި ފަދަ މުބާރާތް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

އެކަމަކު، ރާއްޖޭގައި އިންޑޯ ފެސިލިޓީއެއް ނެތި، އާޓިފިޝަލް ޓާފެއްގައި މެޗުތައް ކުޅޭއިރު، ކުޅުންތެރިންގެ ރައްކާތެރިކަމަަށް ވިސްނައި، ގިނަ ކަންކަން ރަނގަޅަށް ހުރިތޯ ކަށަވަރުކުރާ ކަމަށް އަޝްރަފް ވަނީ ވިދާޅުވެފަ އެެވެ.

"މި ކަހަލަ ދަނޑެއްގައި ކުޅުނު ކަމުގައި ވިޔަސް އިރައިގެން ގޮސް އަޑިގަނޑު ހުންނަ ތަނެއްގައި މި ގޭމް ކުޅުމަކީ އުނދަގޫވާ ކަމެއް. ކުޅުންތެރިންނަށް ބަލާއިރު، އެ މީހުންނަށް އަނިޔާވުމަކީ ޓޯނަމެންޓް ހޯސްޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަންބޮޑުވެ ބަލަންޖެހޭ ކަމެއް،" އަޝްރަފް ވިދާޅުވި އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތަށް ވެސް ކްލަބް މޯލްޑިވްސް އިން ވި ތައްޔާރީތަށް ފާހަގަކުރައްވައި، އަޝްރަފް ވިދާޅުވީ މި ފަހަރުގެ މުބާރާތް ވެސް ކާމިޔާބުވާނެ ކަމަށެވެ. އަދި އަހަރުން އަހަރަށް ބަލާއިރު، ލިބުނު ކާމިޔާބެއްގެ މިސާލު ވަނީ ހިއްސާކޮށްފަ އެވެ.

"މިސާލަކަށް ބަލަންޏާ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން މުބާރާތް 18/30 ފުޓްސަލް ފިއެސްޓާ އަކީ މި ރީޖަންގެ ހުރިހާ މޮޅެތި ކުޅުންތެރިން އައިސް ކުޅޭ އެއް މުބާރާތް. އެހެންވީމަ މުބާރާތް ކުޅޭ ވަރަކަށް އަޅުގަނޑުމެންނަށް ފެނޭ މުބާރާތް ދާ ވަރަކަށް ދިވެހި ކުޅުންތެރިންނާ އެކު އެ ކުޅުންތެރިން ކުރިއަރައިގެންދާތަން،" އަޝްރަފް ވިދާޅުވި އެވެ.

"ބިދޭސީ ކުޅުންތެރިން އައިސް ކުޅޭތީ ރާއްޖޭގެ ފުޓްބޯޅަ ވެސް ފޯރިގަދަވެ ފެންވަރު ރަނގަޅުވާން ފެށީ ފުޓްސަލްގައި ވެސް އެކަން އެ ގޮތަށް ދާނެ ކަމަށް ގަބޫލުކުރަނީ. ދެން ބޭނުންވަނީ ރަނގަޅު ވެނިއު އެއް. އެކަން ހަމަޖެހިއްޖެނަަމަ މި ރީޖަނުގައި ވާދަކުރެވޭނެ ފެންވަރުގެ ޓެލެންޓެޑް ކުޅުންތެރިން އެބަތިބި،"

ރާއްޖޭގައި ފުޓްސަލް ފޯރި އާލާކުރުމާއި ހާއްސަ އަމާޒުތަކެއްގައި ކްލަބް މޯލްޑިވްސް އިން މި މުބާރާތް ފެށީ 2006 ވަނަ އަހަރު ފިރިހެން ޑިވިޝަނަށް ހާއްސަ މުބާރާތަކުންނެވެ. އެކަމަކު، އޭގެ ހަތަރު އަހަރު ފަހުން އަންހެން ކުުޅުންތެރިންނަށް ހާއްސަކޮށްގެން، ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، 18/30 ފުޓްސަލް ފިއެސްޓާ ފެށި އެވެ.

އަޝްރަފް ވިދާޅުވީ މި މުބާރާތް ބާއްވާތާ މި ވޭތުވެދިޔަ 16 އަހަރުތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށާއި ބަދަލުތަކެއް ވެސް ގެނެވިއްޖެ ކަަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ އަހަރު ފުޓްސަލް މުބާރާތެއް ބާއްވަން ބެލިއިރު، ދިވެހިރާއްޖޭގައި ފުޓްސަލް ދަންނަ މީހުން ވަރަށް މަދު. ފުޓްސަލް ރެފްރީންނެއް ވެސް ނެތް، ފުޓްސަލް ކޯޗުންނެއް ވެސް ނެތް. މިދިޔަ 16 އަހަރު ތެރޭ އަޅުގަނޑުމެން ކުރި މަސައްކަތުންނާއި އެފްއޭއެމުންނާއި އެހެން ފަރާތްތަކުން ކުރި މަސައްކަތުން ފުޓްސަލް ކޯޗުން ވެސް ފުޓްސަލް ރެފްރީން ވެސް ފުޓްސަލް އަކީ ކޮން ގޭމެއްކަން ވެސް އެބަ އެނގޭ،" އަޝްރަފް ވިދާޅުވި އެވެ.

"ކްލަބް މޯލްޑިވްސް ކަޕް ފުރަތަމަ ބޭއްވި އަަހަރު (ފުޓްސަލް) އެއީ ކޯންޗެއްކަން އަޅުގަނޑުމެން ބުނެދޭން ޖެހުނު. ކޯހެއް ހިންގަން ޖެހުނު މި ކަން ކިޔައިދޭން. މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފުޓްސަލް ދަނޑު އެޅިގެންދަނީ. އެންމެނަށް ފުޓްސަލް އެނގޭ،"

ކްލަބް މޯލްޑިވްސް ދެމި އޮތުމުގެ ފަހަތުގައި ހީވާގި ޓީމެއް އޮތްކަން ފާހަގަކުރައްވައި، އަޝްރަފް ވިދާޅުވީ މުބާރާތް ބަރާބަރަށް ބޭއްވުމަށް ސްޕޮންސަރުން ދޭ އެހީތެރިކަން ވެސް ފާހަގަކުރާ ކަމަށެވެ.

ސަޕޯޓަރުންނަކީ ކްލަބް މޯލްޑިވްސްގެ ރޫހު ކަމަށާއި އެ މީހުންނަށް ހާއްސަކޮށް އެންމެ ރަނގަޅަށް ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރާ ޓީމެއް ވެސް ހޮވަން ނިންމީ ވެސް އެ ސަބަބަށްޓަކައި ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

މި ފަހަރުގެ މުބާރާތުގައި ސަޕޯޓަރުންނަށް ހާއްސަކޮށް މެޗު ބަލަން ސްކްރީނެއް ބެހެއްޓުމުގެ މަސައްކަތް ކްލަބް މޯލްޑިވްސް އިން ކުރަމުން އަންނައިރު، ގޯލްއާރްއާ ގުޅިގެން މެޗު ޕްރިޑިކްޝަން ވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox